Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 9:14 - ކިތާބުލް މުޤައްދަސާ

14 އަދި އެދުވަހު އެބޭކަލުން ފަރުބަދަމަތިން ތިރިއަށް ފައިބައިގެން އައިރު ގިނަ ޢަދަދެއްގެ ބަޔަކު އެހެނިހެން އަސްޙާބީންގެ ވަށައިގެން ތިބިތަން އެބޭކަލުންނަށް ފެނުނެވެ. އަދި ދީނުގެ ބައެއް ދަންނަބޭކަލުން އެ އަސްޙާބީންނާއި ޒުވާބު ދެމުން ދިޔައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 9:14
9 ပူးပေါင်းရင်းမြစ်များ  

އަދި އެބައިމީހުން އެކަލޭގެފާނަށް ބުންޏެވެ. ”⁠މިހުރިހާ ކަމެއް ކުރުމަށް ކަލެއަށް އޮތީ ކޮން ޙައްޤެއް؟ އެ ޙައްޤު ކަލެއަށް ދިނީ ކޮންފަރާތަކުން؟⁠“


އެބައިމީހުން އެކަލޭގެފާނުގެ އަރިހަށް އައިސް ސުވާލު ކުރިއެވެ. ”⁠އެދުރުކަލޭގެފާނު. މީސްތަކުން ވިސްނާނެ ގޮތަކާއިމެދު ބެއްލެވުމެއްނެތި ކަލޭގެފާނީ ޙައްޤު ތެދުބަސް ވިދާޅުވެލައްވާ ބޭކަލެއްކަން އަޅުގަނޑުމެންނަށް އެނގޭ. އަދި ކަލޭގެފާނު ވަކިފަރާތަކަށް ޖެހިގެންނުވޭ. ނަމަވެސް ކަލޭގެފާނު މީސްތަކުންނަށް އުނގަންނަވައިދެއްވަމުން ގެންދަވަނީ މާތްރަސްކަލާނގެ މަގުގައިވާ ޙައްޤު ތެދުބަސް. މިހެން ކަމުގައިވާނަމަ ރޯމު ސަރުކާރަށް ޓެކްސް ދެއްކުމަކީ އަޅުގަނޑުމެންގެ ދީނީ އުސޫލުތަކާ ޚިލާފު ކަމެއްތަ؟ އަޅުގަނޑުމެން އެފަދައިން ޓެކްސް ދައްކަން ޖެހޭނެތަ؟ ނޫނީ ނުޖެހޭނެތަ؟⁠“


އެތަނުގައި އިށީނދެ ތިބި ދީނުގެ ބައެއް ދަންނަބޭކަލުންގެ ހިތަށް އެރިއެވެ.


އެކަމަކު އަހަރެން ބުނަން. އިލްޔާސްގެފާނު ވަޑައިގަންނަވައިފި. އަދި މުޤައްދަސް ފަތްފުށްތަކުގައި ލިޔެވިގެންވީ ފަދައިން އެކަލޭގެފާނާއިމެދު މީހުން ހިތުހުރިހާ ގޮތަކަށް ކަންތައް ކޮށްފި.⁠“


ދެން ޕައުލް ދިޔައީ އެ ރަށުގެ ބަނީއިސްރާއީލު މީހުން އަޅުކަން ކުރުމަށް ދާ ދީނީ މަރުކަޒަށެވެ. އެތާނގައި ޕައުލް ތިން މަސްދުވަސް ވަންދެން ވަރަށް ކެރިގެން ކިޔަވާދެމުން ދިޔައެވެ. ޕައުލް ބަނީއިސްރާއީލު މީހުންނާއި ވާހަކަ ދައްކާ ބަހުސްކޮށް، މާތްރަސްކަލާނގެ ރަސްކަންފުޅާއި މެދު، އޭނާ ކިޔަވާދެމުން ދިޔަ ބަސްތައް އެމީހުންނަށް ސާފުކޮށް އޮޅުންފިލުވާދިނެވެ.


ކަލޭމެންގެ ފިކުރުގައި އީސާގެފާނު ކުރެއްވި ކަންތައް ހަރުލައްވާށެވެ. ފާފަވެރިންގެ ކިބައިން އެކަލޭގެފާނަށް ކުރިމަތިވެ ވަޑައިގެންނެވި ދުއްތުރާތަކަށް ކެތްތެރިވެ ވަޑައިގަތެވެ. މިކަންތައް ހިތުގައިވާނަމަ ކަލޭމެން ވެސް ނާއުންމީދުވެ ފަހަތަކަށް ނުޖެހޭނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ