Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 7:5 - ކިތާބުލް މުޤައްދަސާ

5 އެގޮތުގެ މަތިން ފަރީސީންނާއި ދީނުގެ ދަންނަބޭކަލުން އީސާގެފާނަށް ދެންނެވިއެވެ. ”⁠ކަލޭގެފާނުގެ އަސްޙާބީން ކާބަފައިންގެ އުނގަންނައިދިނުންތަކަށް ނުބަލާ އަދި ކެއުމުގެ ޢާންމު އުސޫލުތަކަށް ބެލުމުގެ ބަދަލުގައި ނުތާހިރު އަތްތަކުން ކައިބޮއި ހަދަނީ ކީއްވެ؟⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 7:5
12 ပူးပေါင်းရင်းမြစ်များ  

”⁠ކަލޭގެފާނުގެ އަސްޙާބީން އަޅުގަނޑުމެންގެ ކާބަފައިންގެ އުނގަންނައިދިނުންތަކަށް ތަބާ ނުވެ، ކެއުމުގެ ކުރިން އެމީހުންގެ އަތް ނުދޮންނަނީ ކީއްވެ؟⁠“


ކަލޭމެންގެ އަމިއްލަ އުސޫލުތަކުން މީސްތަކުންނަށް އުނގަންނައިދޭނަމަ މާތްރަސްކަލާނގެ ބަސްފުޅު ކަލޭމެން އުވައިލި ކަމުގައި ބެލެވޭނެ. އަދި މިފަދަ އެތައް ކަމެއް ކަލޭމެން ކުރަމުން ގެންދޭ.⁠“


ކަލޭމެން މާތްރަސްކަލާނގެ އަމުރުފުޅު އެއްކިބާކޮށް ތަބާވާނީ ކަލޭމެންގެ އަމިއްލަ ބުނެދިނުންތަކުގެ މައްޗަށް.⁠“


އަދި އީސާގެފާނު މިފަދައިން ވިދާޅުވެ ވާހަކަފުޅު ކުރިއަށް ގެންދެވިއެވެ. ”⁠ކަލޭމެންގެ އަމިއްލަ އާދަކާދަ ހިފެހެއްޓުމަށްޓަކައި މާތްރަސްކަލާނގެ އަމުރުފުޅާއި ދެކޮޅުވެރިވި.


ނަމަވެސް ތިޔަބޭފުޅާ އެހެން ޤައުމުތަކުގައި އުޅޭ ބަނީއިސްރާއީލު މީހުންނަށް މޫސާގެފާނަށް މާތްރަސްކަލާނގެ އެންގެވި ޤާނޫނުތަކާ ގަވާއިދުތައް ދޫކޮށްލުމަށް އަންގާ އަދި އެމީހުންގެ ދަރިން ޚިތާނު ނުކުރުމަށާ ބަނީއިސްރާއީލުގެ އާދަކާދަތަކާއި ދުރުވުމަށް ވެސް އަންގަމުން ދާ ވާހަކަ އެމީހުންނަށް ވަނީ އިވިފަ.


މި ހަތަރު މީހުން ގޮވައިގެން ތިޔަބޭފުޅާ ދުރުވެ އެމީހުން ސާފުތާހިރުވުމުގެ ގޮތުން ކުރާ ހުރިހާ ކަމެއްގައި ބައިވެރިވެ އެމީހުންގެ ނަދުރު ފުއްދުމުގެ ގޮތުން އެމީހުންގެ ބޯބޭލުމަށާ އަދި އެހެން ކަންތައްތައް ކުރުމަށް ދާ ޚަރަދު ވެސް އަދާކޮށް ދެއްވާ. އޭރުން އެންމެންނަށް ވެސް ތިޔަބޭފުޅާއާއި ބެހޭ ގޮތުން އެމީހުންނަށް ލިބިފައިވާ ޚަބަރުތަކަކީ ތާކުންތާކު ނުޖެހޭ ދޮގު ވާހަކަތަކެއް ކަން އެނގޭނެ. އެއީ ތިޔަބޭފުޅާގެ އަމިއްލަ ކަންތައްތަކުގައި ވެސް ކަންތައް ކުރައްވަނީ މޫސާގެފާނު އެންގެވި ގަވާއިދުތަކާއި އެއްގޮތަށް ކަން އޭރުން މީހުންނަށް ފެންނާނެ.


އަހަރެންގެ އުމުރުގެ މީހުންގެ ތެރެއިން ދީނުގެ ކަންތަކުގައި އަހަރެން ހުރީ މާކުރީގައެވެ. އަދި ކާބަފައިންގެ ފަރާތުން އައިސްފައިވާ ދީނުގެ ގަވާއިދުތަކަށް އެހެންމީހުންނަށް ވުރެވެސް އަހަރެން ކަމޭހިތާ ފަރުވާވެ އުޅުނީމެވެ.


ނަމަވެސް ތިޔަބައިމީހުންގެ ތެރެއިން ބައެއް ފަރާތްތައް މަސައްކަތް ކުރުމަށް އިންކާރުކޮށް ބޭކާރު ގޮތުގައި ވަގުތު ހޭދަ ކުރާ ވާހަކަ އަހަރެމެން އަޑުއެހީމެވެ. އަދި އެފަރާތްތަކާއި ނުބެހޭ ކަންތައްތަކުގައި ޝާމިލުވެ ކަން ބަލަމުން ދާ ބައެއް ކަމުގެ އަޑު ވެސް އަހަރެމެން އެހީމެވެ.


އަޚުންނާއި އުޚުތުންނޭވެ! އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙުގެ ނަންފުޅުގައި ތިޔަބައިމީހުންނަށް އަހަރެމެން މިފަދައިން އަމުރު ކުރަމެވެ. ތިޔަބައިމީހުންނަށް އަހަރެމެން ދީފައިވާ އިރުޝާދުތަކަށް އަމަލު ނުކޮށް ކަންނެތް ވެގެންވާ ޙަޔާތެއް ވޭތުކުރަމުން ގެންދާ އެންމެހާ އަޚުންނާއި އުޚުތުންނާއި އެކަހެރިވެ ތިބޭށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ