Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 7:19 - ކިތާބުލް މުޤައްދަސާ

19 ސަބަބަކީ އެތަކެތި ދަނީ އެމީހެއްގެ ހިތަކަށް ނޫން. ނަމަވެސް ބަނޑަށް. އަދި އެތަކެތި ހަޖަމު ވުމަށް ފަހު ހަށިގަނޑުގެ ތެރެއިން ބޭރުވެގެންދޭ.⁠“ (މިހެން ވިދާޅުވެލެއްވުމުން ކެއުމަށް އެކަށޭނަ އެންމެހާ ތަކެތި ކެއުމަކީ ހުއްދަ ވެގެންވާ ކަމެއްކަމުގައި އީސާގެފާނު އިޢުލާނު ކުރެއްވިއެވެ.)

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 7:19
9 ပူးပေါင်းရင်းမြစ်များ  

އަނގައިގެ ތެރެއަށް އެތެރެކުރެވޭ ކޮންމެ ކާނާއެއް ދާނީ ބަނޑުގެ ތެރެއަށް ކަން ތިޔަބައިމީހުން ދަންނާނެކަން ޔަޤީން. އެއަށް ފަހު އެ ކާނާ ހަށިގަނޑުން ބޭރުވެދޭ.


”⁠އެމީހުންނެކޭ އެއްފަދައިން ތިޔަބައިމީހުންނަށް ވެސް ދޭހައެއް ނުވިތަ؟⁠“ މިސުވާލު އީސާގެފާނު އެބޭކަލުންނާއި ކުރައްވައި އިތުރަށް ވިދާޅުވިއެވެ. ”⁠ތިޔަބޭކަލުންނަށް އެނގިގެންނުވޭތަ؟ މީހެއްގެ ހަށިގަނޑުން ބޭރުން އެމީހެއްގެ ހަށިގަނޑުގެ ތެރެއަށްދާ އެއްވެސް އެއްޗަކުން އެމީހާ ޙަޤީޤަތުގައި ނުތާހިރެއް ނުވާނެ.


ކަލޭމެން ދަހިވެތިކަމާއި އެކު ތިޔަ ރައްކާކޮށްފައިވާ ތަކެތި ފަގީރުންނަށް ދީ. އޭރުން ކަލޭމެންގެ އެތެރެފުށާއި ބޭރުފުށް ވެސް ސާފުވާނެ.


ނަމަވެސް މި ފަދައިން ބުނެވުނު އަޑު ޕަތަރަސް އެހިއެވެ. ”⁠މާތްރަސްކަލާނގެ މި ތަކެތި މީ ހަލާލް އެއްޗެތި ކަމުގައި ލައްވައިފި. ވީއިރު މި ތަކެއްޗަށް ހަރާން އެއްޗިއްސޭ ނުބުނޭ.⁠“


ދެން އަނެއްކާ އުޑުން މި ފަދައިން ބުނެވުނު އަޑު އަހަރެން އެހީން. ’⁠މާތްރަސްކަލާނގެ މި ތަކެތި މި ހަލާލް އެއްޗެތި ކަމުގައި ލައްވައިފިއޭ. ވީއިރު މި ތަކެއްޗަށް ހަރާން އެއްޗިއްސޭ ނުބުނާށޭ.⁠‘


އެހެންވީމާ، ތިޔަބައިމީހުން ކައިބޮއި ހަދާ ތަކެއްޗާއި ދީނީ އިޙުތިފާލުތަކާއި ހުޅެވިހަނދުގެ މުނާސަބާތަކާއި ސަބަތުގެ ދުވަސް ފާހަގަކުރުމާ ބެހޭގޮތުން އެކަކަށް ވެސް ފާޑުކިޔަން ތަން ނުދޭށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ