Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 8:25 - ކިތާބުލް މުޤައްދަސާ

25 އީސާގެފާނު ދެވަނަ ފަހަރަށް އެމީހާގެ ލޮލުގައި އެކަލޭގެފާނުގެ އަތްޕުޅު ޖައްސަވާލެއްވިއެވެ. މިފަހަރު އެމީހާ ގަދައަޅައި ބަލައިލިއެވެ. އަދި އެމީހާގެ ލޮލުގެ ފެނުން އަނބުރާ ލިބި އޭނާއަށް ސާފުކޮށް ހުރިހައި އެއްޗެއް ފެނިގެން ދިޔައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 8:25
9 ပူးပေါင်းရင်းမြစ်များ  

ހެޔޮލަފާ މީހުންގެ އުޅުން ހުންނަ ގޮތުގެ މިސާލަކީ ފަތިހުގެ އަލިކަން ފާޅުވީއްސުރެން މެންދުރާ ހަމަޔަށް އަލިގަދަ ވަމުން ދާ ގޮތުގެ މިސާލެވެ.


މީސްތަކުންގެ ތެރެއިން އަހަރެންގެ އުނގަންނައިދިނުންތައް ލިބުމަށް އެދޭ ފަރާތްތަކަށް އިތުރަށް މާތްރަސްކަލާނގެ އުނގެނިގަތުން ދެއްވާނެ. އެމީހުންނަށް ހުސްނުވާ ވަރަށް ވެސް ދެއްވާނެ. ނަމަވެސް އަހަރެންގެ އުނގަންނައިދިނުންތައް ލިބުމަށް އެދިގެންނުވާ ފަރާތްތަކަށް ލިބިދީފައިވާ މަދު މިންވަރު ވެސް އެބައިމީހުންގެ ކިބައިން މާތްރަސްކަލާނގެ ނިގުޅައިގަންނަވާނެ.


އެ މީހާ ވަށައިގެން ބަލާލައިފައި ބުންޏެވެ. ”⁠އާދެ. އަޅުގަނޑަށް މިހާރު މީސްތަކުން ފެނޭ، އެކަމަކު އެމީހުން ވަނީ ވަށައިގެން ހިނގާ ގަސްތަކެއްހެން.⁠“


އީސާގެފާނު އެމީހާއަށް އަމުރު ކުރައްވައި އޭނާގެ ގެއަށް ފޮނުވާލެއްވިއެވެ. ”⁠އަވަށު ތެރެއަށް އަނބުރާ ނުގޮސް ގެއަށްދޭ.⁠“


އެމީހުން އެކަލޭގެފާނު އުފުއްލެވުނު ދިމާ މައްޗަށް ބަލަނިކޮށް ކުއްލިއަކަށް އެމީހުންގެ ކައިރީގައި ހުދު ހެދުމެއްގައިވާ ދެ ފިރިހެނަކު ވާތަން ފެނުނެވެ.


ޕައުލް މާތްރަސްކަލާނގެ ދެއްވި ދިންނެވުމުގެ އުފާވެރި ޚަބަރުގެ ވާހަކަތައް ދައްކަމުން ދިޔަ އިރު މީނާ ވަރަށް ކަނުލާ އެ ވާހަކަތައް އަޑު އަހަން އިނެވެ. ޕައުލް އޭނާ އާއި ދިމާލަށް ވަރަށް ފަރުވާވެ ބެލިއެވެ. އަދި އޭނާގެ ހިތުގައި އީސާގެފާނުގެ މައްޗަށް އީމާންކަން ވާތީ އީސާގެފާނު އޭނާއަށް ޖެހިފައިވާ ވާބަލިން އޭނާ ސަލާމަތް ކޮށްދެއްވާނެކަން ޕައުލްއަށް އެނގުނެވެ.


އަހަރެން ޔަޤީން ކުރާ ގޮތުގައި މާތްރަސްކަލާނގެ ތިޔަބައިމީހުންގެ މެދުގައި ހެޔޮ ކަންތަކެއް ފައްޓުވައި ދެއްވައިފިއެވެ. އަދި އީސާ އަލްމަސީޙުގެ އެނބުރި ވަޑައިގަތުމާއި ހަމައަށް އެކަލާނގެ މި މަސައްކަތް ފުރިހަމަ ކުރެއްވުމުގައި ދެމިވޮޑިގެންވާނެއެވެ.


ނަމަވެސް ތިޔަބައިމީހުންނީ އެފަދަ ބައެއްނޫނެވެ. ތިޔަބައިމީހުންނީ ޚިޔާރު ކުރެވިގެންވާ ބައެކެވެ. ޝާހީ އިމާމުވަންތަ ކަމުގައިވާ ބައެކެވެ. އަދި މަތިވެރިކުރެއްވި ޤައުމެކެވެ. މާތްރަސްކަލާނގެއަށް މިލްކުވެގެންވާ ބައެއްމެއެވެ. ތިޔަބައިމީހުން އެކަލާނގެ ޚިޔާރު ކުރެއްވީ އެކަލާނގެ ހެޔޮފުޅުވަންތަކަން މީސްތަކުންނަށް ދެއްކުމަށެވެ. އެއީ ތިޔަބައިމީހުން އަނދިރިކަމުގެ ތެރެއިން ޙައިރާންކުރުވަނިވި އަލިކަމެއްގެ ތެރެއަށް ގެނެސްދެއްވި ކަމުގެ ޚަބަރެވެ.


އަދި އަހަރެމެންގެ މާތްސާހިބާ އަދި ދިންނެވުން ދެއްވާ ފަރާތް އީސާ އަލްމަސީޙު ދެއްވާ ނިޢުމަތާއި ޢިލްމާއިއެކު ހެދި ބޮޑުވަމުން ދިއުމަށެވެ. އެންމެހައި ޖަލާލަތުކަމެއް މި ހިނދު ގައްޔާއި އަދި އަބަދުގެ އަބަދަށް ވާހުށީ އެކަލޭގެފާނަށެވެ! އާމީން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ