މަރުކުސް 9:21 - ކިތާބުލް މުޤައްދަސާ21 ”މި ބަލީގައި މި ކުއްޖާ ކިހާ ދުވަހެއް ވެއްޖެ؟“ އީސާގެފާނު އެ ފިރިހެން ކުއްޖާގެ ބައްޕަ އާއި ސުވާލު ކުރެއްވިއެވެ. އެ ކުއްޖާގެ ބައްޕަ ޖަވާބުދީ އެދި ދެންނެވިއެވެ. ”އޭނާގެ އެންމެ ކުޑަ ދުވަހުން ފެށިގެން، အခန်းကိုကြည့်ပါ။ |
އެބައިމީހުން އެކަލޭގެފާނުގެ އަރިހަށް އެފިރިހެން ކުއްޖާ ގެނައެވެ. އަދި ޖިންނިއަށް އީސާގެފާނު ފެނުނު ހިނދު، ޖިންނި އެ ފިރިހެން ކުއްޖާ ބިންމައްޗަށް ނަގާ ވައްޓާލުމުން އެކުއްޖާގެ ހަށިގަނޑަށް ބާރެއް އަރައި އިދިފުށަށް ދަމަން ފެށިއެވެ. އަދި ބިންމަތީގައި މިފަދަ ޙާލަތެއްގައި ފުރޮޅެމުން އަނގައިން ފޮނުއަރުވަން ފެށިއެވެ.
ބައިތުލް މަޤްދިސްގެ އެއް ދޮރާށި ކަމުގައި ވީ ރީތި ދޮރާއްޓޭ ކިޔުނު ދޮރާށި ކާރީގައި ވިހޭއްސުރެން ދެ ފައި ވާވެފައިވީ މީހަކު ވިއެވެ. ކޮންމެސް މީހަކު މިމީހާ ކޮންމެ ދުވަހަކު ވެސް އެތަނަށް ގެނެއެވެ. މިމީހާ އެ ދޮރާށީގެ ކައިރީގައި އިންނަނީ ބައިތުލް މަޤްދިސަށް އަޅުކަން ކުރަން އަންނަ މީހުންނަށް ސަލާން ޖެހުމަށެވެ.