Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 7:28 - ކިތާބުލް މުޤައްދަސާ

28 އެ އަންހެނާ ޖަވާބު ދިނެވެ. ”⁠ތިޔައީ ތެދުފުޅެއް! މާތް ސާހިބާ. އެހެނަސް ކުއްތާތައް މޭޒުގެ ދަށުގައި އޮންނަ ހިނދު އެކުދިންގެ ކާތަށިން ބިންމައްޗަށް އެޅެމުން ދާ ކުދި އެތި އެތި ކޮޅުން އެތަކެއްޗަށް ކާންލިބޭ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 7:28
15 ပူးပေါင်းရင်းမြစ်များ  

އެ އަންހެނާ ދެންނެވިއެވެ. ”⁠އާދެ. މާތްސާހިބާ. ނަމަވެސް ކުއްތާތައް އެތަކެތީގެ ސާހިބުގެ ކާމޭޒުމަތީން ވެއްޓިގެންދާ ތަކެތި ކައިހަދާ.⁠“


މިފަދައިން ތިޔަބައިމީހުން އަމަލު ކުރިކަމުގައިވާ ނަމަ، ތިޔަބައިމީހުންނަކީ އުޑުގައި ވޮޑިގެންވާ ބައްޕާފުޅުގެ ޙަޤީޤީ ދަރިންކަމުގައިވާނެ. ނުބައި މީހުންނާއި ރަނގަޅު މީހުންނަށް އިރުގެ އަލިކަން އެކަލާނގެ ދެއްވާ. ނުބައި އަމަލުތަކުގެ މީހުންނަށާއި ހެޔޮ އަމަލުތަކުގެ މީހުންނަށް ވެސް އެކަލާނގެ ވާރޭ ފޮނުއްވާ.


އެ ހިނދު އީސާގެފާނު ވިދާޅުވިއެވެ. ”⁠ފުރަތަމަ ކާނދޭންވާނީ ދަރިންނަށް! އެ ދަރިންނަށް ހުރި ކާނާ ގެންގޮސް ކުއްތާތަކަށް ކާންދިނުމަކީ ރަނގަޅު ކަމެއް ނޫން.⁠“


އެއާއެކު އީސާގެފާނު އެ އަންހެނާއަށް ވިދާޅުވިއެވެ. ”⁠ތިޔަ ދިން ފުރިހަމަ ޖަވާބުގެ ސަބަބުން ގެއަށްދޭ. ކަނބުލޭގެ އަންހެންދަރިފުޅު ޖިންނީގެ އުނދަގުލުން ސަލާމަތް ވެފައިވާތަން ކަނބުލޭގެއަށް ފެންނާނެ.⁠“


މާތްރަސްކަލާނގެ މުޤައްދަސް ކުރެއްވި މީހުންގެ ތެރެއިން އަހަރެންނީ އެންމެ ނިކަމެތި އިންސާނާއެވެ. ނަމަވެސް މާތްރަސްކަލާނގެ އަހަރެންގެ މައްޗަށް އޯގާވެރިވެ ވޮޑިގަންނަވާ އަހަރެން ޚިޔާރު ކުރެއްވީ ބަނީއިސްރާއީލު ދަރިކޮޅުގެ އަހުލުވެރިން ނޫން ދަރިކޮޅުތަކަށް އަލްމަސީޙުގެ ރަޙުމަތްފުޅާއި ބަރަކާތާއި ނިޢުމަތްފުޅަކީ މިން ކުރެވޭނޭ ކަމެއް ނޫންކަމުގެ ހެޔޮޚަބަރުފުޅު ދިނުމަށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ