Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 9:35 - ކިތާބުލް މުޤައްދަސާ

35 އީސާގެފާނު އިށީނދެވަޑައިގެންނެވުމަށް ފަހު، އެކަލޭގެފާނުގެ ބާރަ އަސްޙާބީން އެކަލޭގެފާނުގެ އަރިހަށް ގެންނަވާ އެބޭކަލުންނަށް ވިދާޅުވިއެވެ. ”⁠ތިޔަބައިމީހުން މަތިވެރިކަމަށް އެދޭ ނަމަ ފުރަތަމައިން ދެރަ ނިކަމެތި މީހަކަށްވެ އަނެކުންނަށް ޚިދުމަތްކުރާ ޚާދިމަކަށް ވެވޭތޯބަލާ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 9:35
10 ပူးပေါင်းရင်းမြစ်များ  

ބޮޑާކަމުން ގެނެސްދެނީ މަސްއަލަތަކެވެ. ނަސޭހަތް އަޑު އެހުމަކީ ބުއްދިވެރިންގެ ކަމެކެވެ.


ތިޔަބައިމީހުންގެ ތެރެއިން އެންމެ މަތިވެރި މީހެއް ކަމަށް ވާނީ އަނެކުންނަށް ޚިދުމަތްކުރާ ޚާދިމެއްގެ ގޮތުގައި އުޅޭނެ މީހާ.


އެއަށް ފަހު އެކަލޭގެފާނު އެތާ ކައިރީގައި ހުރި ކުޑަކުއްޖެއްގެ އަތުގައި ހިއްޕެވުމަށް ފަހު އެބޭކަލުންގެ ކުރިމަތީގައި ބެހެއްޓެވިއެވެ. އަދި އެ ކުޑަކުއްޖާގެ އަތުގައި ހިއްޕަވާ އެކަލޭގެފާނުގެ އަތްދަނޑި މަތީގައި ބޭންދެވުމަށް ފަހު އެބޭކަލުންނަށް ވިދާޅުވިއެވެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠މި ދެމީހުން ދުޢާކޮށް ނިމިގެން ގެއަށް ދިޔައިރު މާތްރަސްކަލާނގެ ރުހިވޮޑިގަތުން ލިބިގެން ވަނީ މި ޓެކްސް ނަގާ މީހާއަށް. ދީންވެރިޔާއަކަށް ނޫން. އެއީ ތިމާ ކުރާ ރަނގަޅު ކަންތަކުގެ މައްޗަށް ބޮޑާވެ އަދި އެކަންތައްތަކުގެ ސަބަބުން ތިމާއަކީ އެހެން މީހުންނަށް ވުރެ ރަނގަޅު މީހަކު ކަމުގައި ދެކޭ މީހުންގެ ހިތް މާތްރަސްކަލާނގެ ތިރި ކުރައްވާނެ. އަދި އަމިއްލަ ނަފުސަށާއި ކުރާ ކަންތަކުގެ މައްޗަށް ބޮޑާ ނުވެ ތިމާއަކީ އެހެން މީހުންނަށް ވުރެ ރަނގަޅު މީހަކު ކަމުގައި ނުދެކޭ މީހުން މާތްރަސްކަލާނގެ މަތި ކުރައްވާނެ.⁠“


ނަމަވެސް ކަލޭމެން އެފަދައިން ކަންނުކުރޭ. އޭގެބަދަލުގައި ކަލޭމެންގެ ތެރެއިން އެންމެ މަތީ މީހާ ވާންޖެހޭނީ އެންމެ ދަށް މީހާ ފަދައިން. އަދި ވެރިކަން ކުރާ މީހާ ވާންޖެހޭނީ ޚާދިމަކު ފަދައިން.


ނުބައި އެދުންތަކާއި ދެކޮޅަށް ސާބިތުވެ ހުރުމުގައި އެކަލާނގެ ގިނަގުނަ ނިޢުމަތްފުޅު ލައްވައެވެ. ސާބިތުވެ ހުރުމުން މުޤައްދަސް ފަތްފުށްތައް މިފަދައިން ބަޔާން ކޮށްދެއްވާފައި ވަނީ އެހެންވެއެވެ. ”⁠ކިބުރުވެރިންނާއި މެދު މާތްރަސްކަލާނގެ ދެކޮޅުވެރިވެ ވަޑައިގަންނަވައެވެ. އެހެނަސް ހިތްތިރި ހުރިހާ އެންމެންނަށް އެކަލާނގެ ނިޢުމަތްފުޅު ދެއްވައެވެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ