Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 9:28 - ކިތާބުލް މުޤައްދަސާ

28 އެއަށް ފަހު އީސާގެފާނު އަސްޙާބީންނާއި އެކު ގެއަށް ވަޑައިގެންނެވިއެވެ. އަދި އަސްޙާބީން އެކަލޭގެފާނާ އެކަހެރިކޮށް ސުވާލު ކުރިއެވެ. ”⁠ކީއްވެގެންތޯ އަޅުގަނޑުމެން އަމުރުކުރުމުން އެ ކުއްޖާގެ ހަށިގަނޑުން ޖިންނި ބޭރުކޮށްނުލެވުނީ؟⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 9:28
11 ပူးပေါင်းရင်းမြစ်များ  

އީސާގެފާނުގެ އަސްޙާބީން އައިސް އެކަލޭގެފާނު އަރިހުން އެއްސެވިއެވެ. ”⁠މީސްތަކުންނަށް އުނގަންނަވައި ދެއްވުމުގައި ކަލޭގެފާނު މާނަފުން ވާހަކަ ބޭނުން ކުރައްވަނީ ކީއްވެތޯ؟⁠“


އެއަށް ފަހު އެއްވެފައިވީ މީސްތަކުންގެ ކައިރިން ދުރަށް ވަޑައިގެން އީސާގެފާނު ގޭގެތެރެއަށް ވަދެވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ އަސްޙާބީން އެކަލޭގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. ”⁠ދަނޑުގައިވާ ވިނަގަހާއި މެދު ވިދާޅުވި ބަސްފުޅުގެ މާނައަކީ ކޮބައިތޯ؟⁠“


ޕަތަރަސް ދެންނެވިއެވެ. ”⁠ތިޔަ ވިދާޅުވި މިސާލުބަސްފުޅު އަޅުގަނޑުމެންނަށް އޮޅުންފިލުވައި ދެއްވާ.⁠“


އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން އީސާގެފާނު ކަޕަރުނައުމް އަށް އެނބުރި ވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނު ރަށަށް ވަޑައިގެންނެވި ޚަބަރުފުޅު ފެތުރިގެން ދިޔައެވެ.


އެއަށް ފަހު އީސާގެފާނު އެކަލޭގެފާނު ހުންނަވާ ގެކޮޅަށް ވަޑައިގެންނެވިއެވެ. އަދި އެ ކަލޭގެފާނު ހުންނެވި ގޭ ދޮށަށް މިފަހަރު ވެސް އެތައް ބައިވަރު މީހުންނެއް އެއްވިއެވެ. މިހެންވުމުން އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީންނަށް ކާނޭ ވަގުތު ލިބިގެން ނުވިއެވެ.


އީސާގެފާނު އެކަލޭގެފާނުގެ ބާރަ އަސްޙާބީންނާއި އަދި މީސްތަކުންގެ ތެރެއިން އެ ވާހަކަފުޅުތައް އަޑުއެހި ބައެއްމީހުންނާއި އެކުގައި އެކަހެރިވެ ވަޑައިގެންނެވި ވަގުތު އެކަލޭގެފާނުގެ އަރިހުގައި އެ މާނަފުން ވާހަކަތައް ތަފުސީލުކޮށް ދެއްވުމަށް އެބައިމީހުން އެދިވަޑައިގަތެވެ. އެ ހިނދު އީސާގެފާނު ޖަވާބު ދެއްވިއެވެ.


އެބައިމީހުންނާއި އެކަލޭގެފާނު މުޚާތަބު ކުރެއްވީ މުޅިން ވެސް މާނަފުން ވާހަކައިންނެވެ. އެހެނަސް އެކަލޭގެފާނުގެ އަސްޙާބީންނާއެކު އެކަހެރިވެ ވަޑައިގަންނަވާ ހިނދު މިހުރިހާ ވާހަކަތަކެއް އަސްޙާބީންނަށް އޮޅުންފިލުވައި ދެއްވައެވެ.


އެއްވެފައިވާ މީސްތަކުން ދޫކޮށް އީސާގެފާނު ގޭ ތެރެއަށް ވަދެވަޑައިގަތެވެ. އެއާއެކު އެކަލޭގެފާނުގެ އަސްޙާބީން އެކަލޭގެފާނުގެ އަރިހުގައި އެ ވިދާޅުވި މާނަފުން ބަސްފުޅު ޝަރަޙަ ކޮށްދެއްވުމަށް އެދި ދެންނެވިއެވެ.


ނަމަވެސް އީސާގެފާނު އެ ފިރިހެން ކުއްޖާގެ އަތުގައި ހިއްޕަވާ އެ ކުއްޖާ ކޮޅަށް ނެންގެވުމަށް އެހީތެރިވެ ދެއްވިއެވެ. އަދި އޭނާ ކޮޅަށް ތެދުވިއެވެ.


އީސާގެފާނު ޖަވާބު ދެއްވިއެވެ. ”⁠މިފަދަ ކޮންމެ ނުބައި ރޫޙާނީ ކަމެއްގެ މައްޗަށް ބާރު ހޯދޭނީ ދުޢާއިން. އެހެން ގޮތަކުން އެކަމެއް ނުވާނެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ