Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 7:6 - ކިތާބުލް މުޤައްދަސާ

6 އެބައިމީހުންނަށް އީސާގެފާނު ޖަވާބު ދެއްވިއެވެ. ”⁠ކަލޭމެންނާއި މެދު ނަބީ ޔަޝަޔާޙުގެފާނު އަންގަވައިދެއްވި އިލާހީ އަންގަވައިދެއްވުން ކިހާ ތެދު! ތިޔައީ މުނާފިޤު ބައެއް! މާތްރަސްކަލާނގެ ވަޙީ ބަސްފުޅު އެކަލޭގެފާނަށް ބާވައިލެއްވުމުން މިފަދައިން ބަޔާންކުރައްވާ ލިޔުއްވާފައިވޭ: ’⁠މިފަދަ މީހުން އެބައިމީހުންގެ ބަސްތަކުން ތިމަންކަލާނގެއަށް ޤަދަރުކުރާކަން ދައްކައޭ. އެކަމަކު އެބައިމީހުންގެ ހިތްތައްވަނީ ތިމަންކަލާނގެ އާއި ދުރުގައޭ.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 7:6
14 ပူးပေါင်းရင်းမြစ်များ  

މި ދުނިޔޭގައި އެކަކަށް ވެސް ދެއްކިފައިނުވާވަރުގެ މާނަ ފުން މުޢުޖިޒާތްތަކެއް އަހަރެން ދައްކާފައި ނުވާނަމަ އެމީހުން ކުށްވެރިއެއް ނުކުރެވުނީސް. ނަމަވެސް އަހަރެން ކޮށްދިން ހުރިހާ ކަމެއް ދުށުމަށް ފަހު ވެސް އެމީހުން އަހަރެންނާއި އަދި އަހަރެންގެ ބައްޕާފުޅަށް ވެސް ނަފްރަތުކޮށް ރުޅިއާދޭ.


ނަމަވެސް އަހަރެން ދަންނަން ކަލޭމެންގެ ގޮތް. ކަލޭމެންގެ ހިތުގައި މާތްރަސްކަލާނގެ ކިބަފުޅަށް ލޯތްބެއް ނުވޭ.


ދެން އެމީހުންގެ މެދުގައި މި ކަމާއި ދެބަސްވުން އުފެދެން ފެށުމުން އެމީހުން އެތަނުން ދާން ފެށިއެވެ. ނަމަވެސް އޭގެ ކުރިން ޕައުލް އެމީހުންނަށް ބުންޏެވެ. ”⁠މާތްރޫޙުފުޅު ނަބީ ޔަޝަޔާޙުގެފާނު މެދުވެރިކުރައްވާ ކަލޭމެންގެ ކާބަފައިންނަށް މި ފަދައިން އެންގެވީ އެއީ ހަމަ ތެދުފުޅެއް.


މީގެ އިތުރުން ދީންވެރިން ކަމުގައި ހެދިގެން އުޅޭނެއެވެ. އެހެނަސް މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ އެމީހުންގެ ކިބައިގައި ނެތިގެންވެއެވެ. މިފަދަ މީހުންނާއި ތިބާ އެކަހެރިވެގެން ހުންނާށެވެ.


މިފަދަ މީހުން މާތްރަސްކަލާނގެ އާއި ގުޅިފައިވާ ކަމުގައި ދަޢުވާ ކުރެއެވެ. ނަމަވެސް އެބައިމީހުންގެ އަމަލުތައް ސާބިތު ކޮށްދެނީ ޙަޤީޤަތުގައި އެކަލާނގެއާ އެބައިމީހުންނާ ދެމެދު އެއްވެސް ގުޅުމެއް ނުވާކަމުގައެވެ. އެމީހުން ވަނީ މުޑުދާރުކަމާއި ނުކިޔަމަންތެރި ކަމެއްގެ ތެރޭގައެވެ. ރަނގަޅު އެއްވެސް ކަމެއް ކުރުމަށް އެކަށީގެންނުވާ ޙާލަތެއްގައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ