Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 9:10 - ކިތާބުލް މުޤައްދަސާ

10 އެގޮތުން އެބޭކަލުންނަށް ފެނިދިޔަ އެކަންތައްތަކުގެ ވާހަކަ އެއްވެސް މީހެއްގެ ކައިރީ ނުބުނެ އެބޭކަލުން އެކަލޭގެފާނުގެ މިއަމުރުފުޅަށް ކިޔަމަންތެރިވި ނަމަވެސް ”⁠މަރުވުމަށް ފަހު އަލުން ދިރިގެން ތެދުވުން⁠“ މި ބަސްފުޅާމެދު އެބޭކަލުންގެ މެދުގައި ވާހަކަ ދެކެވެމުން ދިޔައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 9:10
15 ပူးပေါင်းရင်းမြစ်များ  

ޔޫސުފުގެފާނުގެ އެންމެހާ އަޚުން އެކަލޭގެފާނާއި މެދު ހަސަދަވެރިވި ކަމުގައި ވިނަމަވެސް އެކަލޭގެފާނުގެ ބަފައިކަލުން މި ހުވަފެނުގެ ތަޢުބީރާއިމެދު ވިސްނަވަމުން ގެންދެވިއެވެ.


އީސާގެފާނު އެއްފަރާތަށް ގެންދަވާ އެ ވާހަކަތައް ހުއްޓުވުމަށް ޕަތަރަސް އެކަލޭގެފާނަށް ދެންނެވިއެވެ. ”⁠މާތްސާހިބާ. މާތްރަސްކަލާނގެ ކަލޭގެފާނު އެފަދަ ކޮންމެ ކަމަކުން ސަލާމަތްކޮށްދެއްވާނެ! އެފަދަ އެއްވެސް ކަމެއް ކަލޭގެފާނާއި ދިމަލެއް ނުވާނެ!⁠“


އަދި އެބޭކަލުން އެކަލޭގެފާނަށް ދެންނެވިއެވެ. ”⁠ދީނީ ދަންނަބޭކަލުން އިލްޔާސްގެފާނު ފުރަތަމަ ވަޑައިގަންނަވާނެކަމަށް އެ ވިދާޅުވަނީ ކީއްވެތޯ؟⁠“


އެހެނަސް އެބޭކަލުންނަށް މި ވިދާޅުވެދެއްވި އެއްޗެއްގެ މާނަ ދޭހައެއް ނުވިއެވެ. އަދި އިތުރަށް އޮޅުންފިލުވައި ދެއްވުމަށް އެދި އެކަލޭގެފާނުގެ އަރިހުގައި ދެންނެވުމަށް އެބޭކަލުން ޖެހިލުންވިއެވެ.


އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ފަރުބަދަ މަތިން ތިރިއަށް ވަޑައިގެންނެވި ހިނދު އީސާގެފާނު އެބޭކަލުންނަށް އަމުރު ކުރައްވައި ވިދާޅުވިއެވެ. ”⁠އިންސާނާގެ ދަރިކަލުން މަރުވުމަށް ފަހު އަލުން ދިރިގެން ތެދުނުވަންދެން ތިޔަބައިމީހުންނަށް ފެނިދިޔަ ކަންތައްތަކުގެ ވާހަކަ އެއްވެސް މީހަކަށް އަންގައިގެން ނުވާނެ.⁠“


އީސާގެފާނުގެ އަސްޙާބީންނަކަށް މި ކަމަކީ ކުރީއްސުރެން ވާނެ ކަމަށް ޣައިބުގައި ލިޔެވިފައިވާ ކަމެއް ކަން އޭރަކު ނޭނގެއެވެ. އެކަލޭގެފާނަށް ޖަލާލަތުކަމުގެ މަޤާމު ލިބިވަޑައިގަތުމުން އެ ކަމަކީ އެކަލޭގެފާނާމެދު ކަންތައް ހިނގާނެ ގޮތް ކަމަށް ފަތްފުށްތަކުގައި ލިޔެފައިވާ ކަންތައް ކަން އެމީހުން ހަނދާން ވިއެވެ.


އޭގެތެރެއިން އެއްދުވަހަކު ފަލްސަފާވެރިކަމުގެ އިލްމު ކިޔަވައިގެން ތިބި ތަފާތު ދެބަޔަކަށް ހިމެނޭ ބަޔަކު ޕައުލް އާއި ބަހުސް ކުރުމަށް އައެވެ. މިމީހުންގެ ތެރެއިން އެއްބަޔަކީ އެޕިކޫރިން ފަލްސަފާވެރިކަމުގެ އިލްމު ކިޔަވައިގެން ތިބި ބަޔެކެވެ. އަނެއްބަޔަކީ އިސްތޮއިކުގެ ފަލްސަފާވެރިކަމުގެ އިލްމު ކިޔަވައިގެން ތިބި ބަޔެކެވެ. މީގެތެރެއިން އެއްބަޔަކު ބުންޏެވެ. ”⁠މި ތަނެއްދޮރެއް ނުދަންނަ މީހާ މި ކިޔަނީ ކޯންޗެކޭތަ؟⁠“ އަދި އަނެއްބައިމީހުން އެކަކުއަނެކަކަށް ބުންޏެވެ. ”⁠ހީވަނީ އޭނާ އެދައްކަނީ އެހެން ކޮންމެންމެސް ޤައުމެއްގެ ކަލާނގެތަކުގެ ވާހަކަ ހެން.⁠“ މިމީހުންނަށް މިހެން ހީވި ކަމަކީ އެއީ ޕައުލް އީސާގެފާނާއި ބެހޭ ވާހަކަތަކާއި އަދި އެކަލޭގެފާނު މަރުވުމަށް ފަހު އަލުން ދިރުއްވުނު ކަމާމެދު ވާހަކަދައްކަމުން ގެންދިޔައީތީއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ