މަރުކުސް 8:11 - ކިތާބުލް މުޤައްދަސާ11 ފަރީސީންނަށް އީސާގެފާނު ވަޑައިގެންނެވި ޚަބަރު ލިބުމުން އެކަލޭގެފާނުގެ އަރިހަށް އެބައިމީހުން އައިސް ޒުވާބުދެއްވިއެވެ. އެބައިމީހުންގެ އެދުމަކަށް ވެގެންވީ އެކަލޭގެފާނީ މާތްރަސްކަލާނގެ ޙަޟްރަތުން ވަޑައިގެންނެވި ބޭކަލެއްތޯ އަޖުމަބެލުމެވެ. އެގޮތުން އެކަލޭގެފާނީ މާތްރަސްކަލާނގެ ޙަޟްރަތުން ވަޑައިގެންނެވި ބޭކަލެއްކަން އަންގައި ދިނުމުގެ ގޮތުން އެބައިމީހުންނަށް މުޢުޖިޒާތީ ޢަލާމާތެއް ދެކުމަށް ބާރުލާ އެދެމުން ދިޔައެވެ. အခန်းကိုကြည့်ပါ။ |
އީސާގެފާނު ބައިތުލް މަޤްދިސްއަށް އެނބުރި ވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނު އެތަނުގައި މީސްތަކުންނަށް އުނގަންނަވައި ދެއްވަން ފެއްޓެވި ހިނދު، ބޮޑު އިމާމުންނާއި ބަނީއިސްރާއީލުގެ ބޮޑުން އެކަލޭގެފާނުގެ އަރިހަށް އައިސް ސުވާލު ކުރަން ފެށިއެވެ. ”މިކަންތައްތައް ކުރުމަށް ކަލެއަށް އޮތީ ކޮން އަމުރެއް؟ އެ އަމުރު ކަލެއަށް ދިނީ ކޮންފަރާތަކުން؟“
އެއްދުވަހަކު އެއްވެ ތިބި މީހުންގެ ތެރެއިން ދީނުގެ ދަންނަބޭކަލަކު ތެދުވެ އީސާގެފާނު ކުށްވެރި ކުރެވޭނެ ފަދަ ބަހެއް އެކަލޭގެފާނުގެ ކިބައިން ހޯދުމަށްޓަކައި އެކަލޭގެފާނާއި ސުވާލެއް ކުރިއެވެ. މިމީހާ އީސާގެފާނަށް ބުންޏެވެ. ”އެދުރުކަލޭގެފާނު. އަޅުގަނޑު ނިމުންނުވާ ޙަޔާތުގައި ލިބިގަތުމަށްޓަކައި ކުރަންވީ ކަންތައްތަކަކީ ކޮބައިތޯ؟“
ޕަތަރަސް އޭނާއަށް ބުންޏެވެ. ”ކަލޭމެން ދެމީހުން އެއްބަސްވެ އަޅެ ތި ފަދައިން ކަން ތިޔަ ކުރީ ކީއްވެ؟ ކަލޭމެން ދެމީހުން އެއްބަސްވެ މަތިވެރި މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ އަޖުމަ ބެލުމަށް ތިޔަ ފަދައިން ކަން ތިޔަ ކުރީ ކީއްވެ؟ ކަލޭގެ ފިރިމީހާ އަނާނިޔާހު ވަޅުލި މީހުން އެ ތިބަ އައިސް ވަންނަނީ. އެމީހުން ކަލޭ ވެސް ގެންދާނެ.“