Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 8:22 - ކިތާބުލް މުޤައްދަސާ

22 އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ބެތުސައިދާ އަށް ވަޑައިގެންނެވި ހިނދު، މީސްތަކުންގެ ތެރެއިން ބަޔަކު ލޯފަން މީހަކު އެކަލޭގެފާނުގެ އަރިހަށް ގެނައެވެ. އަދި އެ ލޯފަން މީހާގެ ގައިގައި އެކަލޭގެފާނު އަތްޕުޅު ބީއްސަވާލެއްވުމަށް އެދި އެމީހުން އާދޭސް ކުރިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 8:22
14 ပူးပေါင်းရင်းမြစ်များ  

އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ކޮރާޒިންގެ އަހުލުވެރިންނޭ! ބެތުސައިދާގެ އަހުލުވެރިންނޭ! ތިޔަ ދެ ސަހަރަށް ބޮޑު ހިތާމައެއް ހުރި! ތިޔަ ދެ ސަހަރުގެ އަހުލުވެރިންނަށް ދެއްކެވި މުޢުޖިޒާތްތައް ޞޫރު އާއި ޞައިދޫންގެ އަހުލުވެރިންނަށް ދެއްކެވި ކަމުގައިވާނަމަ އެމީހުން މޮޅިވެރިކަމުގެ ހެދުންތައް ލައި ބޮލަށް އަޅި އަޅައި އެމީހުން ތައުބާވެއްޖެތާ ކިތަންމެ ދުވަހެއް.


އީސާގެފާނު ތުރުކުރައްވައިގެން ހުންނެވި ރިދާކޮޅުގެ ކައިރިފަށުގައި އަތްލުމަށް އެދި އާދޭސް އެބައިމީހުން ދެންނެވިއެވެ. އަދި އެކަލޭގެފާނުގެ ރިދާ ކޮޅުގައި އަތްލި ކޮންމެ މީހެއްގެ ބަލި ފަސޭހަވެ ދިޔައެވެ.


އީސާގެފާނު އެކަނބުލޭގެ އަތުގައި އެކަލޭގެފާނުގެ އަތްޕުޅު ބީއްސަވާލެއްވިއެވެ. އެ ހިނދު އެ ކަނބުލޭގެ ގައިން ހުންފިލައި ދިޔައެވެ. އަދި އެ ކަނބުލޭގެ ތެދުވެ އެބޭކަލުންނަށް ފަރިއްކޮޅު ތައްޔާރު ކޮށްދެއްވިއެވެ.


އީސާގެފާނު އެކަލޭގެފާނުގެ އަތްޕުޅު ދިއްކުރައްވައި އެމީހާގެ ގައިގައި ބީއްސަވައި ވިދާޅުވިއެވެ. ”⁠އަހަރެން އެދެން. ސާފުވެ ތާހިރުވޭ!⁠“ ކުއްލިއަކަށް އެމީހާއަށް ޖެހިފައިވާ ޖުޒާމު ބަލި ފަސޭހަވެއްޖެއެވެ.


އީސާގެފާނު އެކަލޭގެފާނުގެ އަތްޕުޅު އެ ދެމީހުންގެ ލޮލުގައި ބީއްސަވާލައްވައި ވިދާޅުވިއެވެ. ”⁠ތިޔަބައިމީހުންގެ އީމާންތެރިކަން އޮތް ގޮތެއްގެ މަތިން ތިޔަބައިމީހުންނާމެދު ކަންތައް ވެދާހުށި!⁠“


އެވަގުތު ވާބަލި ޖެހިފައިވާ ފިރިހެނަކު އަށިގަނޑަކަށް ލައިގެން ހަތަރު މީހަކު އީސާގެފާނުގެ އަރިހަށް އައެވެ.


އަދި އެދުވަހު އެތައްބައެއްގެ ބަލި ހެޔޮ ވެގެން ވިއެވެ. ނަތީޖާއެއްގެ ގޮތުން އެއްވެފައިވާ މީސްތަކުންނާއެކު ބައެއް ބަލި މީހުން އެކަލޭގެފާނުގެ ހަށިކޮޅުގައި އަތްލުމަށްޓަކާ އެކަކު އަނެކަކު ކޮށްޕަމުން ކުރިއަށް ދެވޭތޯ ބެލިއެވެ.


ވަގުތުން އީސާގެފާނު އަސްޙާބީންނަށް ދޯންޏަށް އަރައިގެން ކަނޑުގެ އަނެއްފަރާތުގައި ވާ ރަށެއް ކަމުގައިވާ ބެތުސައިދާ އަށް ދިއުމަށް ބާރުއެޅުއްވިއެވެ. މީސްތަކުން ފޮނުވާލުމަށްޓަކައި އެކަލޭގެފާނު އެތަނުގައި ހުންނެވީއެވެ.


”⁠ކޮރާޒިންގެ މީހުންނޭ ތިޔަ ރަށަށް ހިތާމަ ހުރި! ބެތުސައިދާގެ މީހުންނޭ ތިޔަ ރަށަށް ވެސް ހިތާމަ ހުރި! ތިޔަ ދެރަށުގައި ދެއްކުނު ފަދަ މުޢުޖިޒާތްތައް ޞޫރު އާއި ޞައިދޫންގައި ދެއްކުނު ނަމަ އެ ދެރަށުގެ މީހުން ވެސް މޭގައި ތަޅާ ރޮއި ބިންމައްޗަށް ވެއްޓި ތައުބާވާނެ ކަން ޔަޤީން.


މި ބާރަ އަސްޙާބީން އެކަންތައްތަކުން ނިމިގެން އެނބުރި އައިސް އީސާގެފާނަށް އެމީހުން ކުރި ހުރިހާ ކަމެއްގެ ޚަބަރުތައް ފުރިހަމައަށް ކިޔާ ދެއްވިއެވެ. ދެން އީސާގެފާނު އެކަލޭގެފާނުގެ ބާރަ އަސްޙާބީންނާއި އެކު އެހެން މީހުންނާއި ދުރަށް ވަޑައިގަތުމަށްޓަކައި ބެތުސައިދާ އޭކިޔުނު ރަށަށް ދަތުރު ފެއްޓެވިއެވެ.


ފިލިޕު އަކީ ބެތުސައިދާގެ މީހެކެވެ. އަންދުރާއި އާއި ޕަތަރަސް ވެސް އެއީ އެރަށު ބަޔެކެވެ.


އެމީހުން އީސާގެފާނުގެ އަސްޙާބީންގެ ތެރެއިން ގަލީލީގެ ބެތުސައިދާގެ މީހެއް ކަމުގައިވާ ފިލިޕުގެ ގާތަށް ގޮސް ބުންޏެވެ. ”⁠އަޅުގަނޑުމެން އީސާގެފާނާއި ބައްދަލުކުރަން ބޭނުން.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ