Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 7:25 - ކިތާބުލް މުޤައްދަސާ

25 އީސާގެފާނު ހުންނެވި ޚަބަރު އިވި ޖިންނީގެ އުނދަގޫ ކުރިމަތިވެފައިވީ އަންހެން ކުއްޖެއްގެ މަންމަ އެކަލޭގެފާނުގެ އަރިހަށް އައިސް ހަމައެ ހިނދު އެކަލޭގެފާނުގެ ފައިންޕުޅު މައްޗަށް ތިރިވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 7:25
10 ပူးပေါင်းရင်းမြစ်များ  

އެ ސަރަހައްދުގައި ދިރިއުޅެމުން ދާ ކަންޢާނީންގެ އަންހެނަކު ހަރުއަޑުން އާދޭސް ދަންނަވަމުން އީސާގެފާނުގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ. ”⁠އޭ މާތްސާހިބާ! ދާއޫދުގެފާނުގެ ދަރިކަލުންނޭ! އަޅުގަނޑުގެ މައްޗަށް ރަޙުމް ކުރައްވާ! ޖިންނިއެއް އަޅުގަނޑުގެ އަންހެން ދަރިފުޅާ އަވަލައިފި. އެކަމުގައި އޭނާ ނުހަނު ވޭން އުފުލަމުން ގެންދޭ.⁠“


ޖުޒާމުބަލި ޖެހިފައިވާ ފިރިހެނަކު އީސާގެފާނުގެ އަރިހަށް އައިސް ކަކޫމައްޗަށް ތިރިވެ އާދޭސް ދެންނެވިއެވެ. ”⁠ކަލޭގެފާނު އެދިވަޑައިގަންނަވާނަމަ، ކަލޭގެފާނަށް އަޅުގަނޑު މި ބަލިން ފަސޭހަކޮށް ސާފުތާހިރު ކުރެވިދާނެ.⁠“


މި އަންހެނާއަށް އޭނާއަށް މިދިމާވި ކަންތައް އެނގި، ބިރުން ފިތްކަނޑައިގެންދާ ޙާލުގައި އެކަލޭގެފާނުގެ އަރިހަށްއައިސް، ފައިންޕުޅު މައްޗަށް ވެއްޓި ކަން ހިނގިގޮތް ތެދުބަހުން ދެންނެވިއެވެ.


އެއަށް ފަހު އީސާގެފާނު ވަޑައިގެންނެވީ ޞޫރު އާއި ކައިރި ހިސާބުތަކަށެވެ. އަދި އެ ސަރަހައްދުގައި ހުރި ގެއަކަށް އެކަލޭގެފާނު ވަޑައިގެންނެވިއެވެ. އެ ގޭގައި އެކަލޭގެފާނު ހުންނެވިކަން މީސްތަކުންނަށް އެނގެން އެކަލޭގެފާނު އެދިވަޑައިގެން ނުވެއެވެ. ނަމަވެސް އެކަލޭގެފާނު އެ ގޭގައި ހުންނެވިކަން ސިއްރެއް ނުކުރެވުނެވެ.


މި އަންހެނާއަކީ ސޫރިޔާގެ ސަރަހައްދުގައި ވީ ފެނީސިޔާ އަށް އުފަން އަންހެނެކެވެ. އަދި މި އަންހެނާ އަކީ ބަނީއިސްރާއީލު ދަރިކޮޅުގެ މީހެއްނޫނެވެ. ޖިންނީގެ އުނދަގުލުގައި ވީ މިއަންހެނާގެ އަންހެންދަރިފުޅު ސަލާމަތް ކޮށްދެއްވުމަށް އެދި އީސާގެފާނުގެ އަރިހުގައި އާދޭސް ދެންނެވިއެވެ.


އީސާގެފާނުގެ ފައިންޕުޅުގެ ދަށަށް ސަޖިދަކޮށް ތިރިވިއެވެ. އަދި އެކަލޭގެފާނަށް ޝުކުރު އަދާކުރިއެވެ. މިމީހާއަކީ ސަމީރިއްޔާގެ މީހެކެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ