Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 8:31 - ކިތާބުލް މުޤައްދަސާ

31 އެއަށް ފަހު އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް މިހެން އުގަންނަވައި ދެއްވަން ފެއްޓެވިއެވެ. ”⁠އިންސާނާގެ ދަރިކަލުން ބޮޑެތި ތަދާއި ވޭން އުފުލަން ޖެހޭނެ. ބަނީއިސްރާއީލުގެ ބޮޑުންނާއި ބޮޑު އިމާމުންގެ އިތުރުން ދީނުގެ ދަންނަބޭކަލުން އަހަރެންނާ ދެކޮޅުވެރިވެ އަހަރެން މަރާލާނެ. އެހެނަސް ތިން ދުވަސް ފަހުން އަލުން ފުރާނައެޅި ދިރިގެން އަންނާނަން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 8:31
27 ပူးပေါင်းရင်းမြစ်များ  

އޭރު މާތްރަސްކަލާނގެ ވަނީ އެކަލޭގެފާނު ދިރުވާލާނެ ބޮޑު މަހެއް ތައްޔާރު ކުރައްވައި ހަމަޖައްސަވާފައެވެ. އެ މަހުގެ ބަނޑުތެރޭގައި އެކަލޭގެފާނު ތިން ރޭ ތިން ދުވާ ވަންދެން އޮންނެވިއެވެ.


ޔޫނުސްގެފާނު ބޮޑު މަހެއްގެ ބަނޑުގައި ތިން ރެއާއި ތިން ދުވަސް ވަންދެއް އޮންނެވި. ހަމައެފަދައިން އިންސާނާގެ ދަރިކަލުން ތިން ރެއާއި ތިން ދުވަސް ވަންދެން ބިންގަނޑުގެ ބަނޑުތެރޭގައި ވަޅުލެވިފައިވާނެ.


ދެން އީސާގެފާނު ވިދާޅުވިއެވެ. ”⁠ހަމަ ޔަޤީނުން ވެސް ތިޔަބައިމީހުން ވާނީ ފަތްފުށްތަކުގައި ބަޔާންވެގެންވާ ބަޔާން ކުރެއްވުން ކިޔާފަ. ’⁠ރާނާ މީހުން ބަލައިނުގަނެ އެއްލާލި ގާ ބިންގަލުގެ އެންމެ މުހިންމު ގާ ކަމުގައި ވެއްޖޭ. މިއީ މާތްރަސްކަލާނގެ ކުރައްވާ ކަންކަމޭ. މިއީ ކޮންފަދަ ޙައިރާން ކުރުވަނިވި ކަމެއް ހޭ؟⁠‘⁠“


އަދި އެބައިމީހުން ޕިލާތުސްއަށް ބުންޏެވެ. ”⁠ސާހިބާ، އެ ދޮގުވެރިޔާ މީގެ ކުރިން މިފަދައިން ބުނި އަޑު އަޅުގަނޑުމެން އެހީން. ’⁠ތިން ދުވަސް ފަހުން ތިމަން އަލުން ދިރިގެން ތެދުވާނަމޭ.⁠‘


ތިޔަބައިމީހުން މުޤައްދަސް ފަތްފުށްތަކުން މިއެއް ނުކިޔަމުތަ؟ ’⁠ރާނާ މީހުން ބަލައިނުގެން އެއްލާލި ގާ އެންމެ މުހިންމު ބިންގާ ކަމުގައި ވެއްޖޭ.


ނަމަވެސް އޭގެކުރިން އެކަލޭގެފާނު މިޒަމާނުގެ މީސްތަކުންގެ އަތް ދަށުގައި އެތައް އަނިޔާތަކެއް ބަރުދާސްތު ކުރަން ޖެހޭނެ. އަދި އެމީހުން އެކަލޭގެފާނުގެ ބަސްފުޅުތައް ގަބޫލެއް ނުކުރާނެ.


މަތިވެރި މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި އަލްމަސީޙު އެކަލޭގެފާނުގެ މަތިވެރިކަމާއި ކީރިތިކަމާއި އެކު ވަޑައިގެންނެވުމުގެ ކުރިން މިފަދައިން އަނިޔާ ލިބޭނެ ކަމުގެ ވާހަކަ ލިޔެވިގެންނެއް ނުވޭ ތަ؟⁠“


ދެން އެކަލޭގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠ތައުރާތާއި ޒަބޫރުއާއި އަދި ނަބީބޭކަލުން ލިޔުއްވާފައިވާ ފޮތްފޮތުގައި އަހަރެންނާއި މެދު ބަޔާން ވެގެންވާ ހުރިހާ ކަމެއް އެބަޔާން ވެގެން ވީ ފަދައިން ހިނގާ ނިމިދާނެ ކަމަށް އަހަރެން ކަލޭމެންނާއިއެކު ވީ ދުވަސްތަކުގައި ކަލޭމެންނަށް ބުނީން.⁠“


ނަމަވެސް އަހަރެންގެ ބަސްތަކާއި ދެކޮޅުވެރިވާ ކޮންމެ މީހަކާއި މެދު ޤިޔާމަތް ދުވަހުން ހިސާބު ބެލެވޭނެ. އެދުވަހުން އެމީހުންނާމެދު ނިޔާކަނޑައަޅާ ފަނޑިޔާރަކީ އަހަރެން ގެނެސް ދިން ތެދު ބަސްތައް.


އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠ކަލޭމެން މި ބައިތުލް މަޤްދިސް ހަލާކުކޮށް ބިމާ ހަމަކޮށްލަބަލަ! ތިން ދުވަސް ތެރޭގައި އަހަރެން މިތަން ޢިމާރާތް ކުރާނަން!⁠“


މޫސާގެފާނަކީ ބަނީއިސްރާއީލު މީހުން އެމީހަކާއި ގަބޫލު ނުވި މީހާ. އެމީހުން މޫސާގެފާނާއި ދިމާލަށް ބުނި. ’⁠ކަލޭ ތިޔައީ އަހަރެމެންގެ ވެރިޔާ ނުވަތަ ގާޒީ ކަމުގައި ލީ ކާކު ހޭ؟⁠‘ ނަމަވެސް އަދަމުން ދިޔަ ގަހުގެތެރެއިން މާތްރަސްކަލާނގެ ދެއްކެވި މަލާއިކަތާ މެދުވެރިކުރައްވާ ބަނީއިސްރާއީލު މީހުންގެ މައްޗަށް ވެރިކަން ކުރުމަށާއި އަދި އެމީހުން ސަލާމަތް ކުރުމަށް އެކަލާނގެ ފޮނުއްވީ ހަމަ އެ މޫސާގެފާނު.


މިހާތަނަށް ކަލޭމެންނަށް ދިމާވި ހުރިހާ ކަމަކުން ކަލޭމެން ސަލާމަތް ކުރެއްވި މާތްކަލާނގެއަށް ރައްދު ދީ އެކަލާނގެ ފިޔަވައި ތިމަންމެންގެ މައްޗަށް ވެރިކަން ހިންގުމަށް ރަސްކަލަކު އިސްކޮށް ދިނުމަށް އެދެފީމު. ކަލޭމެން ބުނީމު. ތިމަންމެންގެ މައްޗަށް ރަސްކަލަކު އިސްކޮށްދޭށޭ. ވީއިރު ކަލޭމެންގެ މައްޗަށް ވެރިޔަކު ހަމަޖެއްސެވުމަށްޓަކައި ކަލޭމެންގެ ގަބީލާ ތަކާއި އާއިލާތައް މިތަނަށް މާތްރަސްކަލާނގެ ޙަޟްރަތަށް ގެނޭ.⁠“


މާތްރަސްކަލާނގެ ވަޙީ ކުރެއްވިއެވެ. ”⁠އެމީހުން އެދޭ ކަންތަކުގެ އަޑުއަހާ. އެމީހުންނަށް ކަމުނުދަނީ ކަލޭގެ ވެރިކަމެއް ނޫން. އެމީހުންނަށް ކަމުނުގޮސްގެން އެ އުޅެނީ ތިމަންކަލާނގެ ވެރިކަން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ