8 ކަލޭމެން މާތްރަސްކަލާނގެ އަމުރުފުޅު އެއްކިބާކޮށް ތަބާވާނީ ކަލޭމެންގެ އަމިއްލަ ބުނެދިނުންތަކުގެ މައްޗަށް.“
އެގޮތުގެ މަތިން ފަރީސީންނާއި ދީނުގެ ދަންނަބޭކަލުން އީސާގެފާނަށް ދެންނެވިއެވެ. ”ކަލޭގެފާނުގެ އަސްޙާބީން ކާބަފައިންގެ އުނގަންނައިދިނުންތަކަށް ނުބަލާ އަދި ކެއުމުގެ ޢާންމު އުސޫލުތަކަށް ބެލުމުގެ ބަދަލުގައި ނުތާހިރު އަތްތަކުން ކައިބޮއި ހަދަނީ ކީއްވެ؟“
އަހަރެންގެ އުމުރުގެ މީހުންގެ ތެރެއިން ދީނުގެ ކަންތަކުގައި އަހަރެން ހުރީ މާކުރީގައެވެ. އަދި ކާބަފައިންގެ ފަރާތުން އައިސްފައިވާ ދީނުގެ ގަވާއިދުތަކަށް އެހެންމީހުންނަށް ވުރެވެސް އަހަރެން ކަމޭހިތާ ފަރުވާވެ އުޅުނީމެވެ.