Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 7:9 - ކިތާބުލް މުޤައްދަސާ

9 އަދި އީސާގެފާނު މިފަދައިން ވިދާޅުވެ ވާހަކަފުޅު ކުރިއަށް ގެންދެވިއެވެ. ”⁠ކަލޭމެންގެ އަމިއްލަ އާދަކާދަ ހިފެހެއްޓުމަށްޓަކައި މާތްރަސްކަލާނގެ އަމުރުފުޅާއި ދެކޮޅުވެރިވި.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 7:9
16 ပူးပေါင်းရင်းမြစ်များ  

ކަލޭމެންގެ އަމިއްލަ އުސޫލުތަކުން މީސްތަކުންނަށް އުނގަންނައިދޭނަމަ މާތްރަސްކަލާނގެ ބަސްފުޅު ކަލޭމެން އުވައިލި ކަމުގައި ބެލެވޭނެ. އަދި މިފަދަ އެތައް ކަމެއް ކަލޭމެން ކުރަމުން ގެންދޭ.⁠“


ބަނީއިސްރާއީލު މީހުން، ޚާއްސަކޮށް ފަރީސީން އެބައިމީހުން ކައިބޮއި ހަދާއިރު އާދަކާދައިގެ މަތިން އަތް ދޮންނަން އޮންނަ ޙާއްސަ ގޮތަށް އަތް ދޮވެގެން ނޫނީ ކައި ބޮއި ނުހަދައެވެ.


އެގޮތުގެ މަތިން ފަރީސީންނާއި ދީނުގެ ދަންނަބޭކަލުން އީސާގެފާނަށް ދެންނެވިއެވެ. ”⁠ކަލޭގެފާނުގެ އަސްޙާބީން ކާބަފައިންގެ އުނގަންނައިދިނުންތަކަށް ނުބަލާ އަދި ކެއުމުގެ ޢާންމު އުސޫލުތަކަށް ބެލުމުގެ ބަދަލުގައި ނުތާހިރު އަތްތަކުން ކައިބޮއި ހަދަނީ ކީއްވެ؟⁠“


އަހަރެންގެ އުމުރުގެ މީހުންގެ ތެރެއިން ދީނުގެ ކަންތަކުގައި އަހަރެން ހުރީ މާކުރީގައެވެ. އަދި ކާބަފައިންގެ ފަރާތުން އައިސްފައިވާ ދީނުގެ ގަވާއިދުތަކަށް އެހެންމީހުންނަށް ވުރެވެސް އަހަރެން ކަމޭހިތާ ފަރުވާވެ އުޅުނީމެވެ.


މާތްރަސްކަލާނގެ ދެއްވި މަތިވެރި ނިޢުމަތްފުޅަކާ އަހަރެން ދެކޮޅެއް ނަހަދާނަން. އެގޮތަކީ މީހަކު ދީނީ ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކުރުމުގެ ސަބަބުން އެމީހަކީ ރަނގަޅު މީހަކަށްވެ ދިންނެވުން ލިބޭނެ ކަމަށްވަންޏާ ދެން އީސާގެފާނު އަވަހާރަވެ ވަޑައިގަތުމަކީ އެއްވެސް މާނައެއްނެތް ކަމެއް.⁠“


އަދި މީސްތަކުން އަޅުކަން ކުރާ ކޮންމެ އެއްޗަކާއި އޭނާ ދެކޮޅުވެރިވެ އެ ފަރާތްތަކުގެ މައްޗަށް ބާރުވެރިވެ އޭނާއަށް އަޅުކަން ކުރުމަށް ބުނާނެއެވެ. އަދި އެކަލާނގެ ބޮޑު ދުޝްމަން ފަރާތް ބައިތުލް މަޤްދިސްއަށް ގޮސް އެތަނުގައި އިށީނދެގެން އިނދެ ތިމަންނައަކީ މާތް ކަލާނގެ ކަމަށް އޭނާ ދަޢުވާ ކުރާނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ