Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 9:24 - ކިތާބުލް މުޤައްދަސާ

24 އެ ހިނދު އެކުއްޖާގެ ބައްޕަ ރޮއިހޭރިގެންފިއެވެ. ”⁠އަޅުގަނޑު އީމާންވަމު. އެހެނަސް އެދެވޭ ގޮތުގައެއް ނޫންމެ. ފުރިހަމަ އީމާންތެރިކަމެއްގައި ވުމަށް އަޅުގަނޑަށް މިކަމުގައި އެހީތެރިވެ ދެއްވާ!⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 9:24
21 ပူးပေါင်းရင်းမြစ်များ  

ޝިމްޢީ އަހަންނާ ދިމާލަށް އެކީ އެއްޗެހީގެ ބަދަލުގައި މާތްރަސްކަލާނގެ އެއަށް ވުރެ ރަނގަޅު ގޮތްތައް މެދުވެރި ކުރައްވާފާނެ ކަން ވެސް ނޭނގެއެއްނު.⁠“


އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެންނަށް ކުޅަދާނަވެގެން ވާނަމައޭ ތިބާ ތިޔަ ބުނީ ކީއްވެ؟ އީމާންތެރިކަމުގައިވާ މީހަކަށް ކޮންމެ ކަމެއް ވެސް ކުޅަދާނަ ވެގެންވާނެ.⁠“


އެތަނުގައި ތިބި މީސްތަކުން ހަލުއިކޮށް ދުވެފައި އަންނަތަން އެކަލޭގެފާނަށް ފެނިވަޑައިގެންނެވި ހިނދު، އެ ޖިންނިއަށް އެކަލޭގެފާނު އަމުރު ކުރެއްވިއެވެ. ”⁠އޭ. މީސްތަކުން މަންމަނުކޮށް އަދި ބީރު ކުރަމުން ގެންދާ ނުބައި ވެގެންވީ ރޫޙާ، އެ ފިރިހެން ކުއްޖާގެ ހަށިގަނޑުން ނުކުމޭ. އަދި މިއަށް ފަހު އޭނާއަށް އެއްވެސް އުނދަގުލެއް ކޮށްގެންނުވާނެ!⁠“


އީސާގެފާނުގެ މަންދޫބުން އެކަލޭގެފާނަށް ދެންނެވިއެވެ. ”⁠އަޅުގަނޑުމެންގެ އީމާންކަން އިތުރުކޮށް ދެއްވާ.⁠“


މި އަންހެންމީހާ އެކަލޭގެފާނުގެ ފުރަގަހުގައި ހުރެ ގިސްލަ ގިސްލާފައި ރޯން ފެށިއެވެ. އަދި އެކަލޭގެފާނުގެ ފައިތިލަފުޅު އޭނާގެ ކަރުނައިން ތެތްމާލިއެވެ. ދެން އޭނާ އޭނާގެ އިސްތަށިގަނޑުން އެކަލޭގެފާނުގެ ފައިތިލަފުޅު ފޮހެދިނެވެ. ދެން އެކަލޭގެފާނުގެ ފައިތިލަފުޅުގައި ބޮސް ދީ އޭނާ ގެނައި އަގުބޮޑު އަތަރުފުޅި އެކަލޭގެފާނުގެ ފައިތިލަފުޅު މައްޗަށް އޮއްސާލިއެވެ.


ދެން އެކަލޭގެފާނު އެ އަންހެންމީހާ އާއި ދިމާލަށް އެނބުރިވަޑައިގަތް ޝަމްއޫނަށް ވިދާޅުވިއެވެ. ”⁠މި އަންހެން މީހާ މިކަންތައް ކުރިގޮތް ދެކެބަލަ. އަހަރެން ކަލޭގެ ގެއަށް އައީ ކަލޭ ދަޢުވަތު ދިނީމަ. އެކަމަކު ކަލޭ އަހަރެންގެ ފައި ދޮވެލުމަށް ފެންފޮދެއް ވެސް ނުދޭ. ނަމަވެސް މި އަންހެން މީހާ އޭނާގެ ކަރުނައިން އަހަރެންގެ ފައި ދޮވެ އޭނާގެ އިސްތަށިގަނޑުން ފޮހެދިން.


ޕަތަރަސް އޭނާއަށް ފެނިދިޔަ ކަންތަކާ މެދު ވިސްނަމުން ދަނިކޮށް މާތްރޫޙުފުޅު އޭނާއަށް އެންގެވިއެވެ. ”⁠ކަލޭ ހޯދަން އައިސް ތިބި ތިން މީހުން ބޭރުގަ އެބަތިބި.


އެމީހާ ބުނި. ’⁠ކޮރުނޭލިޔުސް އޭ. މާތްރަސްކަލާނގެ ކަލޭގެ ދުޢާތަކުގެ އަޑު އައްސަވައިފިއޭ. އަދި ކަލޭ ފަގީރުންނަށް ވަމުން ދާ އެހީތައް ވެސް އެކަލާނގެ ދެނެވޮޑިގެންވެއޭ.


ތިޔަބައިމީހުންނަށް ދިންނެވުން ލިބިދިނީ މާތްރަސްކަލާނގެ ކިބަފުޅަށް ތިޔަބައިމީހުން އީމާންވުމުން އެކަލާނގެ ނިޢުމަތްފުޅުންނެވެ. ތިޔަބައިމީހުންނަށް ދިންނެވުން ލިބިގެންވީ ތިޔަބައިމީހުންގެ އަމިއްލަ ނަފްސުން ކުރި ކަމަކުންނޫނެވެ. އެއީ މާތްރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި މަތިވެރި ހަދިޔާއެއްމެއެވެ.


ހަމައެކަނި ތިޔަބައިމީހުންނަށް ލިބިގެންވީ އަލްމަސީޙަށްޓަކައި އީމާންވެ، ޚިދުމަތް ކުރުމުގެ ޝަރަފު އެކަންޏެއް ނޫނެވެ. އެކަލޭގެފާނަށްޓަކައި ވޭން އުފުލުމުގެ ޝަރަފު ވެސް މެއެވެ.


އެހެންވީމާ މާތްރަސްކަލާނގެ ޚިޔާރު ކުރެއްވި ފަރާތްތަކުގެ ތެރޭގައި ތިޔަބައިމީހުންނީ އެކަށީގެންވާ ބައެއްގެ ގޮތުގައި ލެއްވުމަށް އެދި އަހަރެމެން އެކަލާނގެ ކިބަފުޅަށް ދުޢާ ކުރުމުގައި ވަމެވެ. ތިޔަބައިމީހުން ކުރުމަށް އެދޭ އެންމެހާ ހެޔޮ އަމަލުތަކެއް ކުރުމަށް މާތްރަސްކަލާނގެ އެކަލާނގެ ބާރުފުޅުގެ އެހީތެރިކަން ދެއްވާށިއެވެ. އަދި ތިޔަބައިމީހުންގެ އީމާންތެރިކަމާއި އެއްގޮތްވާ ގޮތުގެ މަތިން ކުރާ އަމަލުތަކެއް ފުރިހަމަ ކުރުމުގައި އެހީތެރި ވުމަށް ވެސް އެދި ދުޢާކުރަމެވެ.


އަޚުންނާއި އުޚުތުންނޭވެ! ތިޔަބައިމީހުންނާއިމެދު އަބަދުވެސް އަހަރެމެން މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރުވެރިވާން ޖެހެއެވެ. އެފަދައިން އަހަރެމެން އަމަލު ކުރުމަކީ އެންމެ އެކަށީގެންވާ ގޮތެވެ. އެއީ ތިޔަބައިމީހުން އީމާންތެރިކަމުގައި ހެދިބޮޑުވެދާ ދިއުމާއި އަދި އެކަކު އަނެކަކަށް ދެމުން ދާ ލޯބި ތިޔަބައިމީހުންގެ ތެރޭގައި އިތުރުވެ ދިއުމުގެ ސަބަބުންނެވެ.


އަހަރެން ވަނީ ތިބާ ދުށުމަށް ކެތްމަދުވެފައިމެއެވެ. އަހަރެމެން ވަކިވިހިނދު ތިބާގެ ލޮލުން ފޭދުނު ކަރުނަތައް މިހާރު ވެސް ހަނދާންވެއެވެ. އަދި އަހަރެމެންނަށް އެއްތަނެއްގައި ތިބެވޭ ދުވަހަކުން އުފާކުރާނީއެވެ.


ފަހުން އޭނާ އެޙައްޤު އަތުލަން ބޭނުންވެގެން އުޅުނެވެ. އެކަމާ އޭނާގެ ބައްޕަ ގާތު ކިތަންމެވަރަކަށް ވެސް ރޮއި އާދޭސް ކުރިއެވެ. އެކަމަކު އެކަން ބަދަލުވާނެ ގޮތެއް ދެނެއް ނުވިއެވެ.


އަހަރެމެންގެ އީމާންތެރިކަމުގެ ފެށުމާއި ނިމުން ކަމަށްވާ އީސާގެފާނަށް އަހަރެމެންގެ ނަޒަރު ހުއްޓަމާ ހިނގާށެވެ. ސަލީބަށް އަރުވާފާނެތީ އެކަލޭގެފާނު ފަހަތަށް ޖެހިވަޑައެއް ނުގެންނެވިއެވެ. އެއާޚިލާފަށް އެކަލޭގެފާނު އެ ވޭން ތަހަންމަލު ކުރެއްވީ ކުރިއަށް އޮތް މަތިވެރި އުފާވެރިކަމަށްޓަކައެވެ. އެކަމުން ލިބިވަޑައިގަންނަވާނެ ލަދުވެތިކަމަކަށް ބެއްލެވުމެއް ނެތިއެވެ. މިހާރު އެކަލޭގެފާނު އެ އިންނެވީ މާތްރަސްކަލާނގެ އަރިހުގައި އަރުޝީގެ ކަނާތްޕުޅު ފަރާތުގައެވެ.


އީސާގެފާނު މަރުން ސަލާމަތް ކުރެއްވުމުގެ ބާރުފުޅު މާތްރަސްކަލާނގެ ކިބަފުޅުގައި އޮތެވެ. އޭރު އެކަލޭގެފާނު ބިންމަތީގައި ހުންނަވައި ކަރުނައަޅައި ގަދަ އަޑުފުޅުން ސަލާމަތަށް އެދި މާތްރަސްކަލާނގެއަށް ދަންނަވަމުން ދިޔައެވެ. އެކަލޭގެފާނުގެ ޚުޝޫއަތްތެރިކަމާއި މަޑުމޮޅިކަމުގެ ސަބަބުން މާތްރަސްކަލާނގެ އެކަލޭގެފާނުގެ އަޑުފުޅު އެއްސެވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ