30 އެ އަންހެނާ އެނބުރި ގެއަށް ދިޔައިރު އޭނާގެ އަންހެންދަރިފުޅު އެނދުގައި އޮށޯވެ އޮތެވެ. އަދި ޖިންނީގެ އުނދަގުލުން އެދަރިފުޅު ވަނީ މުޅިން ރަނގަޅުވެފައެވެ.
އެއާއެކު އީސާގެފާނު އެ އަންހެނާއަށް ވިދާޅުވިއެވެ. ”ތިޔަ ދިން ފުރިހަމަ ޖަވާބުގެ ސަބަބުން ގެއަށްދޭ. ކަނބުލޭގެ އަންހެންދަރިފުޅު ޖިންނީގެ އުނދަގުލުން ސަލާމަތް ވެފައިވާތަން ކަނބުލޭގެއަށް ފެންނާނެ.“
ދެން އީސާގެފާނު ޞޫރުން އެނބުރި ޞައިދޫނަށް ވަޑައިގެންނެވިއެވެ. އެއަށް ފަހު ގަލީލީ ކަނޑުގެ ސަރަހައްދަށް ވަޑައިގަންނަވާ ދެކާޕޮލިސް ސަރަހައްދަށް ވަޑައިގެންނެވިއެވެ.
ފާފަކުރުން މަތީގައި ދެމިހުންނަ މީހަކީ ޝައިތާނާއަށް މިލްކުވެގެންވާ މީހެކެވެ. ސަބަބަކީ ދުނިޔެ ފެށުނީއްސުރެން ޝައިތާނާ ވަނީ ފާފަކުރުންމަތީގައެވެ. މާތްރަސްކަލާނގެ ދަރިކަލުން މި ދުނިޔެއަށް ވަޑައިގެންނެވީ ޝައިތާނާގެ އެންމެހާ އަމަލުތަކެއް ނެތިކުރެއްވުމަށެވެ.