މަރުކުސް 9:17 - ކިތާބުލް މުޤައްދަސާ17 އެ ހިނދު އެއްވެފައިވާ މީސްތަކުންގެ ތެރެއިން ފިރިހެނަކު ޖަވާބު ދިނެވެ. ”އެދުރު ކަލޭގެފާނު، ޖިންނީގެ އުނދަގޫ ކުރިމަތިވުމުގެ ސަބަބުން ވާހަކަ ނުދެކެވޭ އަޅުގަނޑުގެ ފިރިހެން ދަރިފުޅުގެ ބަލި ހެޔޮކޮށްދެއްވުމަށް ކަލޭގެފާނުގެ އަރިހަށް އަޅުގަނޑު މިވަނީ ގެނެސްފައި. အခန်းကိုကြည့်ပါ။ |
ކޮންމެ ވަގުތެއްގައި ވެސް ޖިންނި އޭނާއަށް ޙަމަލާ ދީ ބިންމައްޗަށް ވައްޓާލާފާނެ. އަދި އޭނާގެ ދަތްޕިލާޖެހި މުޅި އަނގައިން ފޮނު އެރުވުމުގެ އިތުރުން މުޅި ހަށިގަނޑަށް ބާރެއް އަރައި ހަރުދަނޑި ވެއްޖެ. އަޅުގަނޑު ކަލޭގެފާނުގެ އަސްޙާބީންގެ އަރިހުން ވެސް މި ޖިންނީގެ އުނދަގުލުން ސަލާމަތް ކޮށްދެއްވުމަށް އެދި ދެންނެވިން. ނަމަވެސް އެބޭކަލުންނަށް އެކަން ކޮށްދެއްވުން ނުކުޅެދިގެންވި.“
އެތަނުގައި ތިބި މީސްތަކުން ހަލުއިކޮށް ދުވެފައި އަންނަތަން އެކަލޭގެފާނަށް ފެނިވަޑައިގެންނެވި ހިނދު، އެ ޖިންނިއަށް އެކަލޭގެފާނު އަމުރު ކުރެއްވިއެވެ. ”އޭ. މީސްތަކުން މަންމަނުކޮށް އަދި ބީރު ކުރަމުން ގެންދާ ނުބައި ވެގެންވީ ރޫޙާ، އެ ފިރިހެން ކުއްޖާގެ ހަށިގަނޑުން ނުކުމޭ. އަދި މިއަށް ފަހު އޭނާއަށް އެއްވެސް އުނދަގުލެއް ކޮށްގެންނުވާނެ!“