މަރުކުސް 7:22 - ކިތާބުލް މުޤައްދަސާ22 ކައިވެނީގައި ތެދުވެރި ނުވުން، ދަހިވެތިކަން، އަނިޔާވެރިކަން، ޚިޔާނާތްތެރިކަން، ވަޙުޝީ ނުބައި އަމަލުތައް ކުރުން، ޙަސަދަވެރިކަން، ބަދުނާމުކުރުން، ބޮޑާކަމާއި ކިބުރުވެރިކަން، ޖާހިލުކަން. အခန်းကိုကြည့်ပါ။ |
އެކަމަކު ތިޔަބައިމީހުންގެ ލޯ ނުބައިނަމަ، ތިޔަބައިމީހުން ފުރިގެންވާނީ ފުން އަނދިރިކަމުން. ތިޔަބައިމީހުންގެ ކިބައިގައި ހުންނަން ޖެހޭ އަލިކަން ވާނީ ތިޔަބައިމީހުންގެ ކިބައިން ގެއްލި ގޮސްފައި. އަދި ތިޔަބައިމީހުންގެ ކިބައިގައި ހަމައެކަނި ވާނީ އަނދިރިކަން. އެ އަނދިރިކަން ވާނީ ނުހަނު ބޮޑު ފުން އަނދިރިކަމަކަށް.
އެންމެހައި ޒުވާން މަސީޙީ ފިރިހެނުންނޭވެ. ތިޔަބައިމީހުންގެ މަސީޙީ ޖަމާޢަތުގެ ބޮޑުންނަށް ކިޔަމަންތެރިވާށެވެ. އަދި ތިޔަބައިމީހުން އެންމެން ވެސް އެކަކުއަނެކަކަށް ހިތްތިރިވާށެވެ. މުޤައްދަސް ފަތްފުށްތަކުގައި ބަޔާންވެގެން ވަނީ: ”ކިބުރުވެރިންނާއި މެދު މާތްރަސްކަލާނގެ ދެކޮޅުވެރިވެ ވަޑައިގަންނަވައެވެ. އެހެނަސް ހިތްތިރި ހުރިހާ އެންމެންނަށް އެކަލާނގެ ނިޢުމަތްފުޅު ދެއްވައެވެ.“