12 އެފަދަ މީހުން ވަނީ އެބައިމީހުންގެ މައިންބަފައިންނަށް އެހީތެރިވުމަށް ނުކުޅެދިފަ.
ނަމަވެސް ކަލޭމެން މީސްތަކުންނަށް އަންގައިދެނީ އެބައިމީހުންގެ މައިންބަފައިންނަށް މިފަދައިން ބުނުމަކީ ވެސް ހުއްދަ ކަމެއް ކަމުގަ. ’އަހަރެންނަށް އެހީތެރި ވެވޭކަށް ނެތޭ. މައިންބަފައިންނަށްޓަކައި އަހަރެންގެ އަތުގައި ހުރި ތަކެތި މާތްރަސްކަލާނގެއަށްޓަކައި ޤުރުބާން ކޮށްފީމޭ.‘
ކަލޭމެންގެ އަމިއްލަ އުސޫލުތަކުން މީސްތަކުންނަށް އުނގަންނައިދޭނަމަ މާތްރަސްކަލާނގެ ބަސްފުޅު ކަލޭމެން އުވައިލި ކަމުގައި ބެލެވޭނެ. އަދި މިފަދަ އެތައް ކަމެއް ކަލޭމެން ކުރަމުން ގެންދޭ.“