Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 7:15 - ކިތާބުލް މުޤައްދަސާ

15 ތިޔަބައިމީހުން ނަޖިސްވަނީ ތިޔަބައިމީހުން ކާތަކެއްޗަކުންނޫން. ތިޔަބައިމީހުން ނަޖިސްވަނީ ތިޔަބައިމީހުން ބުނާ ބުނުންތަކުންނާއި ތިޔަބައިމީހުންގެ އަމަލުތަކުން.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 7:15
17 ပူးပေါင်းရင်းမြစ်များ  

ތިމާ ވިސްނާ ކަންތަކަށް ސަމާލުވާށެވެ. އެހެނީ ދިރިއުޅުން ބިނާވާނީ ތިމާ ވިސްނާ އެއްޗެއްގެ މައްޗަށެވެ.


ހަރުފަތަކުގެ ދަރިންނޭ! ނުބައިވެގެންވާ ބަޔަކަށް ރަނގަޅު ވާހަކައެއް ބުނެވޭނީ ކިހިނަކުން؟ ކަލޭމެންގެ ދުލުން ބުނާ ވާހަކަތަކުން ދައްކައިދޭނީ ކަލޭމެންގެ ހިތުގައިވާ ގޮތް.


އީސާގެފާނު ވިދާޅުވިއެވެ. ”⁠އަދިވެސް ތިޔަބައިމީހުންނަށް އެނގިގެންނުވޭތަ؟


އެއަށް ފަހު އެއްވެފައިވާ މީސްތަކުންނަށް އައިސް އަޑުއެހުމަށް އީސާގެފާނު ވިދާޅުވިއެވެ. ”⁠ތިޔަ ހުރިހާ އެންމެން އަޑުއަނހައި، ދޭހަވޭތޯ ބަލާ!


ތިޔަބައިމީހުންގެ ތެރެއިން ކަނފަތް ހުރި މީހަކު ނަމަ މިވާހަކަ އަޑުއަހައި ވިސްނާ!⁠“


ޕަތަރަސް އެ އެންމެންނާއި މުޚާޠަބުކޮށް ބުންޏެވެ. ”⁠ކަލޭމެންނަށް ވެސް އެނގޭނޭ ފަދައިން އަހަރެމެން ބަނީއިސްރާއީލު މީހުންނަށް ބަނީއިސްރާއީލު މީހުން ފިޔަވާ މީހުންނާއި ގުޅުން ބަހައްޓާ އަދި އެމީހުންގެ ގޭގެއަށް ގޮސް އުޅުމަކީ ހުއްދަ ކަމެއް ނޫން. ނަމަވެސް އަހަރެން އެއްވެސް މީހަކާ ދިމާއަށް ނުތާހިރު ހަރާން މީހެކޭ ބުނެގެން ނުވާނެ ކަން މާތްރަސްކަލާނގެ އަހަރެންނަށް އަންގަވާ ހާމަކުރައްވައިފި.


ހުރިހާ ކަމެއްމެ ސާފު ވެގެން ވަނީ އެމީހެއްގެ ހިތުގެ ސާފު ކަމުގެ މައްޗަށެވެ. އެހެނަސް އީމާންނުވާ ފަރާތްތަކާއި ނުބައި ޚިޔާލުތަކުގެ މީހުންނަށް އެއްވެސް އެއްޗެއް ތޯހިރުވެގެން ނުވެއެވެ. އެފަދަ މީހުންގެ ބުއްދިއާއި ޒަމީރުވަނީ ނަޖިސް ވެގެންނެވެ.


ތަފާތު ގޮތްގޮތަށް މީހުން ބުނެދޭ އެއްޗެއްސަށް ހެއްލިނުގަންނާށެވެ. އެހެނީ ހިތަށް ހަކަތަ ލިބެނީ މާތްރަސްކަލާނގެ މަތިވެރި ނިޢުމަތްފުޅުން ނެވެ. ކައި ބޮއި ހަދާ ތަކެއްޗާމެދު ބަޔަކު ހަދާ ގަވާއިދަކުން ނޫނެވެ. އެފަދަ ކަންކަމުގެ ފަހަތުން އުޅޭ ބަޔަކަށް އެއިން ލިބޭނެ މަންފާއެއް ނޯންނާނެއެވެ.


އަހަރެމެންގެ ކެއުމާއި ބުއިމާއި އަދި އަހަރެމެން ތާހިރުވެގަތުމަށް ބާއްވާ އެކިއެކި މުނާސަބާތަކާއި އަދި މާއްދީ ގޮތުން ފާހަގަކޮށް އުޅޭ ބޭރުފުށުގެ ޤާނޫނުތަކަކީ އެއަށް ވުރެން ރަނގަޅު ގޮތެއް އަންނަންދެން ކުރަމުން ގެންދިޔަ ކަންކަމެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ