50 މިފަދަ ގޮތަކަށް އެކަލޭގެފާނު ފެނިގެން ވުމުން އެންމެހައި އަސްޙާބީން ތިބީ ވަރަށް ބިރުންނެވެ. އެ ހިނދު އީސާގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”ހިތްވަރު ބަހައްޓާ! ބިރުނުގަނޭ، މިއީ އަހަރެން!“
ކުއްލިއަކަށް އީސާގެފާނު އެބޭކަލުންނަށް ވިދާޅުވިއެވެ. ”ބިރު ނުގަނެ ހިތްވަރު ބަހައްޓާ! މިއީ އަހަރެން!“
އެ ވަގުތު ބަޔަކު މީހުން ވާބަލި ޖެހިފައިވާ މީހަކު އަށިގަނޑަކަށް ލައިގެން އީސާގެފާނުގެ އަރިހަށް ގެނައެވެ. އެބައިމީހުންގެ އީމާންތެރިކަން އީސާގެފާނަށް ފެނިވަޑައިގެންނެވި ހިނދު، އެ ބަލި މީހާއަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”ދަރިފުޅާ. ހިތްވަރުކުރޭ! ތިބާގެ ފާފަތައް ފޮހެވިއްޖެ!“