ފަރީސީންނަށް އީސާގެފާނު ވަޑައިގެންނެވި ޚަބަރު ލިބުމުން އެކަލޭގެފާނުގެ އަރިހަށް އެބައިމީހުން އައިސް ޒުވާބުދެއްވިއެވެ. އެބައިމީހުންގެ އެދުމަކަށް ވެގެންވީ އެކަލޭގެފާނީ މާތްރަސްކަލާނގެ ޙަޟްރަތުން ވަޑައިގެންނެވި ބޭކަލެއްތޯ އަޖުމަބެލުމެވެ. އެގޮތުން އެކަލޭގެފާނީ މާތްރަސްކަލާނގެ ޙަޟްރަތުން ވަޑައިގެންނެވި ބޭކަލެއްކަން އަންގައި ދިނުމުގެ ގޮތުން އެބައިމީހުންނަށް މުޢުޖިޒާތީ ޢަލާމާތެއް ދެކުމަށް ބާރުލާ އެދެމުން ދިޔައެވެ.