Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 9:20 - ކިތާބުލް މުޤައްދަސާ

20 އެބައިމީހުން އެކަލޭގެފާނުގެ އަރިހަށް އެފިރިހެން ކުއްޖާ ގެނައެވެ. އަދި ޖިންނިއަށް އީސާގެފާނު ފެނުނު ހިނދު، ޖިންނި އެ ފިރިހެން ކުއްޖާ ބިންމައްޗަށް ނަގާ ވައްޓާލުމުން އެކުއްޖާގެ ހަށިގަނޑަށް ބާރެއް އަރައި އިދިފުށަށް ދަމަން ފެށިއެވެ. އަދި ބިންމަތީގައި މިފަދަ ޙާލަތެއްގައި ފުރޮޅެމުން އަނގައިން ފޮނުއަރުވަން ފެށިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 9:20
14 ပူးပေါင်းရင်းမြစ်များ  

އެވަގުތު ނުބައި ރޫޙުގެ ސަބަބުން އެ ފިރިހެނާ އިދިފުށަށް ދަމަންފެށިއެވެ. އަދި ބާރު އަޑުފަށްގަނޑަކާއެކު އެ ފިރިހެނާ ދޫކޮށް ހިނގައްޖެއެވެ.


ކޮންމެ ވަގުތެއްގައި ވެސް ޖިންނި އޭނާއަށް ޙަމަލާ ދީ ބިންމައްޗަށް ވައްޓާލާފާނެ. އަދި އޭނާގެ ދަތްޕިލާޖެހި މުޅި އަނގައިން ފޮނު އެރުވުމުގެ އިތުރުން މުޅި ހަށިގަނޑަށް ބާރެއް އަރައި ހަރުދަނޑި ވެއްޖެ. އަޅުގަނޑު ކަލޭގެފާނުގެ އަސްޙާބީންގެ އަރިހުން ވެސް މި ޖިންނީގެ އުނދަގުލުން ސަލާމަތް ކޮށްދެއްވުމަށް އެދި ދެންނެވިން. ނަމަވެސް އެބޭކަލުންނަށް އެކަން ކޮށްދެއްވުން ނުކުޅެދިގެންވި.⁠“


އެބައިމީހުންނަށް އީސާގެފާނު ވިދާޅުވިއެވެ. ”⁠އޭ އީމާންތެރިކަމެއްނެތް މީސްތަކުންނޭ! އަހަރެން ތި މީހުންގެ ކައިރީގައި ހުންނާނީ ކިހާ ދުވަހެއް ވަންދެންތަ؟ ތި މީހުންގެ ކައިރީގައި އަހަރެން ކެތްކޮށްގެން ހުންނަން ޖެހޭނީ ކިހާ ދުވަހަކު؟ އަހަރެންގެ ކައިރިއަށް އެ ފިރިހެން ކުއްޖާ ގެނޭ!⁠“


”⁠މި ބަލީގައި މި ކުއްޖާ ކިހާ ދުވަހެއް ވެއްޖެ؟⁠“ އީސާގެފާނު އެ ފިރިހެން ކުއްޖާގެ ބައްޕަ އާއި ސުވާލު ކުރެއްވިއެވެ. އެ ކުއްޖާގެ ބައްޕަ ޖަވާބުދީ އެދި ދެންނެވިއެވެ. ”⁠އޭނާގެ އެންމެ ކުޑަ ދުވަހުން ފެށިގެން،


ގަދަ އަޑުފަށްގަނޑަކާއެކު އެ ފިރިހެން ކުއްޖާ އިދިފުށަށް ދަމައިގަތުމަށް ފަހު ޖިންނި އެ ފިރިހެން ކުއްޖާގެ ހަށިގަނޑުން ބޭރުވެގެން ދިޔައެވެ. އެ ހިނދު އެ ފިރިހެންކުއްޖާ ވަނީ ޙަރަކާތްނެތި މަރުވެފައިވާ މައްޔިތެއް ފަދައިންނެވެ. އަދި އެ ކުއްޖާ ދުށް ގިނަ މީހުންނަށް ބުނެވުނެވެ. ”⁠އެ ކުއްޖާ އެ އޮތީ މަރުވެފަ!⁠“


އީސާގެފާނު އަމުރުވެރިކަމާއި އެކު ވިދާޅުވިއެވެ. ”⁠އަނގަމަޑުކުރޭ! އޭނާގެ ހަށިގަނޑުގެ ތެރެއިން ނުކުމޭ.⁠“ ދެން މި ޖިންނި އެމީހާ ބިންމައްޗަށް ވައްޓާލިއެވެ. އަދި އެމީހާގެ ހަށިގަނޑަށް އެއްވެސް އަނިޔާއެއް ނުދީ އޭނާ ދޫކޮށް ހިނގައްޖެއެވެ.


ޖިންނިއެއް އޭނާއާއި އަވަލައިފި. އޭނާ ކުއްލިއަކަށް ހުރެފައި ހަޅޭއްލަވަން ފަށާ. އޭތި އޭނާ ހޭ ނައްތާލުމުން އޭނާގެ އަނގައިން ފޮނު ވެސް އަރާ. އޭތި އޭނާ އެންމެ އިރުކޮޅަކަށް ވެސް ދުލެއް ނުކުރޭ. އޭތި އޭނާ އެ ނެތި ކޮށްލަނީ.


އެކުއްޖާ އީސާގެފާނުގެ އަރިހަށް އައިސް ހުއްޓާ ވެސް ޖިންނި އޭނާ ހޭނައްތާ ވައްޓާލުމުން އެކުއްޖާގެ ދަތްޕިލާޖެހި އަނގައިން ފޮނުއެރިއެވެ. ނަމަވެސް އީސާގެފާނު އެ ޖިންނިއަށް ރައްކާވެ ދިއުމަށް އަމުރު ކުރެއްވިއެވެ. އަދި އެކުއްޖާ ރަނގަޅުކޮށް އޭނާގެ ބައްޕަ އާއި ހަވާލުކުރެއްވިއެވެ.


ކަލޭމެންގެ ބައްޕައަކީ ޝައިތާނާ. ކަލޭމެންނަކީ އޭނާގެ މީހުން. ކަލޭމެން ކުރަނީ ކަލޭމެންގެ ބައްޕަ އުފާވާފަދަ ކަންތައް. ފެށުނީއްސުރެން ވެސް ޝައިތާނާއަކީ ގާތިލެއް. އޭނާއަކީ ތެދާ ދެކޮޅުވެރިވާ މީހެއް. އޭނާގެ ކިބައިގައި ތެދުވެރިކަމެއް ނުވާނެ. އޭނާ ހަދާނީ މުޅީން ވެސް ދޮގު. އެކަމުން ޝައިތާނާގެ އަސްލު ހާމަވެގެންދޭ. ޝައިތާނާއަކީ ދޮގުވެރިއެއް. ޝައިތާނާ އެއީ ދޮގުގެ ބައްޕަ ވެސް މެ.


ފަރުވާތެރިވާށެވެ! ތިޔަބައިމީހުންގެ އެންމެ ބޮޑު ޢަދުއްވު ޝައިތާނާގެ ޙަމަލާތަކަށް ސަމާލުވެ ތިބޭށެވެ. އެއީ އަޑުގަދަ ސިންގާއެއް ފަދައިން އޭނާ ބަލަމުން ދާނީ ވަށައިގެންވާ މީސްތަކުންނަށް ދަހިވެތިވެ ކަށިހަފައި ކެއުމަށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ