Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 9:22 - ކިތާބުލް މުޤައްދަސާ

22 އެތަކެއް ފަހަރު މަތިން އަލިފާނުގެ ތެރެއަށާއި ފެނުގެ ތެރެއަށް މި ޖިންނި އޭނާ އެއްލާލާ މަރާލަން މަސައްކަތް ކޮށްފައިވޭ. އަޅުގަނޑާއި މެދު ރަޙުމް ކުރައްވާ، ކަލޭގެފާނަށް ކުޅަދާނަވެގެންވާނަމަ މިކަމަށް އެހީތެރިވެ ދެއްވާ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 9:22
12 ပူးပေါင်းရင်းမြစ်များ  

ކުއްލިއަކަށް އީސާގެފާނު ޕަތަރަސްގެ އަތުގައި ހިއްޕަވާ ނެންގެވުމަށް ފަހު ވިދާޅުވިއެވެ. ”⁠ތިބާގެ އީމާންތެރިކަމުގެ ކުޑަކަމާއޭ! ތިބާ ޝައްކު ކުރީ ކީއްވެ؟⁠“


ދެން އީސާގެފާނު އެމީހުންގެ މައްޗަށް ހަމްދަރުދީވެ ވަޑައިގެން އެކަލޭގެފާނު އެބައިމީހުންގެ ލޮލުގައި އަތްޕުޅު ބީއްސަވާލެއްވިއެވެ. އެ ހިނދު އެމީހުންގެ ލޮލަށް އަލިވެއްޖެއެވެ. ދެން އެ ދެމީހުން އީސާގެފާނުގެ ފަހަތްޕުޅުން އެކަލޭގެފާނާއި އެކު ދިޔައެވެ.


ކުއްލިއަކަށް ޖުޒާމުބަލި ޖެހިފައިވާ މީހަކު އީސާގެފާނުގެ އަރިހަށް އައިސް އެކަލޭގެފާނުގެ ކުރިފުޅު މަތީގައި ކަކޫމައްޗަށް ތިރިވެ ދެންނެވިއެވެ. ”⁠މާތްސާހިބާ. ކަލޭގެފާނު އެދިވަޑައިގަންނަވާނަމަ، ކަލޭގެފާނަށް އަޅުގަނޑު މި ބަލިން ފަސޭހަކޮށް ސާފުތާހިރު ކުރެވިދާނެ.⁠“


އީސާގެފާނު ގެއެއްގެ ތެރެއަށް ވަދެ ވަޑައިގެންނެވި ހިނދު އެ ލޯފަން ދެމީހުން ވެސް އެކަލޭގެފާނުގެ އަރިހަށް އައެވެ. އަދި އެ ދެމީހުންނަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠އަހަރެންނަށް ތިޔަބައިމީހުންގެ ބަލި ހެޔޮ ކޮށްދެވިދާނެ ކަމުގައި ތިޔަބައިމީހުން ގަބޫލު ކުރަންތަ؟⁠“ އެ ދެމީހުން އެކަލޭގެފާނަށް ޖަވާބު ދެއްވިއެވެ. ”⁠އާދެ، މާތްސާހިބާ.⁠“


އެހެނަސް އީސާގެފާނުގެ އަރިހުގައި އެމީހާ ގެންދިއުމަށް އެކަލޭގެފާނު އިންކާރު ކުރައްވާ އޭގެ ބަދަލުގައި އެމީހާއަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ތިބާގެ ގާތް ތިމާގެ މީހުންގެ ކައިރިއަށް ގެއަށްދޭ، އަދި މާތްރަސްކަލާނގެ ލެއްވި ރަޙުމަތްފުޅުގެ ވާހަކައާއި ކޮށްދެއްވިހާ ކަންތަކުގެ ވާހަކަ ކިޔައިދީ.⁠“


”⁠މި ބަލީގައި މި ކުއްޖާ ކިހާ ދުވަހެއް ވެއްޖެ؟⁠“ އީސާގެފާނު އެ ފިރިހެން ކުއްޖާގެ ބައްޕަ އާއި ސުވާލު ކުރެއްވިއެވެ. އެ ކުއްޖާގެ ބައްޕަ ޖަވާބުދީ އެދި ދެންނެވިއެވެ. ”⁠އޭނާގެ އެންމެ ކުޑަ ދުވަހުން ފެށިގެން،


އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެންނަށް ކުޅަދާނަވެގެން ވާނަމައޭ ތިބާ ތިޔަ ބުނީ ކީއްވެ؟ އީމާންތެރިކަމުގައިވާ މީހަކަށް ކޮންމެ ކަމެއް ވެސް ކުޅަދާނަ ވެގެންވާނެ.⁠“


މާތްސާހިބާއަށް މިކަނބުލޭގެ ފެނި ވަޑައިގަތްހިނދު ވަރަށް ދެރަފުޅުވިއެވެ. އަދި އެކަނބުލޭގެއަށް ވިދާޅުވިއެވެ. ”⁠ނުރޮއެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ