Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 7:36 - ކިތާބުލް މުޤައްދަސާ

36 އެއަށް ފަހު މި ހިނގާދިޔަ ކަންތަކުގެ ވާހަކަ އެއްވެސް މީހަކަށް ބުނެ ނުދިނުމަށް އީސާގެފާނު މީސްތަކުންނަށް އަމުރު ކުރެއްވިއެވެ. ނަމަވެސް އެކަލޭގެފާނު މިކަން އިތުރަށް ސިއްރު ކުރުމަށް އެދިވަޑައިގަތަސް މީސްތަކުން މިވާހަކައިގެ ޚަބަރު އިތުރަށް ފަތުރަމުން ގެންދިޔައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 7:36
8 ပူးပေါင်းရင်းမြစ်များ  

ދެން އީސާގެފާނު އެމީހާއަށް ވިދާޅުވިއެވެ. ”⁠މިވާހަކަ އެއްވެސް މީހެއްގެ ކައިރީގައި ނުބުނާތި. އެކަމަކު ތިބާގެ ހަށިގަނޑު އިމާމަކަށް ދެއްކުމަށްދޭ. އަދި މިފަދަ ބަލިތައް ޖެހިފައިވާ މީހުން ފަސޭހަ ވުމުން ތައުރާތުގައި މޫސާގެފާނު އިރުޝާދު ދެއްވާފައިވާ ފަދައިން ޤުރުބާންތައް ހުށަހަޅާ. އެއީ ހުރިހާ އެންމެންނަށް ތިޔަބަލިން ތިބާ ރަނގަޅުވެއްޖެކަން އަންގައި ދިނުމަށް ޓަކާ.⁠“


ނަމަވެސް އީސާގެފާނު އެ ޖިންނިތަކަށް އެކަލޭގެފާނީ ކޮން ބޭކަލެއްކަން ނުބުނުމަށް ހަރުކަށިކަމާއެކު އިންޒާރުދެއްވިއެވެ.


އެހެނަސް އީސާގެފާނު އެކަލޭގެފާނާއިއެކު އެތަނުގައި ތިބި މީހުންނަށް މިވާހަކަ އެއްވެސް މީހެއްގެ ކައިރީ ނުބުނުމަށް އިންޒާރު ކުރެއްވުމަށް ފަހު ވިދާޅުވިއެވެ. ”⁠އެ ކަނބުލޮއަށް ކޮންމެވެސް ކާއެއްޗެއް ދީ.⁠“


އެ ހިނދު އެ ފިރިހެނާއަށް އަޑުއިވި، އަދި އެއްވެސް އުނދަގުލެއް ނެތި ފަސޭހަ ކަމާއެކު އޭނާ ވާހަކަދައްކަން ފެށިއެވެ.


އަދި މި ޙާދިސާގެ ޚަބަރު އެހި ކޮންމެ މީހަކު އަޖައިބުވެ އަންތަރީސް ވިއެވެ. އެބައިމީހުންނަށް ބުނެވުނެވެ. ”⁠އެކަލޭގެފާނު ބީރު މީހުންނަށް އަޑު އިވޭގޮތް ހައްދަވައި މަންމަނުންނަށް ވާހަކަދެކެވޭ ގޮތް ހައްދަވައިދެއްވި. އަދި މިހުރިހާ ކަމެއް އެކަލޭގެފާނު ކުރެއްވީ ޙައިރާން ކުރުވަނިވި ގޮތަކަށް!⁠“


އީސާގެފާނު އެމީހާއަށް އަމުރު ކުރައްވައި އޭނާގެ ގެއަށް ފޮނުވާލެއްވިއެވެ. ”⁠އަވަށު ތެރެއަށް އަނބުރާ ނުގޮސް ގެއަށްދޭ.⁠“


އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ފަރުބަދަ މަތިން ތިރިއަށް ވަޑައިގެންނެވި ހިނދު އީސާގެފާނު އެބޭކަލުންނަށް އަމުރު ކުރައްވައި ވިދާޅުވިއެވެ. ”⁠އިންސާނާގެ ދަރިކަލުން މަރުވުމަށް ފަހު އަލުން ދިރިގެން ތެދުނުވަންދެން ތިޔަބައިމީހުންނަށް ފެނިދިޔަ ކަންތައްތަކުގެ ވާހަކަ އެއްވެސް މީހަކަށް އަންގައިގެން ނުވާނެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ