Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 9:42 - ކިތާބުލް މުޤައްދަސާ

42 ”⁠އެއް ވެސް މީހަކު މިފަދަ ކުޑަކުދިންގެ ހިތުގައި އަހަރެންގެ މައްޗަށް އީމާންތެރިކަން ދޫކޮށްލުމަށް އެކުއްޖަކަށް ނުފޫޒު ފޯރުވައިފިނަމަ އެމީހަކު ގެއްލެނި ކުރައްވާނެ. މިފަދަ މީހުންގެ ކަރުގައި ކަޅުހިލަ ދައެއް އެއްސުމަށް ފަހު ކަނޑު ފެއްތިއަސް އެއަށް ވުރެން ރަނގަޅުވާނެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 9:42
19 ပူးပေါင်းရင်းမြစ်များ  

ނަމަވެސް ޓެކްސް ނަގާ މީހުންނަށް އަހަރެމެން އުނދަގޫ ކޮށްގެންނުވާނެ. ވީމާ ތިބާ ދޮއްޓެއް ހިފައިގެން ގޮސް މޫދަށް އެއްލާ. ފުރަތަމަ ހިފޭ މަހުގެ އަނގަ ހުޅުވާއިރު އޭގައި ބޮޑު ރިހިފައިސާ ފޮއްޗެއް އޮންނާނެ. އަދި އެ ފޮތި ނަގައިގެން ޓެކްސް ނަގާ މީހާއަށް އަހަރެންނާއި ތިބާގެ ނަމުގައި ދީ.⁠“


”⁠ސަމާލުވެ އަޑުއަހާ! މިއިން ކުޑަކުއްޖަކަށް ނިކަމެތިކޮށް ނުހިތާތި. މިކުދިންގެ މަލާއިކަތުން އުޑުގައި ވޮޑިގެންވާ އަހަރެންގެ ބައްޕާފުޅުގެ ޙަޟްރަތުގައި ހުރިހާ އިރެއްގައިވެސް ތިބޭނެ.


އެކަމަކު އެއްވެސް މީހަކު އަހަރެންނަށް އީމާންވާ މިފަދަ ކުއްޖަކު ލައްވާ ފާފަކުރުވައިފިނަމަ އެމީހެއްގެ ކަރުގައި އުޑިއެއް ބަނދެގެން ފުންކަނޑަށް ގަންބާލުންވެސް އެމީހަކަށް މާރަނގަޅުވާނެ.


ޝާއުލް ބިންމައްޗަށް ވެއްޓުނެވެ. ދެން އޭނާއަށް އިވުނީ މިހެން ބުނާ އަޑެވެ. ”⁠ޝާއުލް، ޝާއުލް، އަހަންނަށް އަނިޔާ ދިނުމަށް ކަލޭ ތިޔަ އުޅެނީ ކީއްވެ؟⁠“


އެހެންވީމާ އެންމެ ރަނގަޅު ގޮތް ޚިޔާރު ކުރުމުގެ ކުޅަދާނަކަން ތިޔަބައިމީހުންނަށް ލިބިގެންވާކަމުގައި ދެކެމެވެ. އޭރުން އަލްމަސީޙު އެނބުރި ވަޑައިގަންނަވާ ހިނދު ބަދުނާމުނުވެ، ރޫޙާނީ ގޮތުން ތޯހިރުވެ ތިބެ ޙަޔާތް ވޭތު ކުރެވޭނެއެވެ.


އެހެންވީމާ، ޅަޒުވާން ހުވަފަތް އަންހެން ކުދިން އިތުރު ކައިވެންޏެއް ކުރުމަށް އަހަރެން ނަސޭހަތްތެރި ވަމެވެ. އަދި ދަރިން ހޯދާށެވެ. އަދި ގެވެހިކަމުގެ ޒިންމާ އަދާކުރުމެވެ. މިފަދައިން ކަންތައް ކޮށްފި ކަމުގައިވާނަމަ މަސީޙީންނާއި ދެކޮޅަށް ހަތުރުންނަށް އެއްޗެއް ބުނުމުގެ ކުޅަދާނަ ކަމެއް ނުލިބޭނެއެވެ.


އެފަދަ ދޮގު އެދުރުންގެ ފާހިޝް އަމަލުތައް ގިނަމީސްތަކުން ބަލައިގަންނާނެއެވެ. އެހެންވެ އެހެނިހެން ފަރާތްތަކުން ތެދު މަގާއިމެދު ކުފުރުގެ ބަސްތައް ބުނާނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ