Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 7:31 - ކިތާބުލް މުޤައްދަސާ

31 ދެން އީސާގެފާނު ޞޫރުން އެނބުރި ޞައިދޫނަށް ވަޑައިގެންނެވިއެވެ. އެއަށް ފަހު ގަލީލީ ކަނޑުގެ ސަރަހައްދަށް ވަޑައިގަންނަވާ ދެކާޕޮލިސް ސަރަހައްދަށް ވަޑައިގެންނެވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 7:31
7 ပူးပေါင်းရင်းမြစ်များ  

އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ކޮރާޒިންގެ އަހުލުވެރިންނޭ! ބެތުސައިދާގެ އަހުލުވެރިންނޭ! ތިޔަ ދެ ސަހަރަށް ބޮޑު ހިތާމައެއް ހުރި! ތިޔަ ދެ ސަހަރުގެ އަހުލުވެރިންނަށް ދެއްކެވި މުޢުޖިޒާތްތައް ޞޫރު އާއި ޞައިދޫންގެ އަހުލުވެރިންނަށް ދެއްކެވި ކަމުގައިވާނަމަ އެމީހުން މޮޅިވެރިކަމުގެ ހެދުންތައް ލައި ބޮލަށް އަޅި އަޅައި އެމީހުން ތައުބާވެއްޖެތާ ކިތަންމެ ދުވަހެއް.


އީސާގެފާނު ގަލީލީ ކަނޑުގެ އައްސޭރިފަށުގައި ހިންގަވާ ވަޑައިގެންނެވި ހިނދު އެކަލޭގެފާނަށް ޝަމްއޫނު ޕަތަރަސްއާއި އޭނާގެ ކޮއްކޮ އަންދުރާއި މި ދެބެއިން ފެނިވަޑައިގަތެވެ. އެ ދެބެއިންނީ މަސްވެރިންނެވެ. އޭރު އެދެބެއިން ތިބީ މަސްހިފުމަށްޓަކައި ދާ އެއްލައިގެންނެވެ.


ގަލީލީ އާއި ދެކާޕޮލިސް އާއި ޖެރޫސަލަމް އާއި ޖުދެއާ ކަރައިންނާއި އަދި އުރުދުން ކޯރުގެ އިރުމަތިފަރާތުގެ ސަރަހައްދުގައިވާ ރަށްތަކުގެ މީހުން އެކަލޭގެފާނުގެ ފަހަތްޕުޅުން ދިޔައެވެ.


އެހެންވީމާ، ކައިރި ސަރަހައްދެއް ކަމުގައިވާ ދިހަ އަވަށުގެ ނަމުން ނަންދެވިފައިވީ ދެކާޕޮލިސްއޭ ކިޔުނު ސަރަހައްދަށް މިމީހާ ދިޔައެވެ. އަދި އެ ސަރަހައްދުގައި މި މީހާއާއި މެދު އީސާގެފާނު ކަންތައް ކޮށްދެއްވި ގޮތުގެ ވާހަކައިން ޚަބަރު ދިނެވެ. މި ޙާދިސާގެ ވާހަކަ އެހި ކޮންމެ މީހަކަށް ޙައިރާންކަން ލިބުނެވެ.


އެއަށް ފަހު އީސާގެފާނު ވަޑައިގެންނެވީ ޞޫރު އާއި ކައިރި ހިސާބުތަކަށެވެ. އަދި އެ ސަރަހައްދުގައި ހުރި ގެއަކަށް އެކަލޭގެފާނު ވަޑައިގެންނެވިއެވެ. އެ ގޭގައި އެކަލޭގެފާނު ހުންނެވިކަން މީސްތަކުންނަށް އެނގެން އެކަލޭގެފާނު އެދިވަޑައިގެން ނުވެއެވެ. ނަމަވެސް އެކަލޭގެފާނު އެ ގޭގައި ހުންނެވިކަން ސިއްރެއް ނުކުރެވުނެވެ.


އެ އަންހެނާ އެނބުރި ގެއަށް ދިޔައިރު އޭނާގެ އަންހެންދަރިފުޅު އެނދުގައި އޮށޯވެ އޮތެވެ. އަދި ޖިންނީގެ އުނދަގުލުން އެދަރިފުޅު ވަނީ މުޅިން ރަނގަޅުވެފައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ