Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 7:4 - ކިތާބުލް މުޤައްދަސާ

4 ހަމައެހެންމެ ބާޒާރުން ގެނެވޭ ކެއުމުގެ ތަކެތި ވެސް ދޮވެގެންމެ ނޫނީ ނުކައެވެ. އަދި އެބައިމީހުންނާއި ހަމައަށް ވާސިލުވެފައިވާ ތަފާތު އާދަތަކަށް ބަލައިގެން ކުރިޔަށްދެއެވެ. އެމީހުންގެ އުސޫލުތަކުގައި އޮންނަ ގޮތުން ޖޯޑުތަކާއި، ތެލިތަކާއި، އެނދުއަށިތައް ދޮވެ ހަދައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 7:4
15 ပူးပေါင်းရင်းမြစ်များ  

ދީނުގެ ދަންނަބޭކަލުނާއި ފަރީސީންނަށް ހިތާމަ ހުރި! ކަލޭމެންނަކީ މުނާފިޤުބައެއް! ކަލޭމެންގެ ޖޯޑާއި ކާތަށީގެ ބޭރު ނިކަން ރަނގަޅަށް ސާފުކޮށްހަދާ. އެކަމަކު އޭގެ އެތެރެ ނަޖިސްވެފައި ވަނީ ދަހިވެތިކަމާއި އަމިއްލަ އެދުމުން.


އޭ ލޯކަނު ފަރީސީންނޭ! ކަލޭމެންގެ ޖޯޑާއި ކާތަށީގެ އެތެރެ ފުރަތަމަ ސާފުކުރޭ. އޭރުން ބޭރު ވެސް ހުންނާނީ އޭގެ ޒާތުގައި ސާފުވެފައި.


އަދި އެއްވެފައި ތިބި މީސްތަކުންގެ ރުޅިވެރިކަން މަރާމާރީއަށް ބަދަލުވަމުންދާތަން ޕިލާތުސްއަށް ފެނުނު ހިނދު މިކަމުގައި އޭނާއަށް އިތުރަށް ކުރެވޭނޭ އެއްވެސް ކަމެއް ނެތްކަން އެނގުނެވެ. ވީމާ އޭނާ ފެން އަޅާފައިވާ ބޮޑު ބޯތައްޓެއް ގެނެސް މީސްތަކުންގެ ކުރިމަތީގައި ބަހައްޓާފައި އޭނާގެ ދެ އަތް ދޮވެ، މިފަދައިން ބުންޏެވެ. ”⁠މި އިންސާނާގެ މަރާއިމެދު އަހަރެން ޒިންމާއެއް ނުވާނަން. މިކަމުގެ ޒިންމާ އުފުލަން ޖެހޭނީ ކަލޭމެން.⁠“


ކަލޭމެން މާތްރަސްކަލާނގެ އަމުރުފުޅު އެއްކިބާކޮށް ތަބާވާނީ ކަލޭމެންގެ އަމިއްލަ ބުނެދިނުންތަކުގެ މައްޗަށް.⁠“


ބަނީއިސްރާއީލު މީހުން ދީނީގޮތުން ސާފުތޯހިރު ވެގަތުމަށް ވަރަށް ގިނަ ގަވާއިދުތަކެއް ގެންގުޅެއެވެ. އެގޮތުން އެފަދައިން ސާފުތޯހިރުވުމަށް ބޭނުން ކުރުމަށް ފެން އަޅާފައި ހުންނަ ޒާތުގެ ހިލައިގެ ހަ ރުނބާ އެތާނގައި ހުއްޓެވެ. އޭގެ ކޮންމެ ރުނބަޔަކަށް ވިހިތިރީސް ގެލަނުގެ ފެން އެޅޭ ވަރުވެއެވެ.


އެތަނުގައި ޔަޙުޔާގެފާނުގެ އަސްޙާބީންގެ ބަޔަކާއި ބަނީއިސްރާއީލު މީހަކާ ދެމެދު ދީނީ ގޮތުން ސާފުތޯހިރުވުމަށް ހިނައިގަނެވޭ ހިނައިގަތުންތަކާއި ބޭހޭގޮތުން ޒުވާބެއް ހިނގިއެވެ.


އަހަރެމެންގެ ކެއުމާއި ބުއިމާއި އަދި އަހަރެމެން ތާހިރުވެގަތުމަށް ބާއްވާ އެކިއެކި މުނާސަބާތަކާއި އަދި މާއްދީ ގޮތުން ފާހަގަކޮށް އުޅޭ ބޭރުފުށުގެ ޤާނޫނުތަކަކީ އެއަށް ވުރެން ރަނގަޅު ގޮތެއް އަންނަންދެން ކުރަމުން ގެންދިޔަ ކަންކަމެވެ.


މާތްރަސްކަލާނގެ އާއިމެދު ގާތް ގުޅުމެއްގައިވާށެވެ. އޭރުން އެކަލާނގެ ކަލޭމެންނާއި ކައިރިވެ ވޮޑިގެންވާނެއެވެ. އޭ ދެފުށަށްކެނޑޭ ފާފަވެރިންނޭވެ! ކަލޭމެންގެ ޙަޔާތުން ފާފަވެރިކަން ފޮހެލާށެވެ. ކަލޭމެންގެ ހިތްތައް ވެސް ތާހިރު ކުރާށެވެ.


މާތްރަސްކަލާނގެ އެކަލާނގެ އަލިކަމުގެ ތެރޭގައި ވޮޑިގެންވާ ފަދައިން އަހަރެމެން ވެސް އެ އަލިކަމުގެ ތެރޭގައިވާނަމަ އަހަރެމެން އެކަކު އަނެކަކާއެކު އެއްބައިވަންތަ ގުޅުމެއް އޮންނާނެއެވެ. އަދި މާތްރަސްކަލާނގެ ދަރިކަލުން، އީސާގެފާނުގެ ލޭފޮދުން އަހަރެމެންގެ ފާފަތައް ސާފުތާހިރު ކޮށް ދެއްވާނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ