މަރުކުސް 9:19 - ކިތާބުލް މުޤައްދަސާ19 އެބައިމީހުންނަށް އީސާގެފާނު ވިދާޅުވިއެވެ. ”އޭ އީމާންތެރިކަމެއްނެތް މީސްތަކުންނޭ! އަހަރެން ތި މީހުންގެ ކައިރީގައި ހުންނާނީ ކިހާ ދުވަހެއް ވަންދެންތަ؟ ތި މީހުންގެ ކައިރީގައި އަހަރެން ކެތްކޮށްގެން ހުންނަން ޖެހޭނީ ކިހާ ދުވަހަކު؟ އަހަރެންގެ ކައިރިއަށް އެ ފިރިހެން ކުއްޖާ ގެނޭ!“ အခန်းကိုကြည့်ပါ။ |
އެންމެފަހުން، އީސާގެފާނު އެކަލޭގެފާނުގެ އެގާރަ އަސްޙާބީން ކާންތިއްބާ އެބޭކަލުންގެ ކުރިމައްޗަށް ފާޅުވެ ވަޑައިގެންނެވިއެވެ. އެ ހިނދު އެބޭކަލުންގެ އީމާންތެރިކަން ނެތުމުގެ ސަބަބުން އެކަލޭގެފާނު ފާޑު ވިދާޅުވިއެވެ. އަދި އެއީ އެކަލޭގެފާނު އަވަހާރަވެ ވަޑައިގަތުމަށް ފަހު އަލުން އަނބުރާ ފުރާނައެޅި ދިރިވަޑައިގެންނެވި ކަން ގަބޫލުނުކޮށް ކަނޑައެޅިގެން އިންކާރުމުގެ ސަބަބުން ވެސް މެއެވެ.
ކޮންމެ ވަގުތެއްގައި ވެސް ޖިންނި އޭނާއަށް ޙަމަލާ ދީ ބިންމައްޗަށް ވައްޓާލާފާނެ. އަދި އޭނާގެ ދަތްޕިލާޖެހި މުޅި އަނގައިން ފޮނު އެރުވުމުގެ އިތުރުން މުޅި ހަށިގަނޑަށް ބާރެއް އަރައި ހަރުދަނޑި ވެއްޖެ. އަޅުގަނޑު ކަލޭގެފާނުގެ އަސްޙާބީންގެ އަރިހުން ވެސް މި ޖިންނީގެ އުނދަގުލުން ސަލާމަތް ކޮށްދެއްވުމަށް އެދި ދެންނެވިން. ނަމަވެސް އެބޭކަލުންނަށް އެކަން ކޮށްދެއްވުން ނުކުޅެދިގެންވި.“
އެބައިމީހުން އެކަލޭގެފާނުގެ އަރިހަށް އެފިރިހެން ކުއްޖާ ގެނައެވެ. އަދި ޖިންނިއަށް އީސާގެފާނު ފެނުނު ހިނދު، ޖިންނި އެ ފިރިހެން ކުއްޖާ ބިންމައްޗަށް ނަގާ ވައްޓާލުމުން އެކުއްޖާގެ ހަށިގަނޑަށް ބާރެއް އަރައި އިދިފުށަށް ދަމަން ފެށިއެވެ. އަދި ބިންމަތީގައި މިފަދަ ޙާލަތެއްގައި ފުރޮޅެމުން އަނގައިން ފޮނުއަރުވަން ފެށިއެވެ.