މަރުކުސް 8:33 - ކިތާބުލް މުޤައްދަސާ33 ނަމަވެސް އީސާގެފާނު އަނެއް ފަރާތަށް އެނބުރި ވަޑައިގަންނަވައި، އެކަލޭގެފާނު އަސްޙާބީންނާއި ދިމާއަށް ބައްލަވައިލެއްވުމަށް ފަހު، ޕަތަރަސްއަށް އަޑުލައި ވިދާޅުވިއެވެ. ”އަހަރެންގެ ކައިރިން އެއްކިބާވޭ، ޝައިތާނާ! ކަލޭގެ ވިސްނުން ތިޔަހުރީ މާތްރަސްކަލާނގެ އެދިވޮޑިގެންވާ ފަދައަކުން ނޫން. ނަމަވެސް އިންސާނީ ތަބީޢަތާ އެއްގޮތަށް!“ အခန်းကိုကြည့်ပါ။ |
އީސާގެފާނު ކޯފާވެވަޑައިގެންހުންނަވާ ވަށައިގެންވީ މީސްތަކުންނާއި ދިމާއަށް ބައްލަވައި ލެއްވިއެވެ. ނަމަވެސް އެމީހުންގެ ގޮތްދޫނުކުރުމާއި ހިތްހަރު ކަމުގެ ސަބަބުން އެމީހުންނާއި މެދު އެކަލޭގެފާނު އެވަގުތު ވެސް ހިތާމަ ކުރެއްވިއެވެ. ދެން އަތް ވައުވެފައި ވީ ފިރިހެނާއަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”ތިބާގެ އަތް ދަމާލާ.“ އެ ފިރިހެނާ އޭނާގެ އަތް ދަމާލިއެވެ. އަދި އޭނާގެ އަތް ފުރިހަމައަށް ރަނގަޅު ވިއެވެ.