Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 7:37 - ކިތާބުލް މުޤައްދަސާ

37 އަދި މި ޙާދިސާގެ ޚަބަރު އެހި ކޮންމެ މީހަކު އަޖައިބުވެ އަންތަރީސް ވިއެވެ. އެބައިމީހުންނަށް ބުނެވުނެވެ. ”⁠އެކަލޭގެފާނު ބީރު މީހުންނަށް އަޑު އިވޭގޮތް ހައްދަވައި މަންމަނުންނަށް ވާހަކަދެކެވޭ ގޮތް ހައްދަވައިދެއްވި. އަދި މިހުރިހާ ކަމެއް އެކަލޭގެފާނު ކުރެއްވީ ޙައިރާން ކުރުވަނިވި ގޮތަކަށް!⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 7:37
16 ပူးပေါင်းရင်းမြစ်များ  

ދެން މާތްކަލާނގެ އެކަލާނގެ ހެއްދެވި ހުރިހާ ތަކެއްޗަކަށް ބައްލަވައި ވޮޑިގަތެވެ. ނިކަން ދެކެބަލާށެވެ! އެތަކެތި ވަރަށް ވެސް ފުރިހަމައެވެ! ރޭވެފައި އަލިވެއްޖެއެވެ. އެއީ ހަވަނަ ދުވަހެވެ.


މި ދެ މީހުން އެތަނުން ދިޔުމަށް ފަހު، ބަޔަކުމީހުން އީސާގެފާނުގެ އަރިހަށް އިތުރު މީހަކު ގެނައެވެ. ޖިންނި އަވާލާފައި ވުމުގެ ސަބަބުން މި މީހާއަށް ވާހަކައެއް ނުދެއްކެއެވެ.


އެތަނުގައި ތިބި އެންމެހާ މީސްތަކުން މިކަމާއި ޙައިރާންވެ އެކަކު އަނެކަކަށް ބުނަމުން ދިޔައެވެ. ”⁠މިއީ ކޮންފަދަ ކަމެއް؟ މިއީ ބާރުވެރިކަމެއް ލިބިހުރެ އުނގަންނައިދޭ އާ އުނގަންނައި ދިނުމެއްތަ؟ މި ކަލޭގެފާނަށް ނުބައި ރޫޙުތަކަށް އަމުރު ކުރުމުގެ ބާރު ލިބިގެންވޭ، އަދި އެތަކެތި މި ކަލޭގެފާނަށް ކިޔަމަންތެރިވޭ!⁠“


ހަމަ ވަގުތުން އެންމެންގެ ކުރިމަތީގައި މިމީހާ ތެދުވެ އޭނާގެ އަށިގަނޑު ހިފައިގެން ހިނގައްޖެއެވެ. މިކަމާމެދު އެ މީސްތަކުން އިންތިހާއަށް ޙައިރާންވެ، މާތްރަސްކަލާނގެ ކިބަފުޅަށް ޙަމްދާއި ސަނާ ކިޔައި ބުނެވުނެވެ. ”⁠މިފަދަ ޙައިރާން ކުރުވަނިވި ކަމެއް އަހަރެމެން ނުދެކެން!⁠“


އެހެނަސް އެމީހުން ތިބީ ބިރުން ފިތްކަނޑައިގެންދާވަރު ވެފައެވެ. އަދި އެކަކު އަނެކަކަށް ބުނަމުން ދިޔައެވެ. ”⁠ވަޔާއި ކަނޑުގެ ރާޅުތައް ވެސް ކިޔަމަންތެރިވާ މި މީހަކީ ކާކު ބާ؟⁠“


ހަމައެ ހިނދު އެ ކުއްޖާ ތެދުވެ ހިނގަންފެށިއެވެ. އޭރު އެ ކުއްޖާގެ އުމުރުން ބާރަ އަހަރެވެ. މި ގޮތަށް މިކަން ދިމާވުމުން އެންމެން ޙައިރާންވެ އަންތަރީސްވިއެވެ.


ދެން އަސްޙާބީން އެކަލޭގެފާނު ދޯންޏަށް ނެންގެވިއެވެ. އަދި ހަމަ އެ ހިނދު ވައިމަޑުވިއެވެ. އެކަލޭގެފާނުގެ އަސްޙާބީން މިކަމާއިމެދު އިންތިހާއަށް ހައިރާންވިއެވެ.


އެއަށް ފަހު މި ހިނގާދިޔަ ކަންތަކުގެ ވާހަކަ އެއްވެސް މީހަކަށް ބުނެ ނުދިނުމަށް އީސާގެފާނު މީސްތަކުންނަށް އަމުރު ކުރެއްވިއެވެ. ނަމަވެސް އެކަލޭގެފާނު މިކަން އިތުރަށް ސިއްރު ކުރުމަށް އެދިވަޑައިގަތަސް މީސްތަކުން މިވާހަކައިގެ ޚަބަރު އިތުރަށް ފަތުރަމުން ގެންދިޔައެވެ.


އެދުވަސްތަކުގެ ތެރެއިން ދުވަހެއްގައި އަނެއްކާވެސް ގިނަ ޢަދަދެއްގެ ބަޔަކު އީސާގެފާނުގެ އަރިހަށް އައެވެ. އެބައިމީހުންގެ އަތުގައި ކާނޭ އެއްވެސް އެއްޗެއް ނުމެ ނެތްމެއެވެ. އެހެންވެ، އެ މީސްތަކުންނާއި އެކުގައި އީސާގެފާނު ހުންނަވާ އަސްޙާބީންނަށް ވިދާޅުވިއެވެ.


އަހަރެންނާއި ކަލޭ ކުރި ނުބައި ކަންތައްތަކުގެ ސަބަބުން އަހަރެމެން މި ގޮތަށް މަރުވުން ޙައްޤު ވެގެން ވޭ. ނަމަވެސް މިމީހާއަކީ އެއްވެސް ނުބައި ކަމެއް ކޮށްފައިވާ މީހެއް ނޫން.⁠“


އެތަނަށް އެއްވެފައިވާ މީސްތަކުންނަށް ޕައުލް މި ކުރި ކަންތައް ދެކެ ލިކައޯނިޔާ ބަހުން ހަޅޭއްލަވަން ފެށިއެވެ. ”⁠އަހަރެމެންގެ ކަލާނގެތައް އިންސާނުންގެ ގޮތުގައި އަހަރެމެންގެ ގާތަށް އަތުވެއްޖެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ