5 އީސާގެފާނު އަސްޙާބީން ކުރެން އެއްސެވިއެވެ. ”ތިޔަބައިމީހުންގެ އަތުގައި ވަނީ ކިތައް ބޯރޮށި؟“ އެކަލޭގެފާނުގެ އަސްޙާބީން ޖަވާބު ދެއްވިއެވެ. ”ހަތް ބޯރޮށި.“
އީސާގެފާނު ވިދާޅުވިއެވެ. ”ތިޔަބައިމީހުންގެ އަތުގައި އޮތީ ކިތައް ބޯރޮށި ތަ؟“ އެބޭކަލުން ޖަވާބުގައި ދެންނެވިއެވެ. ”ހަތް ބޯ ރޮއްޓާއި، ދެތިން ކުޑަ މަހެއް.“
އީސާގެފާނު ވިދާޅުވިއެވެ. ”ތިޔަބައިމީހުންގެ އަތުގައި ވަނީ ކިތައް ބޯރޮށިތޯ ގޮސް ބަލާބަލަ؟“ އެބޭކަލުން ބަލައި ހެދުމަށް ފަހު އެކަލޭގެފާނުގެ އަރިއަހުގައި ދެންނެވިއެވެ. ”އަޅުގަނޑުމެންގެ އަތުގައި އޮތީ ހަމައެކަނި ދެ މަހާއި ބޯރޮށީގެ ފަސްރޮށި.“
އަސްޙާބީން ދެންނެވިއެވެ. ”މިއީ މީހުން ނޫޅޭ އެކަހެރި ހިސާބުގަނޑެއް. މި ހުރިހާ މީހުންނަށް ކާންދިނުމަށްޓަކައި މިތަނުން ކާބޯތަކެތި ހޯދަނީ ކިހިނެއް؟“
އެތަނުގައި ތިބި މީސްތަކުންނަށް ބިންމަތީގައި އިށީނުމަށް އެކަލޭގެފާނު ވިދާޅުވިއެވެ. އެއަށް ފަހު އެކަލޭގެފާނު އެ ހަތް ރޮށި ނަންގަވާ މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ކުރެއްވުމަށް ފަހު އެ ރޮށިތައް ފަޅި ކުރައްވައި އެކަލޭގެފާނުގެ އަސްޙާބީންގެ އަތަށް ދެއްވައި މީސްތަކުންނަށް ކާންދެއްވިއެވެ.
ނަމަވެސް އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”ކަލޭމެން މިބައިމީހުންނަށް ކާނޭ އެއްޗެއް ދީ.“ އެބައިމީހުން ބުންޏެވެ. ”އަޅުގަނޑުމެން އަތުގައި ވާހާ ވެސް އެއްޗަކީ ދެ މަހާއި ފަސް ބޯރޮށި. ވީއިރު އަޅުގަނޑުމެން މިއެންމެންނަށް ކާން ދޭން ވެއްޖިއްޔާ އެތައް ބައިވަރު ކާތަކެއްޗެއް ގަންނަން ޖެހޭނެ.“