މަރުކުސް 6:53 - ކިތާބުލް މުޤައްދަސާ53 އެބޭކަލުން ކަނޑު ހުރަސްކުރައްވާ އެ ސަރަހައްދުގެ ރަށެއް ކަމުގައިވާ ޖެނެސަރަތުއަށް ދޯނި ލެފުމަށް ފަހު އެ ރަށުގެ ގޮނޑުދޮށުގައި ދޯނި އެޅިއެވެ. အခန်းကိုကြည့်ပါ။ |
އެއްދުވަހަކު ޖެނެސަރަތު ކަނޑުގެ އައްސޭރީގައި އީސާގެފާނު ހުންނެވިއެވެ. އީސާގެފާނު އެތާނގައި މީސްތަކުންނަށް މާތްރަސްކަލާނގެ ބަސްފުޅުތައް އަންގަވައި ދެއްވަމުން ގެންދެވިއެވެ. އެކަލޭގެފާނުގެ ބަސްފުޅުތަކުގެ އަޑުއެހުމަށް އައި އެތައްބައިވަރު މީސްތަކުންނެއް އެތަނަށް އެއްވެފައި ތިއްބެވެ. މީހުންގެ އަދަދު ގިނަކަމުން މީސްތަކުން ވަނީ ފިތި ބާރުވެފައެވެ. އެއެންމެން ވެސް އީސާގެފާނުގެ އަރިހަށް ދިއުމަށްޓަކައި މަސައްކަތް ކުރަމުން ގެންދިޔައެވެ.