Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 8:26 - ކިތާބުލް މުޤައްދަސާ

26 އީސާގެފާނު އެމީހާއަށް އަމުރު ކުރައްވައި އޭނާގެ ގެއަށް ފޮނުވާލެއްވިއެވެ. ”⁠އަވަށު ތެރެއަށް އަނބުރާ ނުގޮސް ގެއަށްދޭ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 8:26
7 ပူးပေါင်းရင်းမြစ်များ  

ނަމަވެސް އެކަލޭގެފާނަކީ ކޮންބޭފުޅެއްކަން އެހެން މީހުން ކައިރީގައި ނުބުނުމަށް މީސްތަކުންނަށް އެކަލޭގެފާނު އަމުރު ކުރެއްވިއެވެ.


ދެން އީސާގެފާނު އެމީހާއަށް ވިދާޅުވިއެވެ. ”⁠މިވާހަކަ އެއްވެސް މީހެއްގެ ކައިރީގައި ނުބުނާތި. އެކަމަކު ތިބާގެ ހަށިގަނޑު އިމާމަކަށް ދެއްކުމަށްދޭ. އަދި މިފަދަ ބަލިތައް ޖެހިފައިވާ މީހުން ފަސޭހަ ވުމުން ތައުރާތުގައި މޫސާގެފާނު އިރުޝާދު ދެއްވާފައިވާ ފަދައިން ޤުރުބާންތައް ހުށަހަޅާ. އެއީ ހުރިހާ އެންމެންނަށް ތިޔަބަލިން ތިބާ ރަނގަޅުވެއްޖެކަން އަންގައި ދިނުމަށް ޓަކާ.⁠“


އެވަގުތު އެމީހުންގެ ލޯތައް ހުޅުވި ލޮލަށް ފެންނަން ފެށިއެވެ. އީސާގެފާނު އެބައިމީހުންނަށް އިންޒާރު ކުރެއްވިއެވެ. ”⁠އެއްވެސް މީހެއްގެ ކައިރީގައި މި ހިނގާ ދިޔަ ކަންތައްތަކުގެ ވާހަކަ ބުނެގެން ނުވާނެ.⁠“


އެހެނަސް އީސާގެފާނު އެކަލޭގެފާނާއިއެކު އެތަނުގައި ތިބި މީހުންނަށް މިވާހަކަ އެއްވެސް މީހެއްގެ ކައިރީ ނުބުނުމަށް އިންޒާރު ކުރެއްވުމަށް ފަހު ވިދާޅުވިއެވެ. ”⁠އެ ކަނބުލޮއަށް ކޮންމެވެސް ކާއެއްޗެއް ދީ.⁠“


އެއަށް ފަހު މި ހިނގާދިޔަ ކަންތަކުގެ ވާހަކަ އެއްވެސް މީހަކަށް ބުނެ ނުދިނުމަށް އީސާގެފާނު މީސްތަކުންނަށް އަމުރު ކުރެއްވިއެވެ. ނަމަވެސް އެކަލޭގެފާނު މިކަން އިތުރަށް ސިއްރު ކުރުމަށް އެދިވަޑައިގަތަސް މީސްތަކުން މިވާހަކައިގެ ޚަބަރު އިތުރަށް ފަތުރަމުން ގެންދިޔައެވެ.


އީސާގެފާނު އެ ލޯފަންމީހާގެ އަތުގައި ހިއްޕަވައިގެން އެ އަވަށުގެ ބޭރަށް ނުކުމެ ވަޑައިގެންނެވިއެވެ. އެއަށް ފަހު އެކަލޭގެފާނު އެ ލޯފަންމީހާގެ ލޮލަށް ކުޅު ޖައްސަވައި އަދި ކުޅުޖެއްސެވި ތަނުގައި އެކަލޭގެފާނުގެ އަތްޕުޅު ޖައްސަވާލެއްވުމަށް ފަހު އެމީހާއަށް ވިދާޅުވިއެވެ. ”⁠މިހާރު ތިބާއަށް އެއްވެސް އެއްޗެއް ފެނޭތަ؟⁠“


އީސާގެފާނު ދެވަނަ ފަހަރަށް އެމީހާގެ ލޮލުގައި އެކަލޭގެފާނުގެ އަތްޕުޅު ޖައްސަވާލެއްވިއެވެ. މިފަހަރު އެމީހާ ގަދައަޅައި ބަލައިލިއެވެ. އަދި އެމީހާގެ ލޮލުގެ ފެނުން އަނބުރާ ލިބި އޭނާއަށް ސާފުކޮށް ހުރިހައި އެއްޗެއް ފެނިގެން ދިޔައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ