Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 8:17 - ކިތާބުލް މުޤައްދަސާ

17 އީސާގެފާނަށް އެބޭކަލުން ދެއްކި ވާހަކަ އެނގިވަޑައިގެން، އެބޭކަލުންގެ ގާތުގައި އެކަލޭގެފާނު އެއްސެވިއެވެ. ”⁠ތިޔަބައިމީހުންގެ އަތުގައި ކާނޭ އެއްޗެއް ނެތުމުން އެކަމާ ތިޔަ މަޝްވަރާ ކުރަނީ ކީއްވެ؟ ތިޔަބައިމީހުންނަށް އަދިވެސް އެނގިގެން ނުވޭތަ؟ ނޫނީ ތިޔަބައިމީހުންގެ ހިތްގާވެ، ތިޔަބައިމީހުންނަށް ވިސްނިގެންނުވިތަ؟

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 8:17
17 ပူးပေါင်းရင်းမြစ်များ  

ފަރީސީނުންގެ ބޭނުމަކީ ކޮބައިކަން އީސާގެފާނު ދެނެވަޑައިގެން އެތަން ދޫކުރައްވާ ވަޑައިގެންނެވިއެވެ. އަދި ގިނަ ޢަދަދެއްގެ މީހުން އެކަލޭގެފާނުގެ ފަހަތްޕުޅުގައި ދިޔައެވެ. އެމީހުންގެ ތެރޭގައި ތިބި ހުރިހާ ބަލިމީހުންނަށް ޝިފާ ދެއްވިއެވެ.


އަނގައިގެ ތެރެއަށް އެތެރެކުރެވޭ ކޮންމެ ކާނާއެއް ދާނީ ބަނޑުގެ ތެރެއަށް ކަން ތިޔަބައިމީހުން ދަންނާނެކަން ޔަޤީން. އެއަށް ފަހު އެ ކާނާ ހަށިގަނޑުން ބޭރުވެދޭ.


މިހެން ވިދާޅުވުމުން އެބޭކަލުންގެ މެދުގައި ބަހުސްކޮށް ވާހަކަދެކެވުނެވެ. ”⁠އެކަލޭގެފާނު އެހެން ވިދާޅުވީ އަހަރެމެން އަތުގައި ކާނޭ އެއްޗެއް ނެތުމުގެ ސަބަބުން.⁠“


އެންމެފަހުން، އީސާގެފާނު އެކަލޭގެފާނުގެ އެގާރަ އަސްޙާބީން ކާންތިއްބާ އެބޭކަލުންގެ ކުރިމައްޗަށް ފާޅުވެ ވަޑައިގެންނެވިއެވެ. އެ ހިނދު އެބޭކަލުންގެ އީމާންތެރިކަން ނެތުމުގެ ސަބަބުން އެކަލޭގެފާނު ފާޑު ވިދާޅުވިއެވެ. އަދި އެއީ އެކަލޭގެފާނު އަވަހާރަވެ ވަޑައިގަތުމަށް ފަހު އަލުން އަނބުރާ ފުރާނައެޅި ދިރިވަޑައިގެންނެވި ކަން ގަބޫލުނުކޮށް ކަނޑައެޅިގެން އިންކާރުމުގެ ސަބަބުން ވެސް މެއެވެ.


އީސާގެފާނަށް އެބައިމީހުންގެ ހިތަށް އެރި އެއްޗެހި ވަގުތުން އެނގިވަޑައިގަނެ އެމީހުންނާއި ދިމާލަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠މިކަމާމެދު ތިޔަހެން ވިސްނަނީ ކީއްވެ؟


އީސާގެފާނު ކޯފާވެވަޑައިގެންހުންނަވާ ވަށައިގެންވީ މީސްތަކުންނާއި ދިމާއަށް ބައްލަވައި ލެއްވިއެވެ. ނަމަވެސް އެމީހުންގެ ގޮތްދޫނުކުރުމާއި ހިތްހަރު ކަމުގެ ސަބަބުން އެމީހުންނާއި މެދު އެކަލޭގެފާނު އެވަގުތު ވެސް ހިތާމަ ކުރެއްވިއެވެ. ދެން އަތް ވައުވެފައި ވީ ފިރިހެނާއަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ތިބާގެ އަތް ދަމާލާ.⁠“ އެ ފިރިހެނާ އޭނާގެ އަތް ދަމާލިއެވެ. އަދި އޭނާގެ އަތް ފުރިހަމައަށް ރަނގަޅު ވިއެވެ.


އެހެނީ އެކަލޭގެފާނު ފަސްހާސް މީހުންނަށް ކާންދެއްވި މުޢުޖިޒާތުގެ ޙަޤީޤީ މާނަ އެބޭކަލުންނަށް ވިސްނިގެން ނުވިއެވެ. ސަބަބަކީ އެބައިމީހުންގެ ވިސްނުމުގެ ކޮށިކަމާއި އީމާންތެރިކަން ފުރިހަމަ ނުވުމެވެ.


މި ވިދާޅުވުމާއި ގުޅިގެން އެއްބޭކަލަކު އަނެއް ބޭކަލަކާއި މަޝްވަރާކުރަމުން ގެންދިޔައެވެ. ”⁠އެކަލޭގެފާނު އެހެން ވިދާޅުވީ އަހަރެމެން އަތުގައި ކާނޭ އެއްޗެއް ނެތުމުގެ ސަބަބުން.⁠“


އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠ކަލޭމެންނަކީ ވަރަށް މޮޔަ ބައެއް. ނަބީބޭކަލުން ދެއްކެވި ވާހަކަފުޅުތައް ވެސް ގަބޫލުކުރަން ކަލޭމެންނަށް ވަރަށްގިނަ ވަގުތު ނަގާ.


ކަލޭގެފާނަށް ހުރިހާ އެއްޗެއް ވެސް އެނގިވަޑައިގެންވާ ކަމާއި އަދި އެއްވެސް މީހަކު ކަލޭގެފާނުގެ ކުރެން ސުވާލެއް ކުރާކަށް ނުޖެހޭނެކަން މިހާރު އަޅުގަނޑުމެންނަށް އެނގިއްޖެ. މިކަމުގެ ސަބަބުން ކަލޭގެފާނު ވަޑައިގެންނެވީ މާތްރަސްކަލާނގެ ކިބަފުޅުން ކަން ވެސް އަޅުގަނޑުމެންނަށް ގަބޫލު ކުރެވިއްޖެ.⁠“


އަނެއްކާވެސް އީސާގެފާނު ސުވާލު ކުރެއްވިއެވެ. ”⁠ޔޫޙަންނާގެ ދަރި ޝަމްއޫނު! ކަލޭ އަހަރެން ދެކެ ލޯބިވަންތަ؟!⁠“ ޕަތަރަސްގެ ހިތަށް ވަރަށް އަސަރު ކުރިއެވެ. އެއީ އީސާގެފާނު ތިން ފަހަރަށް އޭނާ ކުރެން މިހެން އެއްސެވީތީއެވެ. ”⁠އާދެ، ސާހިބާ! ސާހިބާއަށް ހުރިހާ ކަމެއް ވެސް އެނގި ވަޑައިގަންނަވާނެ. އަޅުގަނޑު ސާހިބާ ދެކެ ލޯބިވާކަން ސާހިބާއަށް އެނގި ވަޑައިގަންނަވާނެ.⁠“ ދެން އީސާގެފާނު ވިދާޅުވިއެވެ. ”⁠އެހެން ވިއްޔާ އަހަރެންގެ ކަންބަޅި ބަކަރިތައް ގެންގުޅެ ބަލަހައްޓާ!⁠“


އަހަރެން އެ އަންހެނާގެ ދަރިން ނެތިކޮއްލާނަން. އެގޮތުން އެންމެހާ މަސީޙީ ޖަމާޢަތްތަކުގެ މީހުން އެބައިމީހުންގެ ވިސްނުމާއި އަދި އެބައިމީހުންގެ އެދުން ހުރިގޮތް އަހަރެންނަށް އެނގިގެންވާކަން ދަންނާނެ. އަދި ތިޔަބައިމީހުން ކުރި ޢަމަލަކަށް ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކަށް އެކަށީގެންވާ ޖަޒާ އަހަރެން ދޭނަން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ