Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 6:48 - ކިތާބުލް މުޤައްދަސާ

48-49 ވައިގަދަވެ ރާޅު ބޮޑުވުމުގެ ސަބަބުން ސަލާމަތް ވުމަށްޓަކައި އެކަލޭގެފާނުގެ އަސްޙާބީން މަރުފަލިޖަހަމުން ދިޔަ ތަން އެކަލޭގެފާނަށް ފެނިވަޑައިގެންނެވިއެވެ. މިކަން ހިނގީ ފަތިސްދަމާއި ގާތްވެފައިވާ ވަގުތެއްގައެވެ. އެ ހިނދު އެކަލޭގެފާނު ފެންމަތީގައި ހިންގަވަމުން އަސްޙާބީން ފަސްދެއްވާ ވަޑައިގެންނެވިހިނދު އެބޭކަލުންނަށް އެކަލޭގެފާނު ފެންމަތީގައި ހިންގަވާވަޑައިގަންނަވަނިކޮށް ފެނުމުން އެއީ ފުރޭތައެއް ކަމުގައި ހީކޮށް ބިރުން ހަޅޭލަވަމުން ގެންދިޔައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 6:48
16 ပူးပေါင်းရင်းမြစ်များ  

ލޫޠުގެފާނު ވިދާޅުވިއެވެ. ”⁠އަޅުގަނޑުމިއީ ތިޔަ ބޭކަލުންގެ ޚާދިމަކީން. ތިޔަ ބޭކަލުން ފެންވަރާ ނިދިކުރެއްވުމަށް އަޅުގަނޑުގެ ގެއަށް މެހެމާނުންގެ ގޮތުގައި ދުރުވޭ. މާދަމާ އިރުއެރުމުން ތިޔަބޭކަލުންގެ މަގުގައި ކުރިއަށް ދުރުވޭ.⁠“ އެމަލާއިކަތުން ވިދާޅުވިއެވެ. ”⁠ނޫން އަހަރެމެން މިރަށުގެ މައިދާނުގައި މިރޭ މަޑުކޮށްލަފާނަން.⁠“


އެ ހިނދު އެމީހާ ޔަޢުޤޫބުގެފާނަށް ދެންނެވިއެވެ. ”⁠އަހަރެން ދިޔަ ދެއްވާ! މިހާރު އިރުއަރަން ކައިރިވެއްޖެ.⁠“ ނަމަވެސް ޔަޢުޤޫބުގެފާނު ވިދާޅުވިއެވެ. ”⁠އަހަރެންގެ މައްޗަށް ބަރަކާތްލައި ނުދޭހާ ހިނދަކު އަހަރެން ތިބާ ދިޔަކަ ނުދޭނަން.⁠“


ފަތިސްދަމަށް އެޅުނުތަނާ މާތްރަސްކަލާނގެ އަލިފާނާއި ވިލާގެ ތަނބުގެ ތެރޭން މިޞްރު މީހުންގެ މައްޗަށް ބައްލަވާ ވޮޑިގެން އެމީހުންގެ ލަޝްކަރު އޮޅުން ބޮޅުންވާނެހެން ހައްދަވައިފިއެވެ.


އެ ހިނދު އަސްޙާބީން ދިޔަ ދޯނި ވަނީ އެއްގަމާއި ވަރަށް ދުރުގައެވެ. އަދި ދޯނި ރާޅާތަޅުވަމުން ވަޔާދެކޮޅަށް ދުއްވަމުން ދިޔައެވެ.


ރޭގަނޑުގައި ވަގު އަންނާނޭ ވަގުތު ގޭގެ ވެރިފަރާތަށް އެނގޭނަމަ އޭނާ އެކަމަށް ސަމާލުކަން ދޭނެ. އަދި އެ ވަގު ގެއަށް ވަނަކަ ނުދޭނެ.


ވީމާ ހޭލާ ތިބޭ! ސަބަބަކީ ތިޔަބައިމީހުންނަށް ގޭގެ ވެރިފަރާތް އަންނާނެ ވަގުތެއް އެނގިގެންނުވާތީ. ހަވީރުކަމެއް، މެންދަމުގައި ކަމެއް. ފަތިހުގެ ހާ ގޮވުމާއި އެކުގައި ކަމެއް ނޫނީ ހެނދުނުގައި ކަމެއް ނޭނގޭނެ.


އެދުވަހު އިރުއޮއްސެމުން ދިޔަ ވަގުތު ދޯނި ވަނީ ކަނޑުގެ މެދާ ހަމައަށް ދަތުރުކޮށްފައެވެ. އެ ހިނދު އީސާގެފާނު ގިނިކަންޏާ އެއްގަމުގައި ހުންނެވިއެވެ.


ވެރިމީހާ ދަންވަރު ނުވަތަ މެންދަމުން އަލިވާ ފަހުން އަޔަސް އޭނާ އަންނަން ދެން މަޑުކޮށްގެން ތިބޭ ނޯކަރުންނަށް ފައިދާ ކުރާނެ.


އެމީހުން ދަތުރުކޮށް ދާން ދިޔަ ރަށާއި ކައިރި ވުމުން އީސާގެފާނު އެމީހުންނާ ވަކިވެ އެކަލޭގެފާނުގެ މަގުގައި ކުރިއަށް ވަޑައިގަންނަވަން އުޅުއްވިއެވެ.


އެމީހުން އަލުން އުފަންވިއެވެ. އެހެނަސް އެއަކީ ޖިސްމާނީގޮތުން ނުވަތަ އިންސާނީ މެދުވެރިވުމަކުން އުފަންވި ބައެއް ނޫނެވެ. އެ އުފަންވުން އައީ މާތްރަސްކަލާނގެ ކިބަފުޅުންނެވެ.


އޭގެ އަނެއް ދުވަހު އިރު ނާރަނީސް ޝާއުލްގެ ލަޝްކަރު ތިން ފިރުޤާއަކަށް ބަހާލައިގެން ހަނގުރާމައަށް ނުކުތެވެ. މެންދުރުން ނުވަނީސް ޢައްމޫނީންގެ މީހުންތައް މަރައި ހަފުސް ކޮށްފިއެވެ. ދެން ތިބި މީހުންތައް ބަލިވެގެން ދުއްވައިގެންފި އެވެ. އެމީހުންގެ ލަޝްކަރު ވިއްސިވިހާލިވެ އޭގެ ދެމީހަކު އެއްތަން ނުވެވޭ ވަރު ކޮށްފިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ