Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 7:20 - ކިތާބުލް މުޤައްދަސާ

20 އެއަށް ފަހު އީސާގެފާނު އިތުރަށް ވިދާޅުވަމުން ގެންދެވިއެވެ. ”⁠ނަޖިސްވެގެން ވަނީ އެމީހާގެ ހިތުން ނުކުންނަ ބަސްތަކާ އަމަލުތައް.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 7:20
12 ပူးပေါင်းရင်းမြစ်များ  

މީސްތަކުންގެ އަނގައިން ނުކުންނަނީ އެބައިމީހުންގެ ހިތުގައިވާ ކަންތައްތައް. މީސްތަކުން ނުތާހިރު ކުރުވާ ކަންތައްތަކަކީ އެފަދަ ކަންތައްތައް.


އީސާގެފާނު ވިދާޅުވިއެވެ. ”⁠މުޤައްދަސް ފަތްފުށްތަކުގައި ލިޔެވިގެން ވަނީ: ’⁠އިންސާނާ ދިރިހުރުމަށް ޓަކައި ހަމައެކަނި ބޭނުންވަނީ ކާއެއްޗިއްސެއް ނޫން. ނަމަވެސް ބޭނުންވާނީ މާތްރަސްކަލާނގެ ވަޙީކުރެއްވި ކޮންމެ ބަސްފުޅެއް.⁠‘⁠“


ތިޔަބައިމީހުން ނަޖިސްވަނީ ތިޔަބައިމީހުން ކާތަކެއްޗަކުންނޫން. ތިޔަބައިމީހުން ނަޖިސްވަނީ ތިޔަބައިމީހުން ބުނާ ބުނުންތަކުންނާއި ތިޔަބައިމީހުންގެ އަމަލުތަކުން.


އެމީހާގެ ހިތުން ނުކުންނަ ފާޙިޝް ޚިޔާލުތައް، ޖިންސީ ފާފަވެރިކަން، ވައްކަން ކުރުމާއި ފޭރުން، މީހުން މެރުން.


މިހުރިހާ ކަންތައްތަކަކީ އެމީހެއްގެ ހިތުން ނުކުންނަ ކަންތައްތައް. މިފަދަ ކަންތައްތަކަކީ އެމީހާ ނަޖިސްކޮށް އަދި މާތްރަސްކަލާނގެ ކިބަފުޅާއި އެމީހާ އެކަހެރި ކުރުވާނެ ކަންތައްތައް.⁠“


މަލްކީޞާދިޤުއަކީ ލާވީގެ ދަރިކޮޅުގެ ބޭކަލަކަށް ނުވާއިރު ވެސް އިބްރާހީމްގެފާނު މުދަލުގެ ދިހަބައިކުޅައެއްބައި އެކަލޭގެފާނަށް ދެއްވިއެވެ. އެއަށް ފަހު މަލްކީޞާދިޤު އިބްރާހީމްގެފާނަށް ބަރަކާތްލައްވައި ދެއްވިއެވެ. މިއިރު އިބްރާހީމްގެފާނަކީ މާތްރަސްކަލާނގެ ވަޢުދުފުޅު ލިބިވަޑައިގެން ހުންނެވި ބޭކަލެކެވެ.


އަހަރެމެންގެ ދުލަކީ ވެސް ހަމަ އެފަދަ އަލިފާން ކަންޏެކެވެ. އޭގައި މުޅި ޙަޔާތް ބަރުބާދު ކުރުވާފަދަ ނުބައި ނުލަފާ އެތައް ކަމެއް އެކުލެވިފައިވެއެވެ. އެ ދޫ ނަރަކައިގެ އަލިފާނުގެ ގިނީގައި އަނދައި ދިއުމަށް ވެސް ދޫކޮށްލެވިގެން ވެއެވެ.


ކަލޭމެންގެ މެދުގައިވާ ދެބަސްވުންތަކާއި އަރާރުންވުންތައް އައީ ކޮންތަނަކުން ހެއްޔެވެ؟ އެއީ ކަލޭމެންގެ ހިތްތަކުގައިވާ އަމިއްލަ އެދުންތައް ކަލޭމެންނާއި ހަނގުރާމަ ކުރާތީއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ