Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 8:32 - ކިތާބުލް މުޤައްދަސާ

32 އެ ކަލޭގެފާނުގެ އަސްޙާބީންނަށް މިވާހަކަފުޅު ވަރަށް ސާފުކޮށް އަންގައިވައިދެއްވިއެވެ. މިވާހަކަ މިހެން ވިދާޅުވުމުން، އެކަލޭގެފާނުގެ އަސްޙާބީ ޕަތަރަސް އެކަލޭގެފާނު އެއްފަރާތަށް ގެންދަވާ އެވާހަކަތައް ދެއްކުމަށް އިންކާރު ކުރިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 8:32
9 ပူးပေါင်းရင်းမြစ်များ  

އީސާގެފާނު އެއްފަރާތަށް ގެންދަވާ އެ ވާހަކަތައް ހުއްޓުވުމަށް ޕަތަރަސް އެކަލޭގެފާނަށް ދެންނެވިއެވެ. ”⁠މާތްސާހިބާ. މާތްރަސްކަލާނގެ ކަލޭގެފާނު އެފަދަ ކޮންމެ ކަމަކުން ސަލާމަތްކޮށްދެއްވާނެ! އެފަދަ އެއްވެސް ކަމެއް ކަލޭގެފާނާއި ދިމަލެއް ނުވާނެ!⁠“


އެ ހިނދު ދޯނީގެ ކޮޅުފަސްކޮޅުގައި އޮތް ބާލީހެއްގައި ބޯއަޅުއްވައިގެން އީސާގެފާނު އޮންނެވީ އަވަހާރަފުޅު ލައްޕަވާފައެވެ. އެކަލޭގެފާނުގެ އަސްޙާބީން އެކަލޭގެފާނު އަވަހާރުފުޅުން ހޭލައްވައި އެކަލޭގެފާނަށް ދެންނެވިއެވެ. ”⁠އެދުރުކަލޭގެފާނު، އަޅުގަނޑުމެން މަރުވެ ދިޔަސް ސާހިބާ އަޅާނުލައްވާނުތޯ؟⁠“


ނަމަވެސް މަރުތާ ކަންތައްތައް ތައްޔާރު ކުރުމަށް އަވަދި ނެތި މަސައްކަތުގައި އުޅެއެވެ. އޭނާ އީސާގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. ”⁠މާތްސާހިބާ! އަޅުގަނޑުގެ ކޮއްކޮ އަޅުގަނޑު ހުރިހާ މަސައްކަތެއް ކުރަން އެކަނި ދޫކޮށްލާފައި އައިސް މިތާ އިންއިރު ކަލޭގެފާނު އެކަމަކާއި އަޅައެއް ނުލައްވަން ތޯ؟ އޭނާ ކައިރީ ވިދާޅުވޭ އަޅުގަނޑަށް އެހީވާން ދާށޭ.⁠“


އެވަގުތު ބަނީއިސްރާއީލުގެ ވެރިން އެކަލޭގެފާނު ވަށާލައި ކުރި ބައްދާފަ ބުންޏެވެ. ”⁠ކަލޭ ތިޔަ އުޅެނީ އަހަރެމެން މި ގޮތަށް ޝައްކުމަތީ ކިހާ ދުވަހަކު ބައިތިއްބަން ކަމަށްތަ؟ ކަލޭ ތިޔައީ މާތްރަސްކަލާނގެ ޚާއްސަކުރައްވާ ފޮނުއްވި އަލްމަސީޙު ނަމަ ސާފުކޮށް ބުނެބަލަ.⁠“


އެހެންކަމުން އީސާގެފާނު އެމީހުންނަށް އޮޅުން ފިލާނެހެން ވިދާޅުވިއެވެ. ”⁠ލާޒަރު މަރުވެއްޖެ!


އަހަރެން ކަލޭމެންނަށް އަންގައިދޭން ބޭނުންވި ކަންތައްތައް އަހަރެން މިސާލުބަސްތައް ބޭނުންކޮށްގެން ކިޔައިދިނިން. ނަމަވެސް އެފަދަ ދުވަހެއް އެބައާދޭ. އެދުވަހަކުން ބައްޕާފުޅާއި ބެހޭ ހުރިހާ ކަމެއް އަހަރެން ސާފުކޮށް ކަލޭމެންނަށް ކިޔައިދޭނަން.


ދެން އަސްޙާބީން ދެންނެވިއެވެ. ”⁠އަދިކިރިޔާ އަޅުގަނޑުމެންނަށް އެނގޭފަދަ ގޮތަކަށް، މިސާލުބަސްތައް ބޭނުން ނުކުރައްވައި، ކަލޭގެފާނު އަޅުގަނޑުމެންގެ ގާތުގައި ތިޔަ ވާހަކަތައް ވިދާޅުވަނީ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން ކިޔަވައިދިން ހުރިހާ އެއްޗެއް އަހަރެން ކިޔަވައިދިނީ ހާމަ ކަން މަތީ އެންމެންނަށް ވެސް ފެންނަގޮތަށް ދީނީ މަރުކަޒުތަކުގައި އާއި އަދި ބައިތުލް މަޤްދިސްގައި. އަހަރެން އެއްވެސް ކަމެއް ސިއްރަކުން ނުކުރަން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ