Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 8:21 - ކިތާބުލް މުޤައްދަސާ

21 ”⁠އެހެންވީއިރު، މިހާރު ވެސް ތިޔަބޭކަލުންނަށް އެނގިގެން ނުވިތަ؟⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 8:21
10 ပူးပေါင်းရင်းမြစ်များ  

އެހެނީ އެކަލޭގެފާނު ފަސްހާސް މީހުންނަށް ކާންދެއްވި މުޢުޖިޒާތުގެ ޙަޤީޤީ މާނަ އެބޭކަލުންނަށް ވިސްނިގެން ނުވިއެވެ. ސަބަބަކީ އެބައިމީހުންގެ ވިސްނުމުގެ ކޮށިކަމާއި އީމާންތެރިކަން ފުރިހަމަ ނުވުމެވެ.


އީސާގެފާނު ފުން ނޭވާފުޅެއް ލެއްވުމަށް ފަހު ވިދާޅުވިއެވެ. ”⁠މިޒަމާނުގެ މީސްތަކުން މުޢުޖިޒާތީ ޢަލާމާތަށް އެދެނީ ކީއްވެ؟ އަހަރެން ތިޔަބައިމީހުންގެ ގާތު ބުނަންތަ؟ ތިޔަފަދަ ބަޔަކު ޢަލާމާތަކުން ސާބިތު ކުރާނެ އެއްވެސް ކަމެއް ނެތް!⁠“


އީސާގެފާނަށް އެބޭކަލުން ދެއްކި ވާހަކަ އެނގިވަޑައިގެން، އެބޭކަލުންގެ ގާތުގައި އެކަލޭގެފާނު އެއްސެވިއެވެ. ”⁠ތިޔަބައިމީހުންގެ އަތުގައި ކާނޭ އެއްޗެއް ނެތުމުން އެކަމާ ތިޔަ މަޝްވަރާ ކުރަނީ ކީއްވެ؟ ތިޔަބައިމީހުންނަށް އަދިވެސް އެނގިގެން ނުވޭތަ؟ ނޫނީ ތިޔަބައިމީހުންގެ ހިތްގާވެ، ތިޔަބައިމީހުންނަށް ވިސްނިގެންނުވިތަ؟


އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ބެތުސައިދާ އަށް ވަޑައިގެންނެވި ހިނދު، މީސްތަކުންގެ ތެރެއިން ބަޔަކު ލޯފަން މީހަކު އެކަލޭގެފާނުގެ އަރިހަށް ގެނައެވެ. އަދި އެ ލޯފަން މީހާގެ ގައިގައި އެކަލޭގެފާނު އަތްޕުޅު ބީއްސަވާލެއްވުމަށް އެދި އެމީހުން އާދޭސް ކުރިއެވެ.


އެބައިމީހުންނަށް އީސާގެފާނު ވިދާޅުވިއެވެ. ”⁠އޭ އީމާންތެރިކަމެއްނެތް މީސްތަކުންނޭ! އަހަރެން ތި މީހުންގެ ކައިރީގައި ހުންނާނީ ކިހާ ދުވަހެއް ވަންދެންތަ؟ ތި މީހުންގެ ކައިރީގައި އަހަރެން ކެތްކޮށްގެން ހުންނަން ޖެހޭނީ ކިހާ ދުވަހަކު؟ އަހަރެންގެ ކައިރިއަށް އެ ފިރިހެން ކުއްޖާ ގެނޭ!⁠“


އީސާގެފާނު ވިދާޅުވިއެވެ. ”⁠ފިލިޕު، އަހަރެން ކަލޭމެންގެ ގާތުގައި އެތައް ދުވަހެއް ވަންދެން އުޅެފީމު. އެކަމަކު އަދިވެސް އަހަރެން މިއީ ކާކުކަމެއް ކަލެއަށް ނޭނގުނުތަ؟ އަހަރެން ދަނެ، ދެކެފި، ކޮންމެ މީހަކަށް ބައްޕާފުޅު ވެސް އެވަނީ ފެނިފައި. ވީއިރު ’⁠ބައްޕާފުޅު އަހަރެމެންނަށް ދައްކާދޭށޭ⁠‘ ކަލޭ ތިޔަ ބުނީ ކީއްވެ؟


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ