Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 7:2 - ކިތާބުލް މުޤައްދަސާ

2 އެއީ އެބައިމީހުންނަށް އީސާގެފާނުގެ ބައެއް އަސްޙާބީން ދީނީ އުސޫލުތަކާއި ޚިލާފަށް އެބޭކަލުންގެ އަތް ނުދޮވެ ސުފުރާ ކުރަން ތިއްބާ ފެނުމުންނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 7:2
12 ပူးပေါင်းရင်းမြစ်များ  

”⁠ކަލޭގެފާނުގެ އަސްޙާބީން އަޅުގަނޑުމެންގެ ކާބަފައިންގެ އުނގަންނައިދިނުންތަކަށް ތަބާ ނުވެ، ކެއުމުގެ ކުރިން އެމީހުންގެ އަތް ނުދޮންނަނީ ކީއްވެ؟⁠“


އެގޮތުގެ މަތިން ފަރީސީންނާއި ދީނުގެ ދަންނަބޭކަލުން އީސާގެފާނަށް ދެންނެވިއެވެ. ”⁠ކަލޭގެފާނުގެ އަސްޙާބީން ކާބަފައިންގެ އުނގަންނައިދިނުންތަކަށް ނުބަލާ އަދި ކެއުމުގެ ޢާންމު އުސޫލުތަކަށް ބެލުމުގެ ބަދަލުގައި ނުތާހިރު އަތްތަކުން ކައިބޮއި ހަދަނީ ކީއްވެ؟⁠“


އީސާގެފާނު ބަނީއިސްރާއީލުގެ ދީނުގައި ވާ ގޮތުން ކެއުމުގެ ކުރިން ކުރަން ޖެހޭ ވުލޫ ނުކޮށް ކާން އިށީން ތަން ފެނިފައި މި ފަރީސީނުގެ މީހާ ހައިރާންވިއެވެ.


ޕަތަރަސް އެ އެންމެންނާއި މުޚާޠަބުކޮށް ބުންޏެވެ. ”⁠ކަލޭމެންނަށް ވެސް އެނގޭނޭ ފަދައިން އަހަރެމެން ބަނީއިސްރާއީލު މީހުންނަށް ބަނީއިސްރާއީލު މީހުން ފިޔަވާ މީހުންނާއި ގުޅުން ބަހައްޓާ އަދި އެމީހުންގެ ގޭގެއަށް ގޮސް އުޅުމަކީ ހުއްދަ ކަމެއް ނޫން. ނަމަވެސް އަހަރެން އެއްވެސް މީހަކާ ދިމާއަށް ނުތާހިރު ހަރާން މީހެކޭ ބުނެގެން ނުވާނެ ކަން މާތްރަސްކަލާނގެ އަހަރެންނަށް އަންގަވާ ހާމަކުރައްވައިފި.


ނަމަވެސް އަހަރެން ބުނީން. ’⁠ނޫނެކޭ މާތްސާހިބާއޭ. އަޅުގަނޑު ދުވަހަކު ވެސް ނުތާހިރު ހަރާން ކާއެއްޗިއްސެއް ނުކަމޭ.⁠‘


އެކަމަކު މާތްރަސްކަލާނގެ ދަރިކަލުންގެ ޤަދަރު ކުޑަކޮށް އެކަލޭގެފާނުގެ ލޭފޮދުގެ އަގު ވައްޓާލާ މީހާ އެ ކުރަނީ އަދި މާ ނުބައި ކަމެކެވެ. އެހެނީ އެކަލޭގެފާނުގެ ލޭފޮދު އޮހޮރުވިފައި އެވަނީ އަހަރެމެން ސާފުތާހިރު ކުރެއްވުމަށް އެކަލާނގެ ކުރެއްވި ވަޢުދުފުޅަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. ވީއިރު އަހަރެމެންނަށް ނިޢުމަތްދެއްވާ މާތްރޫޙުފުޅާ މެދު އެ ކުރެވެނީ ކިހާ ބޮޑު އިހާނާތެއް ހެއްޔެވެ؟ އެފަދަ ކަމެއް ކުރާ މީހަކަށް ހުރީ ކިހާ ބޮޑު ސަޒާއެއް ހެއްޔެވެ؟


ނަމަވެސް ތޯހިރު ވެގެން ނުވާ އެއްވެސް އެއްޗެއް އެ ސަހަރަކަށް އެތެރެއް ނުވާނެއެވެ. ނޫނީ ލަދުވެތި އަމަލުތައް ކުރާ މީހުންނާއި ދޮގުވެރިންނަށް އެ ސަހަރަކަށް ނުވަދެވޭނެއެވެ. އެ ސަހަރަށް ހަމައެކަނި ވަދެވޭނީ ޅަކަންބަޅީގެ ޙަޔާތުގެ ފޮތުގައި ނަން ލިޔެވިފައިވާ ފަރާތްތަކަށް އެކަންޏެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ