Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 9:31 - ކިތާބުލް މުޤައްދަސާ

31 ސަބަބަކީ އެކަލޭގެފާނުގެ އަސްޙާބީންނާއި އެކުގައި ގިނަ ވަގުތު ހޭދަ ކުރައްވާ އެބޭކަލުންނަށް އުނގަންނައި ދެއްވުމަށްޓަކައެވެ. އެގޮތުން އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”⁠އިންސާނާގެ ދަރިކަލުންނަށް ޚިޔާނާތްތެރިވެ މީސްތަކުންގެ އަތްމައްޗަށް ދޫކޮށްލެވި، އޭނާ މަރާލެވޭނެ. އަދި އޭގެ ތިން ދުވަސް ފަހުން އޭނާ އަލުން ދިރިގެން ތެދުވާނެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 9:31
19 ပူးပေါင်းရင်းမြစ်များ  

އެހިނދުން ފެށިގެން އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް މި ވާހަކަތައް ކިޔައިދެއްވަން ފެއްޓެވިއެވެ. އެއީ އެކަލޭގެފާނު ޖެރޫސަލަމަށް ވަޑައިގަންނަވަން ޖެހޭނޭ ކަމުގައްޔާއި، ބަނީއިސްރާއީލުގެ ބޮޑުންނާއި ބޮޑުއިމާމުންނާއި އަދި ދީނުގެ ދަންނަބޭކަލުން އެތަނުގައި އެކަލޭގެފާނަށް ތަފާތު މުސީބާތްތަކާއި އުނދަގޫތައް ޖައްސަވާނެ ކަމުގެ ވާހަކަތަކެވެ. އަދި އެކަލޭގެފާނު އަވަހާރަ ކޮށްލެވޭނޭ ކަމުގައްޔާއި އަދި އޭގެ ތިންވަނަ ދުވަހު އަލުން ދިރުއްވޭނޭ ކަމުގައި ވެސް އީސާގެފާނު އަސްޙާބީންނަށް ވިދާޅުވިއެވެ.


އެހެނީ އިންސާނާގެ ދަރިކަލުން ވެސް އައީ މީސްތަކުންގެ ޚިދުމަތް ލިބިގަތުމަކަށް ނޫން. އޭނާ އައީ މީސްތަކުންނަށް ޚިދުމަތް ކޮށް އަދި އޭނާގެ ފުރާނަވެސް މީސްތަކުން ދިންނަވާނެ ކައްފާރާ އެއްގެ ގޮތުގައި ދިނުމަށް.⁠“


”⁠މާދަމާ ނޫން އަނެއް ދުވަހަކީ ފަހަނަޅައި ދިއުމުގެ ޢީދު ދުވަސްކަން ތިޔަބައިމީހުން ދަންނާނެ. އެދުވަހަކީ އިންސާނާގެ ދަރިކަލުން ސަލީބަށް އެރުވުމަށް ޓަކައި އެކަލޭގެފާނުގެ އަދުއްވުންގެ އަތްމައްޗަށް ދޫކޮށްލެވޭނޭ ދުވަސް.⁠“


އަދި އެބައިމީހުން ޕިލާތުސްއަށް ބުންޏެވެ. ”⁠ސާހިބާ، އެ ދޮގުވެރިޔާ މީގެ ކުރިން މިފަދައިން ބުނި އަޑު އަޅުގަނޑުމެން އެހީން. ’⁠ތިން ދުވަސް ފަހުން ތިމަން އަލުން ދިރިގެން ތެދުވާނަމޭ.⁠‘


އެބައިމީހުން އޭނާއަށް މަލާމާތްކޮށް ހީނހަދައި އޭނާ ގަޔަށް ކުޅުޖަހާނެ. އެބައިމީހުން އޭނާގެ ގައިގައި ހަންމުށިން ތަޅުމަށް ފަހު މަރާލާނެ. އަކަމަކު ތިން ދުވަސް ފަހުން އޭނާ އަލުން ދިރިގެން ތެދުވާނެ.⁠“


އެއަށް ފަހު އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް މިހެން އުގަންނަވައި ދެއްވަން ފެއްޓެވިއެވެ. ”⁠އިންސާނާގެ ދަރިކަލުން ބޮޑެތި ތަދާއި ވޭން އުފުލަން ޖެހޭނެ. ބަނީއިސްރާއީލުގެ ބޮޑުންނާއި ބޮޑު އިމާމުންގެ އިތުރުން ދީނުގެ ދަންނަބޭކަލުން އަހަރެންނާ ދެކޮޅުވެރިވެ އަހަރެން މަރާލާނެ. އެހެނަސް ތިން ދުވަސް ފަހުން އަލުން ފުރާނައެޅި ދިރިގެން އަންނާނަން.⁠“


އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠ހަމަ ޔަޤީނުން އެންމެފުރަތަމަ ވަޑައިގަންނަވާނީ އިލްޔާސްގެފާނު. އެއީ އެންމެހާ ކަންތައްތައް ތައްޔާރު ކުރައްވައި ތަރުތީބު ކުރެއްވުމަށް. ދެން އެހެންވިއްޔާ، މީސްތަކުން އިންސާނާގެ ދަރިކަލުން ގަބޫލުނުކޮށް ވޭނާ އަނިޔާ ދޭނެ ކަމަށް މުޤައްދަސް ފަތްފުށްތަކުގައި ލިޔެވިގެން ވަނީ ކީއްވެ؟


މަތިވެރި މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި އަލްމަސީޙު އެކަލޭގެފާނުގެ މަތިވެރިކަމާއި ކީރިތިކަމާއި އެކު ވަޑައިގެންނެވުމުގެ ކުރިން މިފަދައިން އަނިޔާ ލިބޭނެ ކަމުގެ ވާހަކަ ލިޔެވިގެންނެއް ނުވޭ ތަ؟⁠“


”⁠އަހަރެން މިބުނާ އެއްޗެއް ރަނގަޅަށް ކަނުލާ އަޑުއަހާ: އިންސާނާގެ ދަރިކަލުން ކަމުގައިވާ އަހަރެން މީސްތަކުންގެ އަތްމައްޗަށް އެމީހުން ހަދާނެ ގޮތެއް ހެދުމަށް ދޫކޮށް ލެވޭނެ.⁠“


އެއްވެސް މީހަކަށް އަހަރެންގެ ދިރިހުރުމެއް އަހަރެންގެ އަތަކުން އަތުލައެއް ނުގަނެވޭނެ. އަހަރެންގެ ދިރިހުރުން އަހަރެން މި ދެނީ ހިތުން ރުހުމުން. އެއީ އަހަރެންގެ ބައްޕާފުޅު އަހަރެންނަށް އަމުރު ކުރައްވާފައިވާ ފަދައިން އެދިރިހުރުން އަހަރެން ބޭނުން އިރަކު ދޫކޮށްލުމާއި އަދި އެދިރިހުރުން އަނބުރާ ލިބިގަތުމުގެ ބާރު ވެސް އަހަރެންނަށް ލިބިގެން ވޭ.⁠“


އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠ކަލޭމެން މި ބައިތުލް މަޤްދިސް ހަލާކުކޮށް ބިމާ ހަމަކޮށްލަބަލަ! ތިން ދުވަސް ތެރޭގައި އަހަރެން މިތަން ޢިމާރާތް ކުރާނަން!⁠“


މޫސާގެފާނު ހަނަފަސް ސަހަރާގެ ތެރޭގައި ކަފުލޮއިން ވާ ހަރުފައެއް މުޑިއަކަށް ނެންގެވި ފަދައިން އިންސާނާގެ ދަރިކަލުން ވެސް މުޑިއަކަށް އުފުލާލެވޭނެ.


އަހަރެމެން މުސީބާތަށް ކެތްތެރިވެ ކުރިއަށް ދާނަމަ، އެކަލޭގެފާނާއެކު އަހަރެމެން ވެރިކުރާނެވެ. އަހަރެމެން އެކަލޭނގެފާނު އެނގޭކަމަށް އިންކާރު ކޮށްފިނަމަ، އެކަލޭގެފާނު ވެސް އަހަރެމެން އެނގިވަޑައިގަންނަވާނެ ކަމަށް އިންކާރު ކުރައްވާނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ