މަރުކުސް 8:13 - ކިތާބުލް މުޤައްދަސާ13 މިހެން ވިދާޅުވުމަށް ފަހު އެކަލޭގެފާނު ވަޑައިގެންނެވިއެވެ. ދެން އެކަލޭގެފާނު ކަނޑު ހުރަސް ކުރައްވާ ކަނޑުގެ އަނެއް ފަރާތަށް ވަޑައިގަތުމަށްޓަކައި ދޯންޏަށް އަރާވަޑައިގެންނެވިއެވެ. အခန်းကိုကြည့်ပါ။ |
ދެން މިބައިމީހުން ބިރުން އީސާގެފާނަށް އާދޭސްކޮށް ދެންނެވީ އެބައިމީހުންގެ ސަރަހައްދު ދޫކުރައްވާ ވަޑައިގަތުމަށެވެ. އީސާގެފާނު އެތަނުން ވަޑައިގަތުމަށްޓަކައި ދޯންޏަށް އަރައިވަޑައިގަންނަވަނިކޮށް ޖިންނިތަކުގެ ބާރުގެ ދަށުން ސަލާމަތް ކުރެވުނު މީހާ އެކަލޭގެފާނާއިއެކު ދިއުމަށް އެދި އާދޭސް ކުރިއެވެ. ނަމަވެސް އީސާގެފާނު މިކަމާމެދު އިންކާރު ކުރައްވާ ވިދާޅުވިއެވެ. ”ކަލޭގެ އާއިލާގެ ކައިރިއަށް ގޮސް މާތްރަސްކަލާނގެ ކަލެއާ މެދު ކަންތައްތައް ކުރެއްވި ގޮތުގެ ވާހަކަ އެބައިމީހުންނަށް ކިޔާދީ.“ ދެން މިމީހާ އެނބުރިގޮސް މުޅި ހިސާބުގަނޑުގެ ރަށްތަކުގެ ތެރޭގައި އީސާގެފާނު އޭނާއާ ދޭތެރޭ ކަންތައްތައް ކުރެއްވި ގޮތުގެ ވާހަކަތައް ކިޔާހެދިއެވެ. އީސާގެފާނު ދޯންޏަށް އަރާވަޑައިގެން އެރަށުން ފުރާވަޑައިގެންނެވި އެވެ.
ނަމަވެސް އެމީހުން ޕައުލްގެ ވާހަކަތަކާއި ދެކޮޅުހަދާ އޭނާއާއި ދިމާލަށް ނަހަމަ އެއްޗެތި ކިޔާ ހެދުމުން ޕައުލް އެމީހުން ދޫކޮށްލި ކަން ހާމަކުރުމުގެ ގޮތުން އޭނާގެ ހެދުމުން ހިރަފުސް ފޮޅާލާފައި އެމީހުންނަށް ބުންޏެވެ. ”ކަލޭމެންނަށް މާތްރަސްކަލާނގެ ދެއްވި ދިންނެވުން ނުލިބުނީ ނަމަ އެއީ ކަލޭމެންގެ އަމިއްލަ ކުށް. އަހަރެންނަށް އެ ކަމާމެދު ކުރެވެން އޮތް ވަރަކަށް އަހަރެން މަސައްކަތް ކޮށްފީން. މީގެ ފަހުން އަހަރެން މި ދިންނެވުމުގެ ވާހަކަތައް އަންގައިދިނުމަށް ދާނީ ބަނީއިސްރާއީލު މީހުން ނޫން މީހުންގެ ގާތަށް އެކަނި.“