Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 9:32 - ކިތާބުލް މުޤައްދަސާ

32 އެހެނަސް އެބޭކަލުންނަށް މި ވިދާޅުވެދެއްވި އެއްޗެއްގެ މާނަ ދޭހައެއް ނުވިއެވެ. އަދި އިތުރަށް އޮޅުންފިލުވައި ދެއްވުމަށް އެދި އެކަލޭގެފާނުގެ އަރިހުގައި ދެންނެވުމަށް އެބޭކަލުން ޖެހިލުންވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 9:32
12 ပူးပေါင်းရင်းမြစ်များ  

އެންމެފަހުން، އީސާގެފާނު އެކަލޭގެފާނުގެ އެގާރަ އަސްޙާބީން ކާންތިއްބާ އެބޭކަލުންގެ ކުރިމައްޗަށް ފާޅުވެ ވަޑައިގެންނެވިއެވެ. އެ ހިނދު އެބޭކަލުންގެ އީމާންތެރިކަން ނެތުމުގެ ސަބަބުން އެކަލޭގެފާނު ފާޑު ވިދާޅުވިއެވެ. އަދި އެއީ އެކަލޭގެފާނު އަވަހާރަވެ ވަޑައިގަތުމަށް ފަހު އަލުން އަނބުރާ ފުރާނައެޅި ދިރިވަޑައިގެންނެވި ކަން ގަބޫލުނުކޮށް ކަނޑައެޅިގެން އިންކާރުމުގެ ސަބަބުން ވެސް މެއެވެ.


”⁠އެމީހުންނެކޭ އެއްފަދައިން ތިޔަބައިމީހުންނަށް ވެސް ދޭހައެއް ނުވިތަ؟⁠“ މިސުވާލު އީސާގެފާނު އެބޭކަލުންނާއި ކުރައްވައި އިތުރަށް ވިދާޅުވިއެވެ. ”⁠ތިޔަބޭކަލުންނަށް އެނގިގެންނުވޭތަ؟ މީހެއްގެ ހަށިގަނޑުން ބޭރުން އެމީހެއްގެ ހަށިގަނޑުގެ ތެރެއަށްދާ އެއްވެސް އެއްޗަކުން އެމީހާ ޙަޤީޤަތުގައި ނުތާހިރެއް ނުވާނެ.


ނަމަވެސް އީސާގެފާނު އަނެއް ފަރާތަށް އެނބުރި ވަޑައިގަންނަވައި، އެކަލޭގެފާނު އަސްޙާބީންނާއި ދިމާއަށް ބައްލަވައިލެއްވުމަށް ފަހު، ޕަތަރަސްއަށް އަޑުލައި ވިދާޅުވިއެވެ. ”⁠އަހަރެންގެ ކައިރިން އެއްކިބާވޭ، ޝައިތާނާ! ކަލޭގެ ވިސްނުން ތިޔަހުރީ މާތްރަސްކަލާނގެ އެދިވޮޑިގެންވާ ފަދައަކުން ނޫން. ނަމަވެސް އިންސާނީ ތަބީޢަތާ އެއްގޮތަށް!⁠“


އެގޮތުން އެބޭކަލުންނަށް ފެނިދިޔަ އެކަންތައްތަކުގެ ވާހަކަ އެއްވެސް މީހެއްގެ ކައިރީ ނުބުނެ އެބޭކަލުން އެކަލޭގެފާނުގެ މިއަމުރުފުޅަށް ކިޔަމަންތެރިވި ނަމަވެސް ”⁠މަރުވުމަށް ފަހު އަލުން ދިރިގެން ތެދުވުން⁠“ މި ބަސްފުޅާމެދު އެބޭކަލުންގެ މެދުގައި ވާހަކަ ދެކެވެމުން ދިޔައެވެ.


އަސްޙާބީންނަށް އީސާގެފާނުގެ މިބަސްފުޅުތަކުގެ މާނައަކީ ކޮބައިކަމެއް ނޭނގުނެވެ. މިބަސްފުޅުތަކުގެ މާނަ އެބައިމީހުންނަށްޓަކައި ވަނީ ފޮރުވިގެންވާ އެއްޗެއް ކަމުގައެވެ. އެހެންކަމުން އެކަލޭގެފާނު މި ދެއްކެވި ވާހަކަ ފުޅުތަކެއް އެމީހުންނަކަށް ނުވިސްނުނެވެ.


ނަމަވެސް މިބަސްފުޅުން އީސާގެފާނު މާނަ ކުރެއްވި އެއްޗެއް އެދެކަނބަލުންނަކަށް ވިސްނި ވަޑައެއް ނުގެންނެވިއެވެ.


ދެން އެކަލޭގެފާނު އެމީހުންނަށް މާތްރަސްކަލާނގެ ބާވައިލެއްވި ފޮތްތަކުގައި ލިޔެވި ބަޔާންވެގެންވާ ބަސްފުޅުތަކުގެ މާނަ ވިސްނި އެނގުމުގެ ކުޅަދާނަކަން ދެއްވިއެވެ.


ނަމަވެސް އެކަލޭގެފާނު މި ވިދާޅުވި އެއްޗެއްގެ މާނައެއް އަސްޙާބީންނަކަށް ނުވިސްނުނެވެ. އެމީހުންނަށް އެބަސްފުޅުތަކުގެ މާނަ ވަނީ ފޮރުވިގެންނެވެ. އެހެންކަމުން އެ މީހުންނަށް މި ބަސްފުޅުތަކުގެ މާނަ ވިސްނައި ގަންނަށް ނޭނގުނީއެވެ. މި ބަސްފުޅުތަކުގެ މާނައަކީ ކޮބައިތޯ އެކަލޭގެފާނުގެ ކިބައިން އަހާ އޮޅުން ފިލުވުމަށް އެމީހުން ތިބީ ޖެހިލުންވެފައެވެ.


އީސާގެފާނުގެ އަސްޙާބީންނަކަށް މި ކަމަކީ ކުރީއްސުރެން ވާނެ ކަމަށް ޣައިބުގައި ލިޔެވިފައިވާ ކަމެއް ކަން އޭރަކު ނޭނގެއެވެ. އެކަލޭގެފާނަށް ޖަލާލަތުކަމުގެ މަޤާމު ލިބިވަޑައިގަތުމުން އެ ކަމަކީ އެކަލޭގެފާނާމެދު ކަންތައް ހިނގާނެ ގޮތް ކަމަށް ފަތްފުށްތަކުގައި ލިޔެފައިވާ ކަންތައް ކަން އެމީހުން ހަނދާން ވިއެވެ.


އީސާގެފާނަށް އެމީހުން އެކަލޭގެފާނާއި މިހުރިހާ ސުވާލެއް ކުރައްވަން ބޭނުންކަން އެނގިވަޑައިގެން ވިދާޅުވިއެވެ. ”⁠ކަލޭމެން އެކަކުއަނެކަކު ކުރެން ތިޔަ އަހަނީ އިރުކޮޅެއްގެ ތެރޭގައި އަހަރެންނެއް ދެން ކަލޭމެންނަކަށް ނުފެންނާނޭ، އަދި އޭގެ ކުޑައިރުކޮޅެއް ފަހުން އަނެއްކާވެސް ކަލޭމެންނަށް އަހަރެން ފެންނާނެއޭ މިބުނި ބަސްތަކުގެ މާނައަކީ ކޮބައިހޭތަ؟


ހަމަ އެ ވަގުތު އެކަލޭގެފާނުގެ އަސްޙާބީން ކާއެއްޗެތި ގަނެގެން އެނބުރި އައެވެ. އެކަލޭގެފާނު އަންހެނަކާއި ވާހަކަދައްކަވަނިކޮށް ފެނުމުން އެމީހުން ހައިރާންވިއެވެ. ނަމަވެސް އޭގެން އެކަކު ވެސް އެކަލޭގެފާނު އެ އަންހެންމީހާ އާއި ވާހަކަދެއްކެވީ ކީއްވެތޯ ނުވަތަ ކޮން ބޭނުމަކު ތޯ ސުވާލެއް ނުކުރެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ