Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 7:24 - ކިތާބުލް މުޤައްދަސާ

24 އެއަށް ފަހު އީސާގެފާނު ވަޑައިގެންނެވީ ޞޫރު އާއި ކައިރި ހިސާބުތަކަށެވެ. އަދި އެ ސަރަހައްދުގައި ހުރި ގެއަކަށް އެކަލޭގެފާނު ވަޑައިގެންނެވިއެވެ. އެ ގޭގައި އެކަލޭގެފާނު ހުންނެވިކަން މީސްތަކުންނަށް އެނގެން އެކަލޭގެފާނު އެދިވަޑައިގެން ނުވެއެވެ. ނަމަވެސް އެކަލޭގެފާނު އެ ގޭގައި ހުންނެވިކަން ސިއްރެއް ނުކުރެވުނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 7:24
19 ပူးပေါင်းရင်းမြစ်များ  

ކަންޢާނުގެ ފުރަތަމަ ދަރިކަލުންނަކީ ޞައިދޫން އެވެ. ޞައިދޫން މީހުންގެ ކާބަފައިކަލުންނަކީ ކަންޢާނުގެ ދަރި މި ޞައިދޫން އެވެ. ޙިއްޘާއީންނާއި، ޔަބޫސީންނާއި، އަމޫރީންނާއި، ޖިރްޖާޝީންނާއި، ޙިއްވީންނާއި، ޢަރްޤީންނާއި، ސީނީންނާއި، އަރްވާދީންނާއި، ޞަމާރީންނާއި، އަދި ޙަމާތީންނާއި، މިހުރިހާ މީހުންގެ ކާބަފައިކަލުންނަކީ ވެސް ކަންޢާނުއެވެ.


އެއަށް ފަހު ކަންޢާނުގެ ދަރިފަސްކޮޅު ގިނަވެ ތަފާތު ވަންހަތަކަށް ފެތުރިގެން ދިޔައެވެ. އަދި އެބައިމީހުންގެ ސަރަހައްދު ބޮޑުވެ ޞައިދޫންގެ އުތުރުން ފެށިގެން ޖަރާރުގެ ދެކުނުން ޣައްޒާ އާއި ހަމައަށް ފެތުރުނެވެ. އަދި ސަދޫމު އާއި، ޢަމޫރަތު އިރުމަތީ ސަރަހައްދުން ފެށިގެން އަދްމަތާއި، ޞަބޫއީމު އާއި ލާޝަޢަ އާއި ހަމައަށް ފެތުރުނެވެ.


”⁠ޒަބޫލޫން ދިރިއުޅޭނީ ކަނޑުގެ އައްސޭރި ފަށުގައި. އަދި އެ އައްސޭރިފަށަކީ ނައުފަހަރަށް އަމާން ބަނދަރެއް ކަމުގައިވާނެ. ހަމައެހެންމެ އޭނާގެ ސަރަހައްދު ޞައިދޫން އާއި ހަމައަށް ފެތުރިގެން ދާނެ.⁠“


އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ކޮރާޒިންގެ އަހުލުވެރިންނޭ! ބެތުސައިދާގެ އަހުލުވެރިންނޭ! ތިޔަ ދެ ސަހަރަށް ބޮޑު ހިތާމައެއް ހުރި! ތިޔަ ދެ ސަހަރުގެ އަހުލުވެރިންނަށް ދެއްކެވި މުޢުޖިޒާތްތައް ޞޫރު އާއި ޞައިދޫންގެ އަހުލުވެރިންނަށް ދެއްކެވި ކަމުގައިވާނަމަ އެމީހުން މޮޅިވެރިކަމުގެ ހެދުންތައް ލައި ބޮލަށް އަޅި އަޅައި އެމީހުން ތައުބާވެއްޖެތާ ކިތަންމެ ދުވަހެއް.


އީސާގެފާނު ގެއެއްގެ ތެރެއަށް ވަދެ ވަޑައިގެންނެވި ހިނދު އެ ލޯފަން ދެމީހުން ވެސް އެކަލޭގެފާނުގެ އަރިހަށް އައެވެ. އަދި އެ ދެމީހުންނަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠އަހަރެންނަށް ތިޔަބައިމީހުންގެ ބަލި ހެޔޮ ކޮށްދެވިދާނެ ކަމުގައި ތިޔަބައިމީހުން ގަބޫލު ކުރަންތަ؟⁠“ އެ ދެމީހުން އެކަލޭގެފާނަށް ޖަވާބު ދެއްވިއެވެ. ”⁠އާދެ، މާތްސާހިބާ.⁠“


އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން އީސާގެފާނު ކަޕަރުނައުމް އަށް އެނބުރި ވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނު ރަށަށް ވަޑައިގެންނެވި ޚަބަރުފުޅު ފެތުރިގެން ދިޔައެވެ.


މިހުރިހާ ކަންތައްތަކަކީ އެމީހެއްގެ ހިތުން ނުކުންނަ ކަންތައްތައް. މިފަދަ ކަންތައްތަކަކީ އެމީހާ ނަޖިސްކޮށް އަދި މާތްރަސްކަލާނގެ ކިބަފުޅާއި އެމީހާ އެކަހެރި ކުރުވާނެ ކަންތައްތައް.⁠“


އީސާގެފާނު ހުންނެވި ޚަބަރު އިވި ޖިންނީގެ އުނދަގޫ ކުރިމަތިވެފައިވީ އަންހެން ކުއްޖެއްގެ މަންމަ އެކަލޭގެފާނުގެ އަރިހަށް އައިސް ހަމައެ ހިނދު އެކަލޭގެފާނުގެ ފައިންޕުޅު މައްޗަށް ތިރިވިއެވެ.


ދެން އީސާގެފާނު ޞޫރުން އެނބުރި ޞައިދޫނަށް ވަޑައިގެންނެވިއެވެ. އެއަށް ފަހު ގަލީލީ ކަނޑުގެ ސަރަހައްދަށް ވަޑައިގަންނަވާ ދެކާޕޮލިސް ސަރަހައްދަށް ވަޑައިގެންނެވިއެވެ.


މިގޮތުން ބަޔަކު ކުރާ ރަނގަޅު އަމަލުތައް އެންމެން ވެސް ދަނެއެވެ. އަދި އަމަލުތަކުގެ ރަނގަޅުކަން އެނގިގެންދަނީ އެންމެ ފަހުންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ