މަރުކުސް 8:30 - ކިތާބުލް މުޤައްދަސާ30 ދެން އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް އެކަލޭގެފާނާއި ބެހޭގޮތުން މީސްތަކުންނަށް މި ވާހަކަ ބުނެނުދިނުމަށް އިންޒާރުކޮށް އަމުރުކުރެއްވިއެވެ. အခန်းကိုကြည့်ပါ။ |
ދެން އީސާގެފާނު އެމީހާއަށް ވިދާޅުވިއެވެ. ”މިވާހަކަ އެއްވެސް މީހެއްގެ ކައިރީގައި ނުބުނާތި. އެކަމަކު ތިބާގެ ހަށިގަނޑު އިމާމަކަށް ދެއްކުމަށްދޭ. އަދި މިފަދަ ބަލިތައް ޖެހިފައިވާ މީހުން ފަސޭހަ ވުމުން ތައުރާތުގައި މޫސާގެފާނު އިރުޝާދު ދެއްވާފައިވާ ފަދައިން ޤުރުބާންތައް ހުށަހަޅާ. އެއީ ހުރިހާ އެންމެންނަށް ތިޔަބަލިން ތިބާ ރަނގަޅުވެއްޖެކަން އަންގައި ދިނުމަށް ޓަކާ.“
އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ފަރުބަދަ މަތިން ތިރިއަށް ވަޑައިގެންނެވި ހިނދު އީސާގެފާނު އެބޭކަލުންނަށް އަމުރު ކުރައްވައި ވިދާޅުވިއެވެ. ”އިންސާނާގެ ދަރިކަލުން މަރުވުމަށް ފަހު އަލުން ދިރިގެން ތެދުނުވަންދެން ތިޔަބައިމީހުންނަށް ފެނިދިޔަ ކަންތައްތަކުގެ ވާހަކަ އެއްވެސް މީހަކަށް އަންގައިގެން ނުވާނެ.“