Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 7:34 - ކިތާބުލް މުޤައްދަސާ

34 އަދި އުޑާ ދިމާލަށް އީސާގެފާނު ބައްލަވާ ފުންނޭވާފުޅެއް ލެއްވުމަށް ފަހު އޭނާގެ ގާތުގައި ”⁠އެއްފަތާ!⁠“ އޭ ވިދާޅުވިއެވެ. މި ބަހުގެ މާނައަކީ ”⁠ހުޅުވޭށެވެ!⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 7:34
21 ပူးပေါင်းရင်းမြစ်များ  

އަހަރުތަކެއްގެ ފަހުން މިޞްރުގެ ރަސްގެފާނު އަވަހާރަވިއެވެ. އެހެން ނަމަވެސް ބަނީއިސްރާއީލު މީހުން އުޅެންޖެހިފައިވާ އަޅުވެތި ވޭނުގައި އެހީއަށް އެދި ރޮއިހޭރެމުން ދިޔައެވެ. މާތްކަލާނގެއާ ހަމަޔަށް އެ ރުއިމުގެ އަޑު ފޯރައިފިއެވެ.


މި މީހާ އާއިމެދު އެކަލޭގެފާނު ހަމްދަރުދީވެ ވަޑައިގެން އީސާގެފާނުގެ އެކަލޭގެފާނުގެ އަތްޕުޅު ދިއްކުރައްވައި އެމީހާގެ ގައިގައި ބީއްސަވައި ވިދާޅުވިއެވެ. ”⁠އަހަރެން އެދެން. ސާފުވެ ތާހިރުވޭ!⁠“


ތިނެއް ޖެހި ތަނާހެން އީސާގެފާނު ހަރު އަޑުފުޅުން ވިދާޅުވިއެވެ. ”⁠އެލީ، އެލީ، ލަމާ ޝަބަޤްތަނީ؟⁠“ މިބަސްފުޅުގެ މާނައީ ”⁠މިއަޅުގެ ރަސްކަލާކޮ! މިއަޅުގެ ރަސްކަލާކޮ! އިނބަރަސްކަލާނގެ މިއަޅާ ދޫކޮށްލެއްވީ ކީއްވެ؟⁠“


އެކަލޭގެފާނު އެ އަންހެންކުއްޖާގެ އަތުގައި ހިއްޕެވުމަށް ފަހު އެކުއްޖާއަށް ވިދާޅުވިއެވެ. ”⁠ތަލީތާ ކޮއުމް⁠“ މާނައީ ”⁠ކުޑަ ކަނބުލޯ، ތެދުވުމަށް އަހަރެން އަމުރުކުރަން!⁠“


އެއަށް ފަހު އެކަލޭގެފާނު ފަސް ބޯރޮއްޓާއި ދެ މަސް ނަންގަވާ އުޑާއި ދިމާއަށް ބައްލަވާލައްވާ މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ކުރެއްވުމަށް ފަހު ފަސް ރޮށި އެތައް ބަޔަކަށް ފަޅި ކުރައްވައި އަސްޙާބީންގެ އަތަށް ދެއްވައި މީސްތަކުންނަށް ކާންދެއްވިއެވެ. އެ ދެ މަސް ވެސް ނަންގަވާ އެތައް ބަޔަކަށް ބައި ކުރައްވާ އެކަލޭގެފާނުގެ އަސްޙާބީންގެ އަތަށް ދެއްވައި މީސްތަކުންނަށް ކާންދެއްވިއެވެ.


އެ ހިނދު އެ ފިރިހެނާއަށް އަޑުއިވި، އަދި އެއްވެސް އުނދަގުލެއް ނެތި ފަސޭހަ ކަމާއެކު އޭނާ ވާހަކަދައްކަން ފެށިއެވެ.


އީސާގެފާނު ފުން ނޭވާފުޅެއް ލެއްވުމަށް ފަހު ވިދާޅުވިއެވެ. ”⁠މިޒަމާނުގެ މީސްތަކުން މުޢުޖިޒާތީ ޢަލާމާތަށް އެދެނީ ކީއްވެ؟ އަހަރެން ތިޔަބައިމީހުންގެ ގާތު ބުނަންތަ؟ ތިޔަފަދަ ބަޔަކު ޢަލާމާތަކުން ސާބިތު ކުރާނެ އެއްވެސް ކަމެއް ނެތް!⁠“


އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”⁠ލޮލަށް އަލިކަން ލިބިގަނޭ. ކަލޭގެ އީމާންތެރިކަމުގެ ސަބަބުން ކަލޭގެ ލޯ ތިޔަ ވަނީ އަލިވެފަ.⁠“


އީސާގެފާނު ޖެރޫސަލަމާއި އަރާ ހަމަ ވެ އެރަށް ފެނިވަޑައިގަތުމުން އެކަލޭގެފާނު އެރަށާއި މެދު ހިތާމަ ކުރައްވާ ކީރިތި ކުރެއްވިއެވެ.


ދެން އީސާގެފާނު ވަޑައިގެން ސަންދޯކުގެ މަތީގައި އަތްޕުޅު ބޭއްވެވުމާއިއެކު ސަންދޯއް އުފުލަމުން ދިޔަ މީހުން ހުއްޓިއްޖެއެވެ. ދެން އީސާގެފާނު މަރުވެފައިވާ މީހާއަށް ވިދާޅުވިއެވެ. ”⁠އޭ ޒުވާނާ. ތެދުވޭ!⁠“


އީސާގެފާނަށް މަރިޔަމް އާއި އޭނާއާއިއެކު އައި އެންމެން ރޯ ތަން ފެނުމުން ވަރަށް ދެރަފުޅުވެ އެކަލޭގެފާނުގެ ހިތްޕުޅަށް ވެސް ބޮޑަށް އަސަރު ކުރިއެވެ.


ދެން އީސާގެފާނު ކީރިތި ކުރެއްވިއެވެ.


އީސާގެފާނުގެ ހިތްޕުޅަށް އަނެއްކާވެސް ވަރަށް ބޮޑަށް އަސަރުކޮށްފިއެވެ. ދެން އެކަލޭގެފާނު ލާޒަރުގެ މަހާނަދޮށަށް ވަޑައިގެންނެވިއެވެ. އެ މަހާނަ ވަނީ ފަރުބަދައެއްގެ އަރިމަތީގައިވާ ހޮހަޅައެއްގައެވެ. އެހޮހަޅައިގެ އަނގަމަތީގައި ވަރަށް ބޮޑު ހިލައެއް ޖެއްސިފައި ވިއެވެ.


ދެން އެމީހުން އެތަނުގައި ޖައްސާފައިވީ ހިލަ އެއްފަރާތަކަށް ފުރޮޅާލިއެވެ. އެވަގުތު އީސާގެފާނު މައްޗަށް ބައްލަވާފައި މިފަދައިން ވިދާޅުވިއެވެ. ”⁠ބައްޕާފުޅު އަޅުގަނަޑުގެ ދުޢާ އެއްސެވީތީ ހަމްދާ ޝުކުރު ކުރަން.


އީސާގެފާނު ދުޢާކުރައްވައި ނިމިވަޑައިގެން ގޮވާލެއްވިއެވެ. ”⁠ލާޒަރު ނުކުމޭ!⁠“


މި ހުރިހާ ވާހަކަތަކެއް އަސްޙާބީންގެ ގާތުގައި ދައްކަވައި ނިމިވަޑައިގަތުމުން އެކަލޭގެފާނު އުޑާއި ދިމާއަށް ބައްލަވާފައި ދުޢާ ދެންނެވިއެވެ. ”⁠ބައްޕާފުޅާ! ދަރިފުޅުގެ ޖަލާލަތުކަން ފާޅުކުރައްވާ. އެއީ ދަރިފުޅުގެ ފަރާތުން އެ ޖަލާލުވަންތަކަން ފާޅުވެވޭނެ ގޮތް ވުމަށްޓަކާ!


މިމީހާއަށް ޕަތަރަސް ބުންޏެވެ. ”⁠އޭ އޭނިޔާސް. މާތްރަސްކަލާނގެ ޚާއްސަކުރައްވާ ފޮނުއްވި އީސާ އަލްމަސީޙު ކަލޭގެ ބަލި ހެޔޮކުރައްވައިފި. ތެދުވޭ. ތެދުވެ ކަލޭގެ ތަންމަތި ނަގާ އޮޅާލާ.⁠“ ޕަތަރަސް ހަމަ އެހެން ބުނުމާއި އެކު އޭނިޔާސް ކޮޅަށް ތެދުވިއެވެ.


ޕަތަރަސް އެތާނގައި ތިބި އެންމެންނަށް އެތަނުން ދިއުމަށް އެންގިއެވެ. ދެން ޕަތަރަސް ކަކޫމައްޗަށް ތިރިވެ ދުޢާ ކުރިއެވެ. ދެން ތަބިތާގެ ގަބުރާއި ދިމާއަށް އެނބުރި އޭނާ ބުންޏެވެ. ”⁠ތަބިތާ، ތެދުވޭ.⁠“ އެހެން ބުނުމާއި އެކު ތަބިތާގެ ދެ ލޯ ހުޅުވުނެވެ. އަދި އޭނާއަށް ޕަތަރަސް ފެނުމާއި އެކު ތެދުވެ އިށީނެވެ.


އެ އުއްތަމަ އިމާމު އަހަރެމެންގެ ބަލިފައި ދެނެވަޑައިގަންނަވަ އެވެ. އެހެނީ އަހަރެމެންނާ ކުރިމަތިވި ހުރިހާ އިމްތިހާނެއް އެކަލޭގެފާނާ ވެސް ވަނީ ކުރިމަތިވެފައެވެ. ވިޔަސް އެކަލޭގެފާނު ފާފައެއް ނުކުރައްވައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ