މަރުކުސް 8:8 - ކިތާބުލް މުޤައްދަސާ8-9 އެންމެހައި މީސްތަކުން ބަނޑުބޮޑު ވާންދެން އެ ތަކެތިން ކެއެވެ. އަދި އެތަނުގައި ހަތަރުހާސް މީހުން ތިއްބެވެ. އެއަށް ފަހު މީސްތަކުންނަށް ނުކެވި ބާކީ ހުރި ތަކެތި އަސްޙާބީން ނެގިއިރު ހަތް ވަށިގަނޑުގެ ތަކެތި ނެގުނެވެ. އެއަށް ފަހު އީސާގެފާނު މީސްތަކުން ފޮނުވާލެއްވިއެވެ. အခန်းကိုကြည့်ပါ။ |
ކުނިވެ ހަލާކުވެދާ ފަދަ ކާތަކެތި ހޯދުމަށްޓަކައި މަސައްކަތް ނުކުރޭ. ނަމަވެސް އަބަދުވެސް ތާޒާކޮށް ހުންނަ އޭގެ ސަބަބުން ނިމުންނުވާ ޙަޔާތް ލިބޭނެފަދަ ކާތަކެތި ހޯދުމަށް މަސައްކަތް ކުރޭ. އެއީ އިންސާނާގެ ދަރިކަލުން ކަލޭމެންނަށް ދެއްވާނެ ކާނާ. އެހެނީ މާތްރަސްކަލާނގެ، އެކަލޭގެފާނުގެ ބައްޕާފުޅު ވަނީ އެކަލާނގެ މަތިވެރި ބާރުފުޅު އެކަލޭގެފާނަށް ހިބަކޮށް ދެއްވާފަ.“