Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 8:23 - ކިތާބުލް މުޤައްދަސާ

23 އީސާގެފާނު އެ ލޯފަންމީހާގެ އަތުގައި ހިއްޕަވައިގެން އެ އަވަށުގެ ބޭރަށް ނުކުމެ ވަޑައިގެންނެވިއެވެ. އެއަށް ފަހު އެކަލޭގެފާނު އެ ލޯފަންމީހާގެ ލޮލަށް ކުޅު ޖައްސަވައި އަދި ކުޅުޖެއްސެވި ތަނުގައި އެކަލޭގެފާނުގެ އަތްޕުޅު ޖައްސަވާލެއްވުމަށް ފަހު އެމީހާއަށް ވިދާޅުވިއެވެ. ”⁠މިހާރު ތިބާއަށް އެއްވެސް އެއްޗެއް ފެނޭތަ؟⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 8:23
12 ပူးပေါင်းရင်းမြစ်များ  

ދެން އީސާގެފާނު އެއްވެފައިވާ މީސްތަކުންނާއި އެފިރިހެނާ އެއްފަރާތް ކުރައްވައި އެ ފިރިހެނާގެ ކަންފަތުގެ ތެރެއަށް އެކަލޭގެފާނުގެ އިނގިލިފުޅު ލެއްވިއެވެ. އެއަށް ފަހު އެކަލޭގެފާނުގެ އިނގިލިކޮޅަށް ކުޅު ޖައްސަވާ އެ ފިރިހެނާގެ ދުލުގައި އަތްޕުޅު ލެއްވިއެވެ.


އެ މީހާ ވަށައިގެން ބަލާލައިފައި ބުންޏެވެ. ”⁠އާދެ. އަޅުގަނޑަށް މިހާރު މީސްތަކުން ފެނޭ، އެކަމަކު އެމީހުން ވަނީ ވަށައިގެން ހިނގާ ގަސްތަކެއްހެން.⁠“


އީސާގެފާނު އެމީހާއަށް އަމުރު ކުރައްވައި އޭނާގެ ގެއަށް ފޮނުވާލެއްވިއެވެ. ”⁠އަވަށު ތެރެއަށް އަނބުރާ ނުގޮސް ގެއަށްދޭ.⁠“


ކޮމާންޑަރު އޭނާގެ އަތުގައި ހިފައިގެން ދުރަށް ގެންގޮސް ސުވާލު ކުރެއްވިއެވެ. ”⁠ކަލޭ ބުނަން ބޭނުން ވާހަކަޔަކީ ކޮބާ؟⁠“


ޝާއުލް ބިންމަތިން ތެދުވިއިރު އެއްގޮތަކަށް ވެސް އޭނާގެ ލޮލަކަށް ނުފެނެއެވެ. ދެން އޭނާ އާއި އެކު ދަތުރުކޮށް ދިޔަ މީހުންގެ ތެރެއިން ބަޔަކު އޭނާ ދިމިޝްޤަށް ގެންގޮސް ދިނެވެ.


އެ ޢަހުދުނާމާއަކީ އެމީހުންގެ ކާބަފައިންގެ އަތުގައި ހިއްޕަވައިގެން ތިމަންކަލާނގެ އެމީހުން މިޞްރުން ބޭރުކުރެއްވި ދުވަހު ކުރެވުނުފަދަ ޢަހުދުނާމާއެއް ނޫނެވެ. އެ ޢަހުދުނާމާއަށް އެމީހުން ވަފާތެރިކަން މަތީ ދެމިއެއް ނުތިއްބެވެ. އެހެންކަމުން ތިމަންކަލާނގެ އެމީހުންނަށް ފުރަގަސްދެއްވީއެވެ.


އުއްތާފައިވާ ޚާލިސް ރަން އަހަރެންގެ އަތުން ގަތުމަށް ތިޔަބައިމީހުންނަށް އަހަރެން ނަސޭޙަތްތެރިވަން. އެހެނީ ތިޔަބައިމީހުން ޙަޤީޤަތުގައި މުއްސަނދި ވުމަށް. އަދި އަހަރެންގެ އަތުން ތިޔަބައިމީހުން ފޭރާން ލުމަށްޓަކައި ހުދު ފޭރާން ގަނެ ތިޔަބައިމީހުންގެ ލަދުވެތިކަމާއި އައުރަ ނިވާ ކުރޭ. އަދި ލޮލަށް އަޅާ ބޭހެއް ގަނެ ތިޔަބައިމީހުންގެ ލޮލުގައި އުނގުޅާ. އޭރުން ތިޔަބައިމީހުންނަށް ފެންނާނެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ